އަމިއްލަ ހުވަފެންތަކާ ކުރާ އުންމީދުތައް އެންމެންނާ ހިއްސާ ނުކުރާށެވެ.

Loading

Facebook
Twitter
WhatsApp

ފިރިހެން ކުއްޖަކު އޭނަގެ ކާފަ ކައިރީގައި ބުންޏެވެ. އެއީ ތެދެއްތޯއެވެ. އެއްވެސް މީހަކު އޭނާގެ އަމިއްލަ ހުވަފެންތަކާ ކުރާ އުންމީދުތައް އެހެން މީހުންނަށް ކިޔާދޭކަށް ނުވާނެ ތޯއެވެ. ބުނީމަ ކާފަ ބުންޏެވެ. ތިޔަހެން ތިޔައެހީ ކީއްވެގެން ހެއްޔެވެ. ބުނީމަ އެކުއްޖާބުންޏެވެ. މަންމަވެސް ބައްޕަ ވެސް ބުނުއްވިއެވެ.

ދެން ކާފަ ބުންޏެވެ. އިހަށް ގެޔަށްގޮސް މަސްބާނާ ސާމާނު ހިފައިގެން އައިސް މިއޮއްކޯރުން މަސްކޮޅެއް ބާނާލަމާ ހިގާށެވެ. މިހެން ބުނުމަށްފަހު މަސްބާނާތަކެތި ހިފައިގެން އައިސް މަސްބާނަން ފަށައިފި އެވެ. ދާދި އަވަހަށް އެމީހުން ގެންދިޔަ ބާލިދީ ފުރިއްޖެ އެވެ. އެއަށްފަހު ކުއްޖާ ބުންޏެވެ. އަޅުގަޑުކުރި ސުވާލުގެ ޖަވާބު ކޮބައިތޯއެވެ.

ބުނީމަ ކާފަ ބުންޏެވެ. މިބާލިދީގަ މިހިރަ މަސްތައް ފެނޭ ހެއްޔެވެ. މިމަސްތަކަށް ކަންތައް ދެން ކުރިމަތިވާނީ ކޯރުގަ އުޅޭ މަސްތަކާ ތަފާތު ގޮތް ގޮތަށެވެ. އެއްބައިމަސް ތެލަށް އެޅޭނެއެވެ. އަނެއްބައިމަސް ފެނުކެއްކޭނެއެވެ. އަދި އަނެއްބައިމަސް އަލިފާން އަންދައިގެން ފިހެވޭނެއެވެ. މިމަސްތަކަށް މިހެންވީ އަނގަ ބަންދު ކޮށްގެން ނުތިބެވުނީމައެވެ.

ބޭކާރު ގޮތްގޮތަށް އަނގަ ހުޅުވުން އެއީ އެއްގޮތަކަށްވެސް ބުއްދިވެރި ގޮތެއް ނޫނެވެ. އެހެން ހަދާނަމަ ވަރަށް ގިނަފަހަރު އޮންނާނީ ލަނޑު ލިބިފައެވެ.ހުވަފެންތަކާ ކުރާ އުންމީދުތައް ހަގީގަތަކަށް ވަންދެން ވަންހަނާކޮށްފައި ބާއްވާށެވެ. އަދި ކޮންމެހެން އިގެންޖެހޭ މީހުންގެ އިތުރު ބަޔަކަށް އެކަންކަން ހާމަ ނުކުރާށެވެ.   

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް