މޯދީ ހުވާކުރައްވާ ރަސްމިޔާތަށް ދައުވަތުދިން 7 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ހަތް ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. ދައުވަތު ލިބުނު ގައުމު ތަކުގެ ތެރޭގައި ހިމެނެނީ އިންޑިޔާގެ އަވަށްޓެރި އަދި އިންޑިޔާ ކަނޑުގެ ގައުމުތަކެވެ. މިގައުމު ތަކަކީ ސީޝެލްސް، މޮރިޝަސް،ދިވެހިރާއްޖެ،ސްރީލަންކާ،ބަންގްލާދޭޝް، ބޫޓާން އަދި ނޭޕާލް އެވެ.

މިގައުމުތަކުގެ ގިނަ ލީޑަރުންނާ މޯދީ އަމިއްލަފުޅަށް ވަނީ ގުޅުއްވާ ދައުވަތު ދެއްވާފައެވެ. އެއާއެކު ރަސްމީ ކޮންވެސް މިހާރުވަނީ ދައުވަތު ފޮނުވާ، އަދި ގިނަ ލީޑަރުން ވަނީ ގަބޫލު ކުރައްވާފަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރިޔާސީ ގަޑުވަރު ރަޝްތްރަޕަތީ ބަވަން ގައި 9 ޖޫން ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތު ވަރަށް ކުލަގަދަ ވާނެކަމަށް ދަނީ ބެލެމުންނެވެ.

އިންތިޚާބްގެ ކާމިޔާބީ އާއި ގުޅިގެން ނަރެންދުރަމޯދީ އަށް މަރުހަބާ ވިދާޅުވެ ރައީސް މުއިއްޒުވަނީ ސޯޝަލް މީޑިޔާގައި މެސެޖެއް ޕޯސްޓް ކުރައްވާފަ އެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް