ކެތްތެރިކަމުގެ ނަތީޖާ

Loading

Facebook
Twitter
WhatsApp

ކޮންމެވެސް ރަށެއްގައި މުސްކުޅި ދެމަފިރިން އުޅުނެވެ. ބަލާބެލުމަށް ވަރަށް ގުޅޭ ވަރަށް ހަމަޖެހޭ ދެމަފިރިންނެވެ. ވަރަށް ލޯބިން އުޅެ އެކުގައި ހަޔާތް ވޭތިކޮށް ނިމެން ކައިރި ވެފައިވާއިރު، އެކަމާބެހޭ ގޮތުން ފިރިމީހާ ސުވާލު ނުކުރުމަށް އަންހެން މީހާ އެދިފައިވާ ކަރުދާހު ފޮއްޓެއް ފޮރުވައިގެން އޭނާ ގެންގުޅެއެވެ.

ކޮންމެއަކަސް ހަޔާތުގެ އެކި މަރުހަލާތައް ދެމީހުން އެކުގައި ކަޑައްތު ކުރަމުން އައިސް މުސްކުޅި އުމުރަށް އެޅިފައިވަނިކޮން އަންހެން މީހާ ކުއްލިއަކަށް ވަރަށް ބޮޑަށް ބަލި ވެއްޖެ އެވެ. ޑަކްޓަރުންނާ ހަކީމުން ގެނެސް އަންހެންމީހާއަށް އެކި ފަރުވާ ދެމުން ދިޔަ ނަމަވެސް އޭނާގެ ބަލި ރަގަޅުވާކަމަކަށް ނުފެނެއެވެ.

އެންމެ ފަހުން ފިރިހެން މީހާ ހިތަށް އެރިއެވެ. އެއްކަލަ ފޮށީގެ ވާހަކައިން ސުވާލު ކުރަން ވެއްޖެ އެވެ. މިހެން ހިތާ ގޮސް އަންހެން މީހާ ގާތުގައި ބުންނެވެ. މަގޭ ލޯބިވާ އަނބި ކަނބުލޭގެއެވެ. އަހަރެން އެކަމާމެދު ސުވާލު ނުކުރަން ޝަރުތު ކޮށް ބައްޓާފައިވާ ފޮށީގެ ޚަބަރު އަހަރެން ނަށް ސާފު ކޮށް ދިނުމުގެ ވަގުތު ނުޖެހޭ ހެއްޔެވެ؟ ބުނީމަ އަންހެން މީހާ ބުންޏެވެ. އާނ އެވަގުތު މިޖެހުނީއެވެ. އެފޮށި މިވެނި ތަނަކު ހުންނާނެއެވެ.ހިފައިގެން އަވަހަށް އަންނާށެވެ.

ފިރިހެން މީހާ އެފޮށި ހުޅުވާ ބެލިއިރު އޭގައިވަނީ އެއްކޮށްފައިވާ ގިނަ އަދަދެއްގެ ފައިސާޔާއި އަދި ވޫލުން ވިޔެފައިވާ ކުޑަކުދިން ކުޅެން ގެންގުޅޭ ޒާތުގެ ދެބުދެވެ.

ފޮށިހިފައިގެން އައިސް އަންހެން މީހާ ކައިރީގައި ބަހައްޓާފައި ފިރިހެން މީހާ ބުންނެވެ. އަވަހަށް މީގެ ސިއްރު އަހަރެންނަށް ކިޔާދޭށެވެ. ބުނީމަ އަންހެން މީހާ މަޑުމަޑުން ވާހަކަ ދެއްކިއެވެ. އަހަރެން ފުރަތަމަ ކައިވެނި ކޮށްގެން މިގެޔަށް އައި އިރު އަހަރެންގެ މާމަ ބުންޏެވެ. ދަރިފުޅާއެވެ. ތިޔަފެށެނީ ހަޔާތުގެ އެންމެ މުހިންމު މަރުހަލާއެވެ. ތިޔަމަރުހަލާ ކާމިޔާބް ކުރެވޭނީ އެކަމަށް މަސައްކަތް ކޮށްގެންނެވެ. އެއްގޮތަކަށް ވެސް ފިރިމީހާދެކެ ރުޅިއައސްގެން ޒުވާބުކޮށް ނުހަދައްޗެވެ. ޒުވާބަކަށްވެ، މަސްއަލަ ޖެހޭތަން އަންނާނީ ދެމީހުން އެކުގައި އަޑުގަދަކޮށް ޒުވާބު ކުރަންޏާއެވެ. ފިރިމީހާގެ ފުށުން ހިތް ހަމަ ނުޖެހޭ ކަމެއް ފެނުނަސް އެއްގޮތަކަށްވެސް ބާރަށް އެއްޗެއް ނުބުނާށެވެ. އޭގެ ބަދަލުގައި ރުޅި އަންނަ ކޮންމެ ފަހަރަކު ވޫލުން ކުޑަކުދިން ކުޅޭ ޒާތުގެ ބުދެއް ވިޔެލާށެވެ.

މިހެން ބުނުމުން ފިރިމާހާ ވަރަށް އުފަލުން ބުންޏެވެ. ހާދަހާ ރަގަޅެވެ. އެހެންވީމަ މިއޮއްހުރިހާ ދުވަސް ވީއިރު އަހަރެން ދެކެ ރުޅިއައީ އެންމެ ދެފަހަރު ދޯއެވެ. ދެން އެންމެ ރަގަޅެވެ. އެހެން ވިއްޔާ މިއީ ކޮންހާ ފައިސާއެއް ހެއްޔެވެ. މީގައި 95 ހާސް ޑޮލަރު އެބަހުއްޓެވެ.

ބުނީމަ އަންހެން މީހާ ބުންނެވެ. ތިޔައީ ބުދު ވިއްކައިގެން ލިބުނު ފައިސާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް