މޯދީ ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ދެއްވި ދައުވަތު ރައީސް މުޢިއްޒު ގަބޫލުފުޅު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް މޯދީ ދެއްވި ދައުވަތު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ގަބޫލުފުޅު ކުރައްވައިފިއެވެ.

މި ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ރައީސް މުޢިއްޒަށް ދައުވަތު ދެއްވައި ފޮނުއްވި ސިޓީ އެމަނިކުފާނަށް އެރުވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

ސިޓީ ހަވާލުކުރެއްވީ މުނޫ މަހާވަރް, ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ވަނީ އެ ގައުމުގެ ބޮޑުވަޒީރު މޯދީ 3 ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ މަގާމުގެ ހުވާކުރެއްވުމުގެ މުހިންމު ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވުމަށް ބޮޑުވަޒީރު އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއްކަމުގައި ވިދާޅުވެފައެވެ. އަދި އެ ރަސްމިއްޔާތަށް ދައުވަތު އެރުވީތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން ރައީސް މުޢިއްޒު ވަނީ ބޮޑުވަޒީރުގެ ސިޓީފުޅު އެމަނިކުފާނަށް ރައްދުކޮށްދެއްވި ކަމަށްޓަކައި އިންޑިއާ ސަފީރަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް