މެންބަރުން އިތުރުވަމުން ދިއުމަކީ ރައްޔިތުންނަށް ގެއްލުންހުރި ކަމެއް

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ކޮންމެ ފަސްއަރަކުން އެއްފަހަރު އިންތިޚާބު ކުރާ މަޖިލީހެކެވެ. އެހެން ކަމުން މާޟީވަމުން އަންނަ ކޮންމެ ފަސްއަހަރެއްގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް 18 އަހަރުން މަތީގެ އެތަކެއް ހާސް ރައްޔިތުން އަންނަނީ އިތުރުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތިއްބަވަނީ ރާއްޖޭގެ އާބާދީގެ ކޮންމެ 5000 ރައްޔިތުންނަށް މެންބަރެކެވެ.

ރާއްޖޭގެ އާބާދީ އިތުރުވާ މިންވަރެއްގެ މައްޗަށް ބިނާކޮށް ކޮންމެ ފަސްއަހަރެއްގެ ތެރޭގައި ދާއިއިރާތައް ވެސް އަންނަނީ އާބާދީގެ ނިސްބަތުން އިތުރުވަމުންންވެ. އެގޮތުން ކޮންމެ ފަސް އަހަރެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފަސް ހަ މެންބަރުން އިތުރު ވެއެވެ.

ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ރިޝްވަތާ ދުރުކުރުމަށްޓަކާ ކޮންމެ މެންބަރަކަށް ދެމުން އެދަނީ ރައްޔިތުންނާ އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މުސާރައެއްކަން ފާހަގަ ކޮށްލާނަމެވެ. ގާނޫނު ހަދާ މަޖިލީހުން ފާސްކުރާ ކޮންމެ ގާނޫނަކީ އެގާނޫނަށް ރައްޔިތުން ތަބަޢަވާން ޖެހޭ ގާނޫނެކެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މުސާރައާއި ޢިނާޔަތާއި ކޮމެޓީ އެލާވަންސް ނަގަން ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް މަހެއްގެ މައްޗަށް ލައްކަ އެއްހާރުފިޔާ ރައްޔިތުންގެ އަތުން ނަގާފައި ދޭން ޖެހެއެވެ. އެހެންކަމާއެކު އެކަމުގެ ސަބަބުން ރައްޔިތުންގެ ތަރައްގީ އަށް ވަރަށް ބޮޑު ހުރަހެއް ވެސް އެޅިގެންދެއެވެ.

އޭގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު އިނދަ ޖެހުނަސް އަދި ރައްޔިތުންގެ ސޯރުފޮތިކޮޅު ކަނޑާލަން ޖެހުނަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ ތިޖޫރީއިން އެބައިމީހުން ކަނޑައަޅާފައި ވާމިންވަރަށް ރުފިޔާ ދޭން ޖެހެއެވެ. ރައްޔިތުން ކޮންމެ ފަދަ ޙާލެއްގައި އުޅެގެން ވިއަސް ގާނޫނު ތަންފީޒުކުރުމުގެ ފުރުޞަތު ދޭންޖެހެއެވެ.

ރާއްޖޭގެ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް 93 މެންބަރުން ރާއްޖެ ތަމްސީލު ކުރެއެވެ. މަޖިލީހުގެ މެންބަރުން އިތުރު ވަމުންދާނަމަ ރައްޔިތުންނަށް ލިބޭ އަނެއް ގެއްލުމަކީ ރައްޔިތުންގެ މަޖިލީސް ކުރާގެ ބޮޑު ކުރަން ޖެހުމެވެ. ނޫންނަމަ އިތުރު އިމާރާތެއް އަޅަންޖެހުމެވެ. އަނެއްކޮޅުން މިފަދަ ޢިމާރާއްތެއް ބިޑުކޮށްގެން އަޅާނަމަ ބިޑު ކާމިޔާބު ވާނީ ޢަދަދަކުން ރިޝްވަތު ދޭފަރާތަށެވެ. އަދި މިފަދަ ޢިމާރާތެއް އަޅާ ނިމޭއިރު އޭގެ ދެ ޢިމާރާތް އެޅޭނެހައި ފައިސާ ދައުލަތުގެ ތިޖޫރީއިން މަދު ކޮށްލައެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް މާބޮޑު ބޭނުމެއް ހިފޭތަނެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން އިސްކަން ދެނީ ރައްޔިތުންގެ ކަންކަމަށްވުރެ އެބައިމީހުން ހިމެނޭ ޕާޓީތަކަށެވެ. އެހާ ބޮޑު މުސާރައެއް ނަގަމުން ދާއިރު ވެސް ރިޝްވަތު ނެގުމުގައި ހައްދެއްނެތެވެ. ބިލްތައް ފާސްކުރުމަށްޓަކާވެސް މެންބަރުންނަށް ރިޝްވަތު ދޭކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.

އަދި އެކި ޕާޓީތަކުގެ ޓިކެޓްގައި މަޖިލީހަށް ވާދަކޮށްގެން ރައްޔިތުންއިންތިޚާބު ކުރާމެންބަރު މިލިއަނުން ރިޝްވަތުނަގާ އެހެނިހެން ޕާޓީތަކަށް ބަދަލުވާ ވާހަކައަކީ ޢާންމު ވާހަކައެކެވެ. 5000 ރައްޔިތުންގެ ފަރާތުން އެ ރައްޔިތުންގެ ތާއީދު އޮންނަ ޕާޓީގެ ޓިކެޓްގައި ވާދަކޮށްގެން މަޖިލީހަށް އިންތިޚާބު ކުރާ މެންބަރު އެފަސްހާސް ރައްޔިތުންގެ ތާއީދު ނުކުރާ ޕާޓީއަކާ ގުޅިވަޑައިގަތުމަކީ އެބޭފުޅެއްގެ އިޚުލާސްތެރިކަމާމެދު އެ ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭނެ ކަމެކެވެ.

ރައްޔިތުންގެ މަޖިލިސް މިހާރު އެކުލެވިފައިވަނީ ރައްޔިތުންނަށް ނުހަނު ޚަރަދު ބޮޑުވާ ގޮތަށެވެ. މަޖިލީހުން ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކާ މަސައްކަތް ކުރާނަމަ މަޖިލިސް އެކުލަވާލަންޖެހޭނީ ވީހާވެސް މަދު މެންބަރުން ހިމެނޭ ސިސްޓަމެއްގެ ތެރެއިންނެވެ. އެއީ އަތޮޅަކުން 2 މެންބަރުންނާއި ސަރުކާރު ތަމްސީލް ކުރާ 08 މެންބަރުންގެ މައްޗަށެވެ.

ރައްޔިތުން ހަފުސްވާ ގޮތަށް މަޖިލިސް އޮތުމަކީ ޚުދު މުޚުތާރު ނަމޫނާއެކެވެ. ރާއްޖެއަކީ އަމިއްލަ އުފެއްދުންތެތިކަމަށް ބަލާއިރު ނުހަނު ދަށުގައި އޮތް ގައުމަކަށް ވާތީ ރައްޔިތުންގެ ތަރައްގީއަށްޓަކާ ޚަރަދު ކުރަން ހުރިފައިސާ ރައްޖޭގެ އާބާދީއާއި ނުބައްދަލު މިންވަރަކަށް ދައުލަތުގެ ތިޖޫރީއިން ޚަރަދު ކުރުމުން ބެލެވޭނީ މަޖިލީހުގެ މެންބަރުންގެ އިޚުލާސްތެރިކަމެއް ނެތްކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަންވާނީ މެންބަރުންގެ އަމިއްލަ ފައިދާއަށްވުރެ ބޮޑަށް ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަމެއް ދީގެން ކަމަށް ދެކެމެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް