ކޮއެލިޝަން ހަދަން ޖެހުމުން މޯދީ "ހަންބްލް" ވެދާނެތަ؟

Loading

Facebook
Twitter
WhatsApp

އިންޑިޔާއަކީ ސަރުކާރު ގާއިމް ކުރުމުގައި ކޮއެލިޝަން ހަދަންޖެހުމާ ބީރައްޓެހި ގައުމެއް ނޫނެވެ.

އެންމެ ބޮޑު ޑިމޮކްރަސީ ކަމުގައިވާ އިންޑިޔާގައި މިހާތަނަށް ހަޕާޓީ ނުވަތަ ބާރަވަރަކަށް ޕާޓީ ގުޅިގެންވެސް ސަރުކާރުތައް އުފައްދާފައި އެބަހުއްޓެވެ.

2089ން 2004އަށް 6 އާންމު އިންތިޚާބް ބާއްވާފައިވާއިރު އެއިން އެއްވެސް އިންތިޚާބަކުން އެއްޕާޓީ އަށް އެކަނި އަޤުލަބިއްޔަތު ލިބިފައެއްނުވެއެވެ.އެއަށްފަހު އުފެއްދި ބައެއް ކޮއެލިޝަން ސަރުކާރުތަކުގެ ތެރޭގައި ވަރަށް މައްސަލަ ބޮޑުވެގެން ވެސް ދިޔައެވެ. 1989ން 1999އަށް ކޮއެލިޝަން 8 ސަރުކާރު އުފައްދާފައިވާއިރު ގިނަ ސަރުކާރުތައް ވަރަށް އަވަހަށް ފެއިލް ވެގެން ގޮސްފައި ވެއެވެ.

އެހެން ނަމަވެސް އިންޑިޔާ އަށް އައިސްފައިވާ އިގްތިސާދީ ހެޔޮ ބަދަލުތަކާ ކުރިއެރުން ތައް އައިސްފައިވަނީވެސް ކޮންގްރެސް ޕާޓީ އަދި ބީޖޭޕީ އިސްވެ އޮވެ އުފައްދާފައިވާ ކޮއެލިޝަން ސަރުކާރު ތަކުގައެވެ.

މިހާރު އަނެއްކާވެސް އިންޑިޔާ މިވަނީ 2014 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ކޮއެލިޝަން ސަރުކާރެއް އުފައްދަން ތައްޔާރުވެފައެވެ.ބީޖޭޕީގެ ލީޑަރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރައްވަން ތައްޔާރު ވެފައިވާއިރު މަޖިލީހުގަ އަގުލަބިއްޔަތު ހޯދުމަށް މައި ދެޕާޓީއެއްގެ މައްޗަށް ބަރޯސާ ވާން ބީޖޭޕީ އަށް ވަނީ ޖެހިފައެވެ. ނަމަވެސް ކުރިން މެޖޯރިޓީ އޮވެގެން ގުޖުރާތު ސްޓޭޓްގެ ޗީފް މިނިސްޓަރު ކަންވެސް ކުރައްވަމުން، 10 އަހަރުވަންދެން އެހެން ޕާޓީތަކުގެ މައްޗަށް އަމުރު ހިންގަވަމުން ވަޑައިގެންނެވި މޯދީ އަށް ކޮއެލިޝަން ސަރުކާރެއް ހިންގަވަން ފަސޭގަފުޅު ވާނެތޯ މިއީ އުފެދިފައިވާ ބޮޑު ސުވާލެކެވެ.

މިބަދަލާއެކު މޯދީ ކުރިން ގެންގުއްވި ”ޑޮމިނިއަރިންގ“، ނަވަތަ އެހެން ފަރާތްތަކުގެ މައްޗަށް ބާރު ހިންގެވުމުގެ ސްޓައިލް ދޫކުރައްވާ،ރީޖަނަލް ރަހުމަތްތެރިން ގޮވައިގެން ކުރިޔަށް ވަޑައިގަންނަވަން ފަސޭހަ ވާނެތޯއެވެ؟މީޑިޔާ ގެ ތާއީދާއެކު ލިބިވަޑައިގެންފައިވާ ”ޕަރސޮނަލިޓީ ކަލްޓް“ ދޫކުރައްވާ ”ހަމްބްލް“ ނުވަތަ ތަންކޮޅެއް މައިތިރި އިމޭޖެއް ނަންގަވަފާނެ ބާއެވެ؟

ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ކޮއެލިޝަން އެއްގައި މައްސަލަ ތައް ނެތި ކުރިޔަށް ވަޑައިގަންނަވަން މޯދީ އަށްވެސް ފަސޭހައެއް ނުވާނެއެވެ.

މޯދީ އެބައެއްގެ މައްޗަށް އެންމެ ބަރޯސާވާން ޖެހިވަޑައިގަންނަވާ ދެ ރީޖަނަލް ޕާޓީ އަކީ ޖަނާތާ ދާލް ޕާޓީ އާއި ޓެލޫގޫ ދޭސަމް ޕާޓީއެވެ. މިދެޕާޓީ އަށް 28 ގޮނޑި ނިސްބަތް ވެއެވެ. މިދެޕާޓީގެ ލީޑަރުންނަކީ ވެސް ކުރިން ބީޖޭޕީގެ ދަށުން މަސައްކަތް ކޮށްފަ، ނަމަވެސް މޯދީ އާއި މެދު ހިތްހަމަ ނުޖެހިގެން ފެޑަރަލް ކޮއެލިޝަން ސަރުކާރު ތަކުން ވަކިވި ”ވެޓަރަން“ ނުވަތަ ތަޖުރިބާކާރު ލީޑަރުންނެވެ.

ސިޔާސީ މަސައްކަތުގަ އަމިއްލަ ފައިދާއަށް ކޮންމެ ފަރާތަކާވެސް ގުޅިދާނެއެވެ. އިންޑިޔާއަކީ މިހަގީގަތަށް އައު ގައުމެއް ނޫނެވެ.

ދޭއް ނުވަތަ ތިން ޕާޓީގެ މައްޗަށް ބަރޯސާވާ ކޮއެލިޝަން ސަރުކާރު ތައް އެއްޕާޓީން ސަޕޯޓް ކުރުން ހުއްޓާލިޔަސް ވެއްޓޭނެއެވެ.

ގިނަބަޔަކު ގަބޫލު ކުރާގޮތުގައި މޯދީ ހިންގަވާ ކޮއެލިޝަން ސަރުކާރެއްގައި ފުރިހަމަ ޑިމޮކްރަސީގެ ހެޔޮސިފަތައް ފެންނާނެއެވެ. މިގޮތުން ޚުދުމުޚުތާރު ވެރިކަމުގެ ސިފަ ކެނޑުމާ، ޑިސެންޓްރަލައިޒް ކޮށްގެން ހިންގުން ހަރުދަނާކުރުމާ، ޗެކް އެންޑް ބެލެންސް ގެ ކަންތައް ވަރުގަދަ ވުމާއި، އިދިކޮޅުގެ ބާރު ގަދަ ވުމުގެ އިތުރުން ޖުޑީޝަރީ އާއި މީޑިޔާ މިނިވަން ވުން ގާތް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ނަރެންދުރަ މޯދީ ހުވާކުރެއްވުން އޮންނާނީ އާދީއްތަ ދުވަހު ހަވީރު ރިޔާސީ ގަނޑުވަރު ރަޝްތުރަޕަތީ ބަވަން ގައެވެ. މިރަސްމިއްޔާތަށް ދައުވަތު ދީފައިވަނީ މިސަރަހައްދުގެ ހަތް ގައުމަށެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެއެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް