ރުހުން ދޭން ދެކޮޅު ހެދި ތިން ވަޒީރުންނަށް ރުހުން އޮތް ކަމަށް ކޮމިޓީން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

ނިމިދިޔަ ނަވާރަ ވަނަ މަޖިލީހުން ރުހުން ދޭން ދެކޮޅު ހެދި ތިން ވަޒީރުންނަށް ރުހުން އޮތް ކަމަށް ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. 

އެ ތިން ވަޒީރުންނަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައި ގަންނަވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ހައުސިންގް މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. 

އެގޮތުން ތިން ވަޒީރުންނަށް ރުހުން ދޭންސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފައި ވާއިރު ދެކޮޅަށް ވޯޓު ދެއްވީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެންމެ މެންބަރެކެވެ. 

މިކަމަށް އިޝާރާތްކޮށް އެ ކޮމިޓީގެ މުގައްރިރު އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ކޮމިޓީން އެގޮތަށް ފާސްކުރީ ވަޒީރުންގެ ޝަރުތު ހަމަވާ ކަމަށާއި އެއްވެސް މައްސަލައެއް ނެތް ކަމަށް ބެލުމަށް ފަހު ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް