ޚަބަރުތަކުގެ ފަލަސުރުޚީ ތަކުން ބުނެފައިވަނީ އިސްރާއީލް-ގައްޒާގެ ހަނގުރާ ހުއްޓާލުމުން އިސްރާއީލާއި ޙަމާސްގެ އިސްވެރިން ވެއްޓިގެން ދާނީ ގޮތްނޭންގޭ އޮޅުންބޮޅުން ގަޑެއްގެ ތެރެއަށް ކަމަށެވެ.
ރައީސް ބައިޑަން އިސްރާއީލަށްޓަކައި ޢަރަބި ބޮޑުންގެ ތިން ގައުމެއްގެ އެއްބާރު ލުމާއިއެކު ހަނގުރާމަ ހުއްޓާލުމުގެ ހުށަހަޅިފައިވާ ޝަރުތުތަކުގެ ތެރޭގައި ޙަމާސްގެ އިސް ވެރިއެއް ކަމުގައިވާ ޔަހްޔާ ސިންވާރަށް ލިބިވަޑައިގެންފައިވާ ބާރާއި އަދި އެމަނިކުފާނުގެ ޖިސްމާނީ ރައްކާތެރިކަންވެސް ސުވާލެއްގެ ތެރެއަށް ވެއްޓިފާ ވެއެވެ.
އަނެއްކޮޅުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ ބޭނުންވާގޮތަށް އެތިއެތިކޮޅުން މި ހުށައެޅުން ކުރިއަށް ގެންދިއުމަކީވެސް ފަސޭހަކަމަކަށް ނުވެއެވެ. އަދި ޔަހޫދީ ފާރ-ރައިޓް ވަޒީރުންގެ ރުހުންނެތި ސަރުކާރު ދެމެހެއްޓުމަކީ ނަތަންޔާހޫއަށް ނުކުރެވޭނެ ކަމެކެވެ. އޭގެ އިތުރުން އޭނާގެ ކޮރަޕްޝަން މައްސަލަތައްވެސް އަނެއްކާ ހިލިގެންދާނެއެވެ.
ނަތަންޔާހޫ ބޭނުންވެގެން އުޅުނީ ޔަހްޔާ ސިންވާރް އާއި މުޙައްމަދު ދާއިފް މަރާލެވެންދެން ހަނގުރާ ނުހުއްޓާ ކުރިއަށް ގެންދިއުމަށެވެ. އެކަމަކު މިހާތަނަށްވެސް އެ ދެބޭފުޅުން ޝަހީދުކޮށްލެވުނުކަން އެނގޭކަން ނެތެވެ. ހަމަ އެއާއި އެކު އިސްރާއީލް-ގައްޒާ ހަނގުރާމަ ހުއްޓާލަންޖެހި އެ ދެބޭފުޅުން ގައްޒާގެ މަގުތަކުގައި އުފާ ފާޅުކުރަމުން ގެންދިއުމަށް ވުރެން ވަކިންބޮޑު ލަދުވެތިކަމެއް ނަތަންޔާހޫ އަށާއި އޭނާގެ ފާރ-ރައިޓް ވަޒީރުންނަށާއި އެމީހުންގެ ބާރުގަދަ ބައިވެރިޔާ ރައީސް ބައިޑަން އަށް ކުރިމައްޗެއް ނުވާނެއެވެ.
މީގެ ކުރީގެ ހުށައެޅުން ތައްވެސް ނާކާމިޔާބު ވެގެން ދިޔަ މައިގަނޑު ސަބަބަކީ އެއީއެވެ. ދާއީމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އެންމެ ފަހު މަރުޙަލާއަށްއެމެރިކާއިން ލަސްކުރުމުގެ ސިއްރަކީވެސް އެއީއެވެ.
ރައީސް ބައިޑްންވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައިމިނިވަން ކުރެވޭ ރަހީނުންގެ ނިސްބަތުން އިސްރާއީލުގެ ޖަލުތަކުގައިތިބި ފަލަސްތީނުގެ ރަހީނުން (ޖަލުބަންދުގައިވާ މީހުން) މިނިވަން ކުރުމުގެ އަދަދު ކަނޑައެޅުމަކީވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެކަމަކު އެންމެ ފަހުގެ ހުށައެޅުން ކާމިޔާބު ކުރެވުމާއި ނުކުރެވުން ބިނާވެފައިއޮތީ މި ކަންކަމުގައި އިޚްލާސްތެރިކަން އިސްކުރި މިންވަރެއްގެ މައްޗަށެވެ.
އެމެރިކާއިން ބުނެފައިވާ ގޮތުގައި ރައީސް ބައިޑްންގެ މި ހުށައެޅުއްވުމަށް ޔުނައިޓެޑް ނޭޝަންސްގެ ސެކިއުރިޓީކައުންސިލްގެ ރުހުން ހޯއްދެވުމަށްޓަކައި މިހާރުވަނީ ހުށައަޅުއްވާފައެވެ. ރައީސް ބައިޑްން ގެ ހުށައެޅުއްވުމުގައި ބަޔާން ކުރައްވާފައިވާ ތިން މަރުޙަލާގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމާއި ގައްޒާ އަލުން އާރާސްތުކުރުން ހިމެނެއެވެ.
އެދެން ފަހުން އަނެެއްކާ ފަނާކޮށްލަންވިޔަސް ވަރިހަމަތާއެވެ. ފަލަސްތީނުގެ ޙަޔާތް އެގޮތަށް ތަކުރާރުވަމުން ދާތަން 60 އަހަރަށްވުރެ ގިނަވީއެވެ. ޢަރަބި ގައުމުތަކަށްވެސް އިސްރާޢީލާއި ގުޅުން ނުއުފެއްދިގެން މަރުދެނީއެވެ.
ރައީސް ބައިޑްންގެ ހުށައެޅުމުގެ ފުރަތަމަ މަރުޙަލާގައި ޙަމާސްއިން ހިފާއްޓާފައިތިބި ބައެއް ރަހީނުންނާއި އޭގެތެރެއިން މަރުވެފައިވާ މީހުންގެ ގަބުރުތައް އިސްރާއީލަށް ޙަވާލު ކުރަން ޖެހޭނެއެވެ.
އެކަމަކު އިސްރާއީލުން އަލުން ހަނގުރާމަކުރަން ނުފަށާނެ ކަމުގެ ޔަގީންކަން ލިބުމުން މެނުވީ ޙަމާސްގެ ބެލުމުގެ ދަށުގައިތިބި އިސްރާއލުގެ އަންހެނުންނާއި މުސްކުޅިން ދޫކޮށްލާނެ ކަމަކަށް ނުބެލެވެއެވެ. ހަނގުރާމަ އެއްކޮށް ހުއްޓާލުން ނޫން ގޮތަކަށް ޙަމާސްއިން އެއްބަސް ނުވާނެކަން ޔަގީނެވެ.
އިސްރާއީލުން ބުނެފައިވަނީ އިތުރު 4 ރަހީނަކު މިހާރު ވަނީ މަރުވެފައި ކަމަށެވެ.
މިދިޔަ ހޯމަދުވަހު އިސްރާއީލުގެ މީޑިއާތަކުން ލީކުވެފައިވާ މަޢުލޫމާތު ތަކަށް ބަލާއިރު ނަތަންޔާހޫގެ މަގްސަދަކީ ޙަމާސް ނެތިގެންދާންދެން ހަނގުރާކުރުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުމެވެ. މިކަމަށް އޭނާގެ ހަނގުރާމަޔާ ބެހޭ ވަޒީރުންގެ މަޖިލީހުގައ ހިމެނޭ ފާރ-ރައިޓްގެ ވަޒީރުންގެ ރުހުން ލިބޭނެކަން ޔަގީނެވެ.
އިސްރާއީލުގެ މިލިޓްރީ ސްޕޯކްސްމަން އެޑްމިރަލް ޑެނިއަލް ހަގާރީ ބުނެފައިވަނީ އިސްރާއީލު ސަރުކާރުން ކޮންމެ ގޮތަކަށް ނިންމި ކަމުގައިވިޔަސް އިސްރާއީލުގެ ސަލާމަތާއިރައްކާތެރިކަން ކަށަވަރު ކުރުމުގެ ބާރު އިސްރާއީލް މީލިޓްރީގެ ކިބައިގާ އެބަހުރި ކަމަށެވެ.
އެހެންނަމަވެސް އިސްރާއީލުގެ މިލިޓްރީ ރޭޑިއޯ ސްޓޭޝަންގެ ޑިޕްލޯމެޓިކް ކޮރެސްޕޮންޑެންޓް ޔާނިރް ކޯޒިން ބުނެފައިވަނީ ނަތަންޔާހޫ ބޭނުންވާގޮތަށް ކާމިޔާބީ ޙާސިލު ކުރެވުމުގެ ކުރިން ހަނގުރާމަ ހުއްޓާލަން އޭނާ އެއްބަސްވުމަކީ ވަރަށް ދުރު ކަމެއް ކަމަށެވެ. ޝައްކެއްނެތް ގޮތުގައި 8 މަސްދުވަސްވީ ފަނާކުރަނިވި ހަނގުރާމަ ހުއްޓާލަން އެއްބަސް ވުމަކީ ނަތަންޔާހޫގެ ނާކާމިޔާބީ އެކެވެ.
ހަމައެއާއެކު 2026 ގައި ބޭއްވޭ އިންތިޚާބަށް ނުރަނގަޅު އަސަރެއް ކޮށްފާނެހެން ހީވާ ކޮންމެ ކަމަކުން އޭނާ ދުރުހެލިވާނެއެވެ.
އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އިހްދު ބަރަކް މިދިޔަ ހޯމަދުވަހު އިސްރާއީލުގެ ރޭޑިއޯގައި ވާހަކަ ދައްކަމުން ވިދާޅުވެފައިވަނީ ބައިޑަންގެ ހުށައެޅުން ސިންވާރު ގަބޫލު ނުކުރާނެކަން ރައީސް ބައިޑްންއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ.
މީގެ ކުރީގެ ހުށައެޅުން ތައްވެސް ނާކާމިޔާބު ވުމުގެ އަސްލަކަށް ވެފާއޮތީ ނަތަންޔާހޫ އާއި އޭނާގެ ފާރ-ރައޓް ވަޒީރުން ގެންގުޅޭ ޙަމާސް ނައްތާލުމުގެ ވިސްނުމެވެ. ނަތަންޔާހޫގެ ވިސްނުމުގައި ޙަމާސްއަކީ މިހާރު ފިޔަބިންދާލާފައި އޮތް ޖަމާއަތެކެވެ.
އެ ޖަމާއަތުން އިސްރާއީލަށް ކުރެވޭނެ ގޯނާއެއް މިހާރަކު ނޯންނާނެއެވެ. އެހެންނަމަވެސް އެމެރިކާއިން ބުނަނީ ޙަމާސް އަކީ ހަނގުރާމަ ކޮށްގެން ބަލިކުރެވިދާނެ ޖަމާޢަތެއް ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި ޙަމާސްއިން އިސްރާއީލުން އެދޭހާ ގޮތަކަށް އެއްބަސްވާނެ ހެއްޔެވެ؟ މި ސުވާލަށްވެސް ޖަވާބެއް ނުލިބެއެވެ.
އެހެނަސް ރައީސް ބައިޑްން ޔަގީންކޮށް ދެއްވާފައި ވަނީ މިފަހަރުގެ ހުށައެޅުން އިސްރާއީލުން ގަބޫލު ކޮށްފި ކަމަށާއި އިންތިޒާރު ކުރަމުންގެންދަނީ ޙަމާސްގެ އެއްބާރުލުމަށް ކަމަށެވެ.
ހަމާސްގެ އެތެރޭގައިވެސް އިސް ބޭފުޅުންގެ ކޮންމެވެސް ދެބަސްވުމެއް އުޅޭ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް ޙަމާސްގެ އެއްވެސް އިސް ބޭފުޅަކު އެހެން ގައުމަކަށް އަރުވާލަން އެ ޖަމާއަތުން އެއްބަސް ނުވާނެއެވެ.
އިސްރާއީލަށް ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އަނެއްމައްސަލައަކީ 7 އޮކްޓޯބަރ ގައި ވިއްސި ވިހާލިވެގެން ދިޔަ އެ ގައުމުގެ ރައްޔިތުން އަނބުރާ ގެނައެމެވެ. އޭގެތެރެއިން ބައެއްމީހުން ބީ ބީ ސީ އަށް ކިޔާދީފައިވަނީ ޔަހްޔާ ސިންވާރް އަދި މުޙައްމަދު ދާއިފް މިނިވަންކަމާއި އެކު ދިރި އުޅެމުން ގެންދާހާ ދުވަހަކު އެމީހުން އަނބުރާ “ ފޭރިގަނެފައިވާ “ އެ މީހުންގެ ވަޒަނަށް ނުދާނެ ކަމަށާއިހަނގުރާމަ ހުއްޓާ ލައިފިނަމަ ދުވަސްކޮޅަކުން އަނެއްކާވެސް އަހަރެމެން ކުރިމަތިލާން ޖެހޭނީ ހަމަ މިޙާލަތަށެވެ.
2 Responses
ހުރިހާ ޖަރީމާއެއްގެ އައްޕަ އެމެރިކާ! ދިވެހީން އެމީހުންގެ މޯހިރުން ކައިބޯއިގެން އުޅެގެން ނުވާނެއެވެ. މުއިއްޒު އެހެއްދެވީ ހަމަ ރަނގަޅަށެވެ. އިޝްތިހާރުވާން ވެގެން ނަމަވެސް ހެ ހެއްދެވިގޮތް ހަމަ ރަނގަޅެވެ. ދެން އެކަން ސިޔާސީގޮތުން ކުރާންގޮތާއި ބެހޭގޮތުން ދައްކާވާހަކަ ތަކަކީ އަދި މުޅިން އެހެން ކަމެކެވެ.
ހުރިހާ ބަލާވެރިކަމާއި މުސީބާތަކީ އެމެރިކާ. މިއީ އެމެރިކާއިން ކުރުވާ ހަނގުރާމައެއް އަދި ފަނާކުރުމެއް