ހޮވާފައި މިތިބީ ކޯޅޭކަށެއް ނޫން:މޭޔަރ އަޒިމް

Loading

Facebook
Twitter
WhatsApp

ސިޔާސީ މަޤާމުތަކަށް ހޮވާފައި މި ތިބީ ކޯޅޭކަށް ނޫން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. 

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މަޤާމުތަކަށް އިންތިޚާބުކޮށްފައި މިތިބީ ކޯޅޭ ކަށެއް ނޫން ކަމަށާއި ހޮވާފައި މިތިބީ ރައްޔިތުންގެ ވަރަށް ބޮޑެތި އުންމީދުތަކާއެކު ކަމަށެވެ. 

ނަމަވެސް މަޤާމުތަކަށް އިންތިޚާބު ކުރުމުން ރައްޔިތުންނަށް ދޭންވާ ޚިދުމަތްތަކާ ދޭތެރޭ ފިކުރުނުކޮށް އަބަދު އަބަދު އެއްބަޔަކު އަނެއް ބަޔަކާ ކޯޅި އަސްލު ކުރަންހުރި މަސައްކަތް ދޫކޮށްކޮފައި އުޅުމުން ހުރިހާ ނިކަމެތި ކަމެއް ލިބެނީ ރައްޔިތުންނަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

ޤައުމަށް ކުރިއެރުން ނާންނަނީ އެހެންވާތީވެ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. 

އާޒިމް ވިދާޅުވީ އޭނާގެ ވިސްނުމަކީ އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކުރުން ކަމަށާއި ކުރިއަށް މިދަނީ އެ އަޒުމުގައި ކަމަށާއި ރައްޔިތުންނަށް އޭނާގެ ފަރާތުން ފެންނާނީ އެކުވެރިކަމާއެކު އެންމެންނާ ގުޅިގެން މަސައްކަތް ކުރާ ތަން ކަމަށެވެ. 

އުނދަގޫ ވަގުތުތަކާއި ހިޔާލު ތަފާތުވާ ވަގުތުތައް އަންނާނެ ކަމަށާއި އެއިން ކޮންމެ ވަގުތެއްގައި ވެސް ޖެހޭނީ ތަޖުރިބާ ބޭނުންކޮށްގެން އެކަންތައް ރަނގަޅަށް ހައްލުކުރަން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން އޭނާގެ ފަރާތުން ފެންނާނީ ކޮންމެ ސިކުންތެއްގައި ވެސް ރައްޔިތުންނަށް ޚިދުމަތްތައް ދިނުމަށާއި ޚިދުމަތްތައް ކުރިއަރުވާ ރައްޔިތުންނަށް ފަސޭހަކޮށްދީ މަސައްކަތް ކުރާތަން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. 

މިހާރު މާލެ ސިޓީ މޭޔަރު ކަމުގެ މަޤާމު ފުރުއްވަމުން އަންނަ އާޒިމް އެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ޓިކެޓުގައެވެ. އަދި އެއީ އޭނާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުވި ފުރަތަމަ މަޤާމެވެ. ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި އާޒިމް ހުންނެވީ އެމްޓީސީސީގެ ސީއީއޯގެ މަޤާމުގައެވެ. 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް