އުނގޫފާރުގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

ރ.އުނގޫފާރުގައި ކަރަންޓު ޖެހިގެން، ހާލު ސީރިއަސްވެ އިތުރު ފަރުވާ ދިނުމަށް މާލެ ގެނައި ޒުވާނާ މިއަދު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ ރ. އުނގޫފާރު، ދޫނިހުރާ، ހުސައިން އަތީކް، 18 އެވެ. 

 އެ ޒުވާނާއަށް ފަރުވާދެމުން އައީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައެވެ.

އައިޖީއެމްއެޗުން ބުނީ އެ ޒުވާނާ ނިޔާވީ މިއަދު ހެނދުނު 10:30 ގައި ކަމަށެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު އުނގޫފާރު މަގުމަތީގައި ފެންގަނޑެއްތެރެއަށް އެރި އުޅުނު ތިން ކުއްޖަަކަށް ކަރަންޓު ޖެހިގެން ފަރުވާދީފައި ވެއެވެ. 

އެގޮތުން ކަރަންޓު ޖެހުނު 12 އަހަރުގެ އަންހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖާ ވަނީ ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައެވެ.

ނަމަވެސް މި ހާދިސާގައި ހާލު ސީރިއަސްވެ އެންމެ ބޮޑަށް އަނިޔާވީ ކަރަންޓުގައި ޖެހުނު ދެކުދިން ސަލާމަތް ކުރަން އުޅުނު 18 އަހަރުގެ ޒުވާނާއަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް