ދިވެހި ކަނޑުތަކަކީ ތިޔާގި އިގުތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދު: ރައީސް

Loading

Facebook
Twitter
WhatsApp

ދިވެހި ކަނޑުތަކަކީ ތިޔާގި އިގުތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަޙައްދުގެ މުހިންމުކަމާއި، އެކަނޑުތަކުގެ ގުދުރަތީ ނަލަކަމާއި، އެކަނޑުތަކުގައިވާ ރޯއްޖާއި ޚަޒާނާތަކަކީ ދިވެހީންގެ ތިޔާގި އިގުތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދު ކަމަށެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް މިއަހަރު ސަރުކާރުން ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން މި ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ދަނީ ބާއްވަމުންނެވެ.

ދިވެހި ކަނޑުތަކަކީ ތިޔާގި އިގުތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށް ރައީސް ވިދާޅުވެފައިވާއިރު, ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމުގެ ގާބިލުކަން އިތުރު ކުރުމަށް ސަރުކާރުން މިހާރު މިވަނީ ޑްރޯންތައް ބޭނުންކުރަން ފަށާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް