ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ދެކޮޅު ހެދި ތިން ވަޒީރުންނަށް މިއަދު ރުހުން ދީފި އެވެ.
އެގޮތުން އެމްޑީޕީގެ މެޖޯރިޓީއޮތް ނަވާރަ ވަނަ މަޖިލީހުން ރުހުން ނުދޭން ނިންމި ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ އިތުރުން ހައުސިންގް މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީއާ އެކީ ފެށި 20 ވަނަ ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އެ ތިން ވަޒީރުންނަށް ރުހުންދީފައެވެ.
މިގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ރުހުން ދިނުމުގެ ވޯޓުގައި 83 މެންބަރަކު ވޯޓުދެއްވިއެވެ.
ހަމައެހެންމެ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރަށް 81 މެމްބަރަކު ވޯޓުދެއްވިއެވެ.
މީގެ އިތުރުން ބަންޑާރަ ނައިބު އަލްއުސްތާޛް އަހުމަދު އުޝާމަށް ރުހުން ދިނުމުގެ ވޯޓުގައި 87 މެންބަރަކު ވޯޓުދެއްވިއެވެ.
One Response
ތިން ބޭފުޅުންނަށްވެސް މަރުޙަބާ. 5 އަހަރު ލިބުނީ އެވެ. ބޮޑެތި ވާހަކަޔާއި ކުރީގެ ސަރުކާރުގެ ވާހަކަ ދައްކަވައި މުސާރަޔާއި ޢިނާޔަތްތައް ނަންގަވަ ނަންގަވަ ތިއްބަވާށެވެ