ލުބުނާނުގެ މުޖާހިދުންގެ ޖަމާއަތް ހިޒްބުالله އިން ޔަހޫދީ އިސްރާއީލުގެ އުތުރަށް ރޮކެޓްތައް ފޮނުވައިގެން ރޯކޮށްލި އަލިފާންގަނޑު އިސްރާއީލުގެ އުތުރުގެ ތެރެއަށް ފެތުރިއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޔަހޫދީ އިސްރާއީލުގެ އުތުރުގެ ބޮޑެތި ސަރަހައްދުތަކުގައި ހިޒްބުالله އިން ފޮނުވާލި ރޮކެޓްތަކުން ރޯވެފައިވާ ބޮޑު އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް ރެސްކިއު ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ރޮކެޓު ހަމަލާތަކުގައި ލުބުނާނުގެ ބޯޑަރު ކައިރީގައިވާ ރަށްތަކުގައި ދިރިއުޅޭ އިސްރާއީލުގެ ގިނަ ގެތަކުގައި އަލިފާން ރޯވެފައިވާ ކަމަށް ލޯކަލް މީޑިއާތަކުން ބުނެފައި ވެއެވެ.
އަވަހަށް ފެތުރިގެން ދިޔަ މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެހީތެރިވުމަށް ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާއިން ސާމާނާއި ސިފައިން ފޮނުވިއިރު، ހަ އަސްކަރީ ރިޒާވިސްޓުންނަށް ވަނީ ކުދި އަނިޔާތަކެއް ލިބިފަ އެވެ.
މީގެ އިތުރުން އިސްރާއީލުގެ ފުލުހުން އެ ސަރަހައްދުގެ މަގުތައް ބަންދުކޮށްފައިވާއިރު އެ ސަރަހައްދުގައި ތިބި ރައްޔިތުން އެ ތަން ދޫކޮށް ދިއުމަށް އަންގަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
2 Responses
ސާބަހޭ ހިޒްބުﷲ
Very good