ރައީސް ޑރ.މުޢިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ އާ ބައްދަލުކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އިންޑިއާގެ ރައީސްގެ ގެކޮޅު ކަމަށްވާ ރަޝްތުރަޕަތީ ބަވަންގައެވެ.

މި ބައްދަލުކުރެެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ކުރިއެރުމަށްޓަކައި އެކުގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ރައީސް ޑރ.މުޢިއްޒު މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ.މުޢިއްޒު ވަނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތެއްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިއަދު ވަނީ މޯދީއާވެސް ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ކުރިމަގުގައި ރާއްޖެއާއި އިންޑިޔާއާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް