ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

Loading

Facebook
Twitter
WhatsApp

ޖަޕާނުގެ މެދުތެރޭގެ ހިސާބު ތަކަށް ބާރުގަދަ ބިންހެލުމެއް އަތިވެއްޖެ އެވެ. 5.9 ގެ ބާރުމިނުގައި މިއަދު އެތާގަޑިން ހެނދުނު 6.30 ގައި ބިންހެލުން އައިސްފައިވަނީ މިދިޔަ ޖެނުއަރީ މަހުވެސް ބިންހެލުން އައި ހިސާބަށެވެ.

ހޯމަ ދުވަހުގެ ބިންހެލުމުގައި ތިން ގެ ވެއްޓިފައިވާކަމުގެ ރިޕޯޓް ލިބުނު ނަމަވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ޚަބަރު ލިބެއެވެ.

ޖަޕާންގެ ޕަބްލިކް ބްރޯދްކާސްޓަރ އެންއެޗްކޭ އިން ވެއްޓިފައިވާ އިމާރާތެއްގެ ފޮޓޯ އާއި ވީޑިއޯ އާންމު ކޮށްފައި ވެއެވެ. އެހިސާބުގައި މުހިންމު ދެ ނިއުކްލިއަރ ޕްލާންޓް ހުރި ނަމަވެސް ބިންހެލުމުގެ ސަބަބުން އެތަންތަނުން އާދަޔާ ޚިލާފް ހަރަކާތެއް ފެނިފައި ނުވާކަމަށް ޖަޕާންގެ ނިއުކްލިއަރ ރެގިއުލޭޝަން އޮތޯރިޓީ އިން ބުނެފައި ވެއެވެ.

ހޯމަ ދުވަހު ބިންހެލުން އައި ހިސާބަށް ފާއިތުވި ތިން އަހަރުތެރޭ ކުދި ކުދި ހެލުންތައް އަންނަމުން ގޮސްފައިވާ ކަމަށް ކަމާބެހޭ އިދާރާއިން ބުނެފައި ވެއެވެ. އެހެން ކަމުން އެކަމަށް ވިސްނުމަށް ސަރުކާރުން އަންގާފައި ވެއެވެ.

ޖަނަވަރީ އެއްވަނަ ދުވަހު އައި ބިންހެލުމުގައި 260 މީހުން މަރުވެފައި ވެއެވެ   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް