ރާއްޖޭގެ ސިއްޙީ ދާއިރާ އޮތީ ބަރަހަނާ ޙާލުގައި

Loading

Facebook
Twitter
WhatsApp

ގައުމެއް ތަރައްގީ ވާނީ އެގައުމެއްގެ ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބެގެންނެވެ. ރައްޔިތުމީހާ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަކީ ސަރުކާރެއްގެ އެންމެ މައިގަނޑު އަސާސެވެ. ކަން މިހެން ހުރިނަމަވެސް މިހާތަނަށް އުފެދުނު އެއްވެސް ސަރުކާރަކުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް މާބޮޑު ސަމާލު ކަމެއް ދޭތަނެއް ނުފެނެއެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާ އޮތީ ބަރަހަނާ ޙާލުގައެވެ. ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަބަދުގެ ޝަކުވާއަކީ އެބަޔަކު އެ ދިރި އުޅޭ ސަރަޙައްދަކުން އެކަށޭނެ ބޭސްފަރުވާ ނުލިބުމުގެ ޝަކުވާއެވެ. އެހެނަސް އެއްވެސް ސަރުކާރެއްގެ ކަންފަތަށް ރައްޔިތުންގެ މިޝަކުވާގެ އަޑު އިވޭ ކަމުގެ އެއްވެސް ކުލަވަރެއް ނުފެނެއެވެ.

ރާއްޖޭގެ އާބާދީ ވަނީ ހައްތާ ބޮޑެވެ. ރާއްޖެ ރަށްތަކާއި ޚާއްޞަކޮށް ތޮއްޖެހިފައިވާމާލޭ ސަރަޙައްދުގައި ރައްޔިތުން ދުވަހަކުވެސް އަޑުނައަހާ ޒާތުގެ ނަންނަމުގެ ބަލިތައް އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް މިބަލިތައް ކޮންޓްރޯލް ކޮށް ރައްޔިތުމީހާ ދުޅަހެޔޮ ސިއްޙަތެއްގައި ދިރި ހުރުމަށް އޮތްވަސީލަތުގެ ބޭނުން ހެޔޮގޮތުގައި ހިފޭނޭ ގޮތެއް އެވަނީ ނެތިފައެވެ.

ރާއްޖެއަށް މިވަގުތު އެންމެ ބޭނުންވަނީ ރައްޔިތުން ދަރާވިކިގެން ނަމަވެސް ޚާއްޞަ ބަލިތަކަށް ފަރުވާދޭނޭނެ ޚާއްޞަ ޑޮކްޓަރުންނާއި ނަރުހުންނެވެ. އަގުބޮޑު ހޮސްޕިޓަލް ތަކެއްނޫނެވެ. އަދި ޑޮކްޓަރުން ލިއެދޭ ބޭސްތަކާއި އެ ބޭސްތައް ލިބޭނެ މަރުކަޒުތަކެވެ. ބޭސް ސިޓީއަށް ސަލާމް ޖެހުން މުޅިން ނައްތާލުމެވެ. ޑޮކްޓަރު 10 ބޭސް ލިޔެދީފިނަމަ އޭގެ ތެރެއިން ބައެއް އައިޓަމްތައް އާސަންދަ ކަވަރެއް ނުކުރެއެވެ.

އެހެން ކަމާއެކު ބޭސްސިޓީއަށް ސަލާމް ޖެހުން ނައްތާލުމަށް އޮތް މަގު އެދަނީ ހަނިވަމުންނެވެ. ރައްޔިތުންގެ ހިތުގައި އުފެދޭ އަނެއް ސުވާލަކީ ރާއްޖެއިން ފަރުވާ ލިބެންނެތް ބަލިތަކަށް ފަރުވާ ހޯދަން ރާއްޖޭން ބޭރަށް ދާންޖެހޭ ބަލިމީހުން އެގައުމަކަށް ގޮސް އެގައުމުގައި ގާއިމު ވެތިބެވޭނެ އެންމެހައި ޚަރަދު ބަރަދު އާސަންދައިން ނުދެނީ ކީއްވެގެން ތޯއެވެ.

މިހެން މިދަންނަވަން މިޖެހުނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ލަފާދެއްވާ ޑޮކްޓަރަކު ދެއްވާ ލިއުން އެންސްޕާއަށާއި ޒަކާތު ފަންޑަށާއި އަދި ބައެއް މަހުޖަނުންނަށް ހުށަހަޅައިގެން ފައިސާގެ އެހީ ހޯދާން އުޅޭތަން ފެންނާތީއެވެ. ރާއްޖޭން ބޭރުގައި ބޭސްފަރުވާ ކުރެވޭނީ ކެއުމާއި ބުއިމާއި އެކަމަޑޭޝަން ލިބިގެން ކަމަށްވާއިރު އެ ހުރިހާ ޚަރަދު އާސަންދައިން ނުދޭ ސަބަބަކީ ކޮބައިތޯ އެވެ.

މިހެންވާނަމަ ބޭސްފަރުވާއަށް ސަލާމް ޖެހުން ނިމުމަކަށް ނާދެއެވެ. އަދި ހަމަ އެހެންމެ ރާއްޖޭގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވެ ތަނުގައި ބާއްވައިގެން ބަލަހައްޓަންޖެހިފައިވާ ޢުމުރުން ދޮށީ އެތައް މީހުން ގޭގައި ބާއްވައިގެން އެބަ ބަލަހައްޓައެވެ. މިފަދަ ބަލިމީހުނަށް ގޭގައި ފަރުވާ ދެމުން ގެންދަނީ ސޯޝަލް މިނިސްޓްރީ އާއި ހޮސްޕިޓަލުގައި ރަޖިސްޓްރީ ކުރެވިގެންނެވެ.

މިގޮތުން ރަޖިސްޓްރީ ކުރެވޭ މާބޮޑު ބޭނުމެއް އޮތްހެނެއް ހީއެއް ނުވެއެވެ. މިހެން ދަންނަވަން މިޖެހުނީ ހޮސްޕިޓަލްގެ ފަރާތުން ބަލިމީހާގެ ގާތަށް ޒިޔާރަތް ކުރަނީ މަހަކު އެއްފަހަރު ޕިކުނިކުދަ އުޞޫލުން ކަމަށްވާތީއެވެ.

މިދެންނެވީ ބަލިމީހުންނަކީ ދޭނެ ވަކިއިތުރު ބޭސް ފަރުވާއެއްނެތި މަރަށް ޙާޒިރުވެފައިވާ ބަލިމީހުންކަމަށްވީ ހިނދު އެ ބަލިމީހުންގެ ޙާލަތު ބަލާ ދިރާސާކޮށް ކާންދޭ ހޮޅިއާއި ކުޑަކަމުދާ ނިޒާމަށް ގުޅާފައިވާ ހޮޅި ބަދަލުކޮށް ކާންދޭ ހޮޅީގެ ޙާލަތު ބެލުމުގެ ކަންކަން ކުރިއަށް ދަނީ އެދެވޭ ގޮތަށް ނޫން ކަމަށް ފެންނާތީއެވެ.

މިކަންކަން ރަނގަޅަށް ކުރިއަށް ނުދަނީ ޑޮކްޓަރުންނާއި ނަރުހުން މަދުވުމުން ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެހެން ކަމުން ސަރުކާރުތަކުން ރާއްޖޭގެ ސިއްޙީ ނިޒަމާއި ދެތެރޭ ޢަމަލު ކުރައްވާ ގޮތް ހަރުދަނާ ނުކުރާނަމަ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ ނަޞީބުން ރައްޔިތުން އެބަ މަޙުރޫމުވޭ ނޫންތޯއެވެ.

އެމްއާރުއައި ހަދާ މެޝިން ގިނަފަހަރު ހުންނަނީ ހަލާކު ވެފައެވެ. އެ މެޝިންހަދާނެ މެކޭނިކެއްވެސް ނުހުރެއެވެ. މީ ސިއްހީ ދާއިރާގެ ޙާލަތު ހުރި ގޮތެވެ.

އައިޖީއެމްއެޗް. ފޮޓޯ: މިހާރު/ފަޔާޒް

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް