ބިދޭސީންގެ މައްސަލަ ހައްލު ކުރަން އެނގުމަކީ އެކަން ހައްލުވާ ކަމެއް ނޫން

Loading

Facebook
Twitter
WhatsApp

ސަރުކާރަށް ނޭނގި ގަވާޢިދާ ޚިލާފަށް ރާއްޖޭގެ އާބާދީ އާ ނުބައްދަލު މިންވަރަކަށް ބިދޭސީން ދިރިއުޅެމުން އެބަގެންދެއެވެ. ސަރުކާރުން މިކަން ޙައްލުކުރުމަށް ރާވާފައިވަނީ ވަރަށް ރަނގަޅު ރޭވުމަކަށް ވީނަމަވެސް އެރޭވުން ތަންފީޒު ނުކުރާހާ ހިނދަކު ބީދޭސީންގެ މައްސަލަ ޙައްލުވެގެން ނުދާނެއެވެ.

އެމްއެންޑީއެފުގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ ނުބައި މަގަކުން ހިނގިއްޖެ ނަމަ ބިރުގަންނަފަދަ މިންވަރަކަށް ބިދޭސީން ރާއްޖޭގައި އެބަ ދިރިއުޅޭ ކަމަށެވެ. އެ އޮފިޝަލް މިހެން ވިދާޅުވީ ހުޅުމާލޭގައި ބިދޭސީން އެއްވެ ސަރުކާރަށް ކުރި ޕްރެޝަރާ ގުޅިގެން އެބައި މީހުން ކޮންޓްރޯލް ކުރައްވަން އުޅުއްވުމަށްފަހު މީޑިއާ އަށް މަޢުލޫމާތު ދެއްވަމުންނެވެ.

ގިނަ ޢަދަދެއްގެ ބިދޭސީން އެއްވި މި ދެންނެވި މި އެއްވުން އެއްވުން ރޫޅާލުމަށްޓަކާ ފުލުހުންނާ ސިފައިން ކުރި މަސައްކަތް ކާމިޔާބު ނުވީ ސިފައިންނާއި ފުލުހުންނަށް ލިބިފައިވާ ގާނޫނީ ބާރުގެ ބޭނުން ކޮށްފިނަމަ ހިނގާފާނެ ނުރައްކަލަކަށްޓަކައި ބާރުގެ ބޭނުން ނުކުރެއްވުމުންނެވެ.

މި ދެންނެވި އެއްވުމުގައި ބިދޭސީން ދިވެހި ސިފައިންނާއި ފުލުހުންނާ ދިމާލަށް އޮއްގާ އުކައި ހަދާފައިވެއެވެ. ރާއްޖެއަށް މިހާ ގިނަ ބިދޭސީން ގަވާޢިދާ ޚިލާފަށް އެތެރެ ވެފައިވަނީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދުގައެވެ.

ގަވާޢިދާ ޚިލާފަށް އެތެރެވެފައިވާ ބިދޭސީން ހޯދިފައި ނުވަނީ އެބައިމީހުންނާއި ބެހޭ މަޢުލޫމާތު މި ދެންނެވި ސަރުކާރުން އިމިގްރޭޝަން ހިންގެވި ވެރިން އެމަޢުލޫމާތު އެ މުވައްސަސާގެ ސިސްޓަމުން ޑިލީޓް ކޮށްފައިވާތީއެވެ.

އޭގެ ފަހުން އައި ސަރުކާރުންވެސް މިދެންނެވި ފަދަ ބިދޭސީންގެ މައްސަލަ ޙައްލު ކުރާނެ ކަމަށް ބުނެ އަޑުފަތުރާފައިވެއެވެ. އަދި ބިދޭސީން އެތެރެކުރުން ވަނީ މަނާޗެސް ކޮށްފައެވެ.އެހެނަސް އެސަރުކާރު ނިމިގެން ދިޔައިރު ވެސް މިކަމަށް ފެނުނު ޙައްލެއް ޙަރާމެވެ. މީ އަރަތައެއްފަދަ ކަމެކެވެ. ގަވާޢިދާ ޚިލާފަށް އެތެރެ ވިއަސް އަދި ގަވާޢިދުން އެތެރެ ވިޔަސް އެބައި މީހުން ދިރުއުޅެނީ މާލޭ ސަރަޙައްދުގައާއި ރާއްޖޭގެ ރަށްރަށުގައެވެ.

ރާއްޖޭގެ ޖަންގަލީ ބޮޑު ފަޅުރަށްތަކާއި އާބާދީ ބޮޑު ރަށްރަކުގައި މިދެންނެވި ބިދޭސީން އެބަ ދިރިއުޅެއެވެ. ބައެއްމީހުން ބުނާ ގޮތުގައި ބިދޭސީން ފޮރުވައިގެން ގެންގުޅޭ ބައެއް ދިވެހިންވެސް ރާއްޖޭގައި އެބައުޅެއެވެ. އެހެންކަމުންނާއި ސަރުކާރުން މިފަދަ މީހުން ހޯދުމުގެ މަސައްކަތުގައި ޙަރަކާތް ތެރިވެވަޑައި ގަންނަވާ ބޭފުޅުންގެ ކުޅަދާނަކަމުން ދުވަހަކުވެސް މިދެންނެވި ބިދޭސީން ހޯދޭނެގޮތެއް ނުވެއެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ނުހޯދިގެން އުޅެނީ ބައެއް ދިވެހީންގެ ކުރިމަތީގައި ބިދޭސީންނަކީ ޖަވާހިރަށް ވުރެ އަގުބޮޑު ބަޔަކަށް ވާތީ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެއީ ބިދޭސީންނާ ނުލާ ބައެއްދިވެހީންނަށް އެއްވެސް ކަމެއް ނުކުރެވޭތީ ކަމަށާއި ބިދޭސީ ރާއްޖެއިން ފޮނުވާލުމަކީ މިދެންނެވި ފަރާތްތަކަށް ތަޙައްމަލްކުރަން ދަތިކަމެއް ކަމަށްވެސް ބައެއްމީހުން ބުނެއުޅެވެ.

ކަން މިހެން ހުރުމާއެކު ބިދޭސީންގެ މައްސަލަ ސަރުކާރަށް ޙައްލު ކުރެވިދާނެ ކަމާމެދު ގިނަ ދިވެހީންގެ ހިއްތަކުގައިވަނީ ސުވާލު އުފެދިފައެވެ.

Loading

One Response

  1. :ވަކިބަޔަކައް ފައިދާ ހޯދުމައް ހުރިހާރައްޔިތުންގުރުބާންކޮއް ނުރައްކަލައް ހުސަހެޅި ފިތިބާރުވެގެންތިބޭކައްނުޖެހޭނެ އަމިއްލަ އެދުމުން ފޯވެފައިވާ ދިވެހީން ކޮންމެމީހަކައް އެތައްބާވަރުބިދޭސީންނާ ދިހަބާރަ ވެހިކަލާ ގެނަސް އެފައިދާހޯދަންވާނީ އެވެހިކޮލްތައްދުއްވާނެމަގުތަކާ ޕާކުކުރާނެ ތަންހަދާނިންމާފާއެވެ މިމާލޭގާ އަޅުޘުމެންގެހިއްސާޔައްވާ ޖާގައިގާ އެކަން ނުކުރެވޭނެއެވެ މިކަމައްސަރުކާރުތަކުން މިމީހުންއަތުންފައިސާހޯދާފާ ހުއްދަދޭމައއސަލަ މަޖިލީހައްހުސަހަޅަން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް