ފްރާންސްގެ ޕާލިމެންޓް އުވާލައި، ޖޫންމަހުގެ ނިޔަލަށް އިންތިހާބެއް ބާއްވަނީ

Loading

Facebook
Twitter
WhatsApp

ޔޫރަޕިއަން ޕާލިމެންޓްގެ އިންތިހާބުގައި ފްރާންސްގެ ރައްޔިތުން ވޯޓުދިން ގޮތާއި މެދު ނުރުހުންވެ ފްރާންސްގެ ޕާލިމެންޓް އުވާލައި، އައު މެންބަރުން އިންތިހާބުކުރުމަށް ވޯޓުނެގުން މި ޖޫން މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ފްރާންސްގެ  ރައީސް އިމްނުއެލް މެކްރޯން ނިންމަވައިފިއެވެ. 

އާދިއްތަދުވަހު ވާހަކަދައްކަވަމުން މެކްރޮން ވިދާޅުވެފައިވަނީ، އެއްބައިވަންތަ، ވަރުގަދަ، އަދި މިނިވަން ޔޫރަޕަކީ ފްރާންސްގެ މުސްތަގުބަލަށް އެންމެ ރަނގަޅު ގޮތް ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމެއް ކަމަށާއި، އެނޫންގޮތެއް ގަބޫލުކުރެވޭކަށް ނެތްކަމަށެވެ. 

“ނެޝަނަލިސްޓުންނާއި ޑެމަގޮގުން އިތުރުވުމަކީ ގަުއމަށް އޮތް ބޮޑު ނުރައްކަލެއް. އަދި ޔޫރަޕުގައިއާއި، ދުނިޔޭގެ ކުރިމަތީގައި ފްރާންސްގެ މަގާމަށްވެސް އޮތް ނުރައްކަލެއް.” އޭނާ ވިދާޅުވެފައިވެއެވެ. 

ޖޫންމަހު ބާއްވާ އިންތިހާބުގައި ބަލިވީނަމަވެސް މެކްރޮންގެ މަގާމަށް އެއްވެސް ނުރައްކަލެއް ނެތެވެ. އަދި އޭނާގެ ޕާޓީ، ރެނަސާންސް (އާރްއި) ބަލިވެއްޖެނަމަ، އޭނާ ޖެހޭނީ އިންތިހާބުން އަޣުލަބިއްޔަތު ނަގާ ޕާޓީއިން ބޮޑުވަޒީރަކު ނެގުމަށެވެ. 

ކަމާއިބެހޭ މާހިރުން ގަބޫލުކުރައްވާގޮތުގައި، މެކްރޮން އުންމީދުކުރަނީ ލެ ޕެންގެ ނެޝަނަލް ރެލީ (އެންއާރް) އިން މި އިންތިހާބު ކާމިޔާބުކޮށް، އެޕާޓީގެ މެންބަރަކު ބޮޑުވަޒީރުގެ މަގާމަށް އަޔުމެވެ.  އަދި އޭނާގެ ވެރިކަމުގެ ދަށުގައި އޮވެ ބޮޑުވަޒީރުގެ މަސްއޫލިއްޔަތުގައި ނާކާމިޔާބުވާ މަންޒަރު ދެއްކުމެވެ. 

ރިޔާސީ އިންތިހާބުގައި ޔޫރަޕިއަން އިންތިހާބު މެދުވެރިކޮށް 370 މިލިއަނަށްވުރެ ގިނަ ޔޫރަޕަު މީހުނަށް އެމީހުންގެ އަޑު އިއްވުމުގެ ފުރުސަތު ލިބެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް