އެމްޑީޕީން ފާސްކުރި ބިލަކީ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއް

Loading

Facebook
Twitter
WhatsApp

19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށް ފޮނުވި ބިލަކީ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުކަށް ނޫނީ ނުވާނެއެވެ. އެހެނީ އެ ބިލުގައިވާ ގޮތުން 3 މަސްދުވަހުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުންދީފައިވާ ގޯތިތައް, އެ ގޯތިތައް ލިބިފައިވާ ފަރާތްތަކާ ޙަވާލު ކުރަން ޖެހެއެވެ.

ޢިއްޒަތްތެރި ރައްޔީތުންނޭވެ. އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ގޯތި ތަކުގެ ތެރޭގައި ކަނޑުން ދީފައިވާ ގޯތިތައްވެސް އެބަ ހިމެނެއެވެ. އެހެންކަމާއެކު ކަނޑު ހިއްކައިގެން 3 މަސް ދުވަހުގެ ތެރޭގައި ރައްޔިތުންނާ ގޯތި ޙަވާލު ނުކުރެވޭނެ ކަން ތިޔަ އެންމެހާ ބޭފުޅުންނަށްވެސް ވިސްނިވަޑައި ގަންނަވާނެއެވެ.

ރައީސް މުޢިއްޒު އަލީބާބާގެ ވޮށް ގެންގުޅުއްވާ ކަމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަތުމަކީ އެބޭފުޅުންގެ ވިސްނުންފުޅާ ދޭތެރޭގައި ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދިގެން ދިޔަ ސަބަބެކެވެ. އެބޭފުޅުން އެކަން އެގޮތަށް ކުރައްވާފައި އެވަނީ މިހިނގާ ސަރުކާރުގެ ނުކުޅެދުން ތެރިކަން ރައްޔިތުންނަށް ހާމަކޮށް ދިނުމާއި އަދި މިސަރުކާރާ ދޭތެރޭގައި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުން ކަން ނުހަނުސާފެވެ.

ކަނޑުން ހިއްކާ ބިންތައް ހަރުވެ ގެދޮރު ޢިމާރާތް ކުރުމަށް 3 މަސް ދުވަހަކީ އެކަށީގެންވާ މުއްދަތެއް ނޫންކަން ހަމަވިސްނޭ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ކަނޑުން ހިއްކާ ބިމަކުން ގޯއްޗެއް ޙަވާލުކުރިއަސް އެ ބިމުގައި ޢިމާރާތެއް ކުރަން އެއަށްވުރެ މާ ގިނަދުވަސް ނަގާނެއެވެ. އެހެނެއްކަމަކު 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެބިލްގައި ބުނެފައި ވަނީ 3 މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލު ކުރުމަށެވެ. ތިޔަ ބޭފުޅުން ޙައިރާން ނުވޭތޯއެވެ! އެހެނަސް ކަންކަން އޮޅުވާލެވޭނީ ވެސް ވަކި މިންވަރަކަށްތާއެވެ!

Loading

One Response

  1. ތި އެމްޑީޕީ ކީއްވެބާ ކަނޑު ހިއްކާފަ ނުދިނީ ވެރިކަމުން ފޭބި އިރު.
    ހަވާލު ކުރަން ބުނާ ފްލެޓްތައް ވެސް ހުރީ ނުހަދާ.
    ފިރުއައުނު ކަޑުވަމުން ދިޔަ ވަގުތު އޭނަވެސް އުޅުން ޒާތަކަށް، ހަމަ އެގޮތައް އިބޫ ވެރިކަމުން ވެއްޓެން އުޅެން ހެދީމަ ނޭވާ ނީސްތާއްޓަށް އަރައިގެން ރައްޔިތުންނަށް ކަޑުން ނާ ނުހަދާ ހުރި ފްލެޓް ތައް ބަހާލީ، މީނާ ރަނގަޅު ކަމަކުންނެއްނުން. ދެން އަންނަ ވެރިކަމަކައް ތުރާލަކަށް.
    ދެން ޕޯޑިއަމް ތަކުގަ މިކިޔަނީ ތަންތަން ދޭށޭ.
    ނުލަފާ ބައެއް ހުވާ 😡

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް