ކްލަބް އިމިގްރޭޝަންގެ ފަރާތުން ފަލަސްތީނަށް އެއްލައްކަ ރުފިޔާ ހަދިޔާކޮށްފި

Loading

Facebook
Twitter
WhatsApp

އިމިގްރޭޝަންގެ ރެކްރިއޭޝަން ކްލަބް، ކްލަބް އިމިގްރޭޝަންގެ ފަރާތުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހުތުންނަށް އެހީތެރިވުމަށް އެއްލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ. 

އިމިގްރޭޝަނުން މި ފައިސާގެ އެހީ ފަލަސްތީނުގެ ރައްޔިތުންނަށް ފޮނުވުމަށްޓަކައި ހަވާލުކޮށްފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީއާ)އެވެ. 

އިމިގްރޭޝަނުން ބުނީ މި ފައިސާއަކީ އެ ކްލަބުން ކުރިއަށްގެންދިޔަ ފަންޑް ރައިޒިން ހަރަކާތުގެ ތެރެއިން އެއްކޮށްފައިވާ ފައިސާ ކަމަށެވެ.

މި ފައިސާ ހަވާލުކުރުމަށް އިމިގްރޭޝަން އޮފީހުގައި ބޭއްވި ހަފްލާއެއްގައި އެ ފައިސާ އައިއޭސީއަށް ހަވާލު ކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދުއެވެ. 

އައިއޭސީން ވަނީ އިމިގްރޭޝަންއަކީ އަބަދުވެސް މިފަދަ ކަންކަމުގައި އައިއޭސީއަށް އެކި ގޮތްގޮތުން އެހީވާ މުއައްސަސާއެއްކަން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް