ކުޑަކުޑަ ޕްރިންސެސް

Loading

Facebook
Twitter
WhatsApp

ޒުވާން އަންހެން ކުއްޖަކު އޭނާގެ ބައްޕަ ކައިރީގައި އެއްދުވަހަކު ބުންޏެވެ. އަޅުގަނޑުގެ ހަޔާތުގެ ކުރިޔަށް އޮތް ތަނުގައި ބޭނުންހިފޭނެ އިބްރަތްތެރި ފިލާވަޅެއް ދަސްކޮށް ދެއްވާށެވެ. މިހެން ބުނުމުން ބައްޕަ ބުންޏެވެ. ކުޑަކުޑަ ޕްރިންސެސްގެ ވާހަކަ ކިޔާދެންހެއްޔެވެ.

ބައްޕަ ކިޔާދިން ގޮތުގައި ކޮންމެވެސް ރަށެއްގައި މުއްސަނދި ދެމަފިރިއެއްގެ ވަރަށް ރީތި އަންހެން ކުއްޖަކު ހުއްޓެވެ. ރަސް ދަރިކަނބަލެއްހެން ބޮޑުކުރަމުން އައި މިކުއްޖާ އަށް އެމީހުން ކިޔާ ނަމަކީ ކުޑަކުޑަ ޕްރިންސެސް އެވެ.

ކުއްޖާ ފުރާފުރިހަމަވެ އުމުރުން 21 އަހަރުގައި މީހަކާ އިނެވެ. ހީކުރެވުނު ގޮތުގައި ވަރަށް އުފާވެރި ކައިވެންޏެކެވެ. ނަމަވެސް ފިރިމީހާ ވީ އަންހެނުންނަށް އަނިޔާ ކުރާ މީހަކަށެވެ. ތަޅާ އަނިޔާކޮށް އިހާނެތި ގޮތް ގޮތް ހަދާވަރުން އެންމެ ފަހުން އަންހެންކުއްޖާއަށް ކެތް ނުކުރެވިގެން

  އަމިއްލަގެޔަށް އައިސް ބައްޕަކާއިރީގައި ބުންޏެވެ. ފިރިމީހާއަކީ ވަރަށް އަނިޔާކުރާ މީހެކެވެ. އަޅުގަޑު އޭނާޔާ އިނދެގެން އުޅޭކަށް ބޭނުމެއް ނޫނެވެ. އަޅުގަނޑުބޭނުމީ ގެޔަށް އަންނާށެވެ. ބުނީމަ ބައްޕަ ބުންޏެވެ. ތިޔަހެން އެއްގޮތަކަށްވެސް ހަދައިގެން ނުވާނެއެވެ. ކައިވެންޏަށް ފަހު އަންހެންކުއްޖާގެ ގެޔަށް ވާނީ ފިރިމީހާގެ ގެއެވެ. ފިރިމީހާ އަދި ރަގަޅުވާނެއެވެ. ދަރިފުޅު އެނބުރި ދާށެވެ.

ބައްޕަ ގަބޫލު ނުކުރުމުން އަންހެންކުއްޖާ މަންމަ ކައިރިޔަށް ދިޔައެވެ. މަންމަކައިރީ އާދޭސްކުރުމުން މަންމަވެސް އޭނަ ގެޔަށް އަންނާކަށް ގަބޫލެއް ނުވިއެވެ.

އެންމެ ފަހުން އަންހެންކުއްޖާ އޭނާގެ ރަހުމަތްތެރިން ގާތަށް ދިޔައެވެ. އަދި އެހީތެރިކަމަށް އެދުނެވެ. ނަމަވެސް އެއިން އެކަކުވެސް އަންހެންކުއްޖާއަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދިނެވެ.

އަންހެންކުއްޖާ ހަދާނެ ގޮތް ހުސްވެގެން އަނެއްކާވެސް އެނބުރި ފިރިމީހާގެ ގެޔަށް ދިޔައެވެ. އެއަށްފަހު މާގިނަ ދުވަހެއް ނުވެ އަންހެން ކުއްޖާ ބައްޕަގެ ގެޔަށް އަތުވެއްޖެ އެވެ.

ވާހަކަ އަޑުއަހަން އިން އަންހެން ކުއްޖާ ބުންޏެވެ. ތިޔައިން ދަސްވި ފިލާވަޅަކީ ކޮބާ ތޯއެވެ. ބުނީމަ ބައްޕަ ބުންޏެވެ. އަންހެން ކުއްޖާ އެބުރި އައީ ސަންދޯކެއްގައެވެ. އެކުއްޖާ ވަނީ މެޔަށް ވަޅިޔެއް ހަރާ މަރާލާފައެވެ.

ދަރިފުޅަށް މިވާހަކައިން ދަސްކޮށް ދޭން ބޭނުން ފިލާވަޅަކީ އަނިޔާ ލިބެމުންދާ ކައިވެންޏެއްގަ އިނުމަށް ވުރެ އެނބުރި ބައްޕަގެ ގެޔަށް އައުންވެސް މާރަގަޅު ކަމުގެ ފިލާވަޅެވެ. އެ ނިންމުން ނިންމާނީ އަމިއްލަޔަށް ކަމުގެ ފިލާވަޅެވެ. އަމިއްލަ ހަޔާތާ މެދު ވިސްނާ ތިމާޔަށް ހެޔޮގޮތާ ނުބައިގޮތް އިޚްތިޔާރުކުރަން އިގެން ޖެހޭނެކަމުގެ ފިލާވަޅެވެ. އޭނަގެ އަނބިމީހާ މަރުވުމުން ދާދި އަވަހަށް އެހެން މީހަކާ އިންނާނެއެވެ. އެކަމަކު މިބައްޕަ އާއި މަންމަ އަށް ދެން އަލުން ދަރިފުޅެއް ނުލިބޭނެއެވެ. އެއްވެސް މީހެއްގެ ފުށުން ޖިސްމަށް އަނިޔާ ލިބޭނަމަ އެކަމުން ސަލާމަތް ވާން ޖެހޭނެ ކަމުގެ ފިލާވަޅެވެ. އަދި އެނބުރި އައިސް ހަޔާތް އަލުން ކޮޅަށް ޖަހަން ހިއްވަރު ކުރަން ޖެހޭނެ ކަމުގެ ފިލާވަޅެވެ.

އަންހެން ކުއްޖާ ވަރަށް އުފަލުން ހީނލާފަ ބައްޕައަށް ޝުކުރު އަދާ ކުރިއެވެ.  

Loading

One Response

  1. ތިޔަ ވާހަކަ ލިޔުނު މީހާ ކިތަންމެ ފުށް މާނައެއް ތިޔަ ވާހަކައިގާ ހުރިކަމަށް ދުށްކަމަކު ތިޔަ ވާހަކައިގާ ނެން އެއްވެސް އިބުރަތެއް ސީދާ މަގަށް ހެވެއް ތިޔަ ވާހަކަ ދިޔައީ މުޅިން ގޯސްކޮށް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް