ސަރުކާރުގެ ޚަރަދުގައި މި އަހަރު ޙައްޖަށް ފޮނުވާ 50 މީހުން ފުރައިފި

Loading

Facebook
Twitter
WhatsApp

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުގެ ޚަރަދުގައި ހިލޭ ޙައްޖަށް ފޮނުވަން ނިންމި 1،000 މީހުންގެ ތެރެއިން މި އަހަރު ޙައްޖަށް ފޮނުވާ 50 މީހުން މިއަދު ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ ފުރަތަމަ ބުރުގައި ހިލޭ ޙައްޖަށް ގެންދާ މީހުންގެ ގުރު ނަގާފައި ވަނީ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު، އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން ކަމަށެވެ. 

މި ރަސްމިއްޔާތުގައި ހިލޭ ޙައްޖަށް ފޮނުވާ މީހުންގެ ގުރުއަތު ނަގާފައި ވަނީ މުދަލު ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓަށް ބަލައިގެން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖުވެރިންގެ ތެރެއިން އަތޮޅު ތެރޭ ތިބި މީހުން މާލެ ގެނައުމާއި އެނބުރި ރަށަށް ފޮނުވުން އަދި ކެއުމުގެ ހަރަދު ވެސް މިނިސްޓްރީން ބަލަހައްޓާނެ ކަމަށެވެ. 

މި އަހަރު ޙައްޖަށް ފުރާ މީހުންގެ ފުރަތަމަ ގްރޫޕު ރާއްޖެއިން ފުރީ 31 މެއި ގައެވެ. ސައޫދީ އަރަބިއްޔާއިން މި އަހަރު ރާއްޖެއަށް 1،000 ހައްޖު ކޯޓާ ކަނޑައަޅާފައި ވާއިރު މި އަހަރު އެހީތެރިން ނުހިމަނައި ރާއްޖެއިން ޙައްޖަށް ދާނީ 980 މީހުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް