ސްރީލަންކާ އަށް ބޯކޮން ވާރޭ ވެހި ހިނގި ހާދިސާތަކުގައި 7 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

މޫސުމުގެ ވާރޭ ކުރިމަތިވެފައިވާ ސްރީލަންކާ ގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާ ތަކުގައި ހަތް މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ. މީގެ ތެރޭގައި އެއް އާއިލާ އެއްގެ ތިން މީހުން ހިމެނެއެވެ.

 ވާރޭވެހި ބޮޑު ސަރަހައްދު ތަކެއްގައި ފެންބޮޑުވެފައިވުމާއެކު އެތައް ސަރަހައްދަކުން ވަނީ ކަރަންޓުގެ ޚިދުމަތް ވެސް ކެޑިފައެވެ. އަދި ހޯމަ ދުވަހު ސްކޫލްތައްވެސް ވަނީ ބަންދު ކޮށްފައެވެ.

ބިންގަނޑު ކަނޑައިގެން ގޮސް ހިތާމަވެރި ހާދިސާތައް ހިނގާފާނެ ކަމަށް ބަލާ 9 ޑިސްޓްރިކްޓް އަކަށް ވަނީ އިންޒާރު ތައް ނެރެފައެވެ.ޑީއެމްސީގެ ޑިރެކްޓަރ ވިދާޅުވެފައިވާ ގޮތުގައި ވެރިރަށް ކޮލޮމްބޯ އާއި ދެކުނުގެ ބައެއް ސަރަހައްދު ތަކުގައި އިތުރަށް ފެންބޮޑުވެދާނެ ކަމުގެ ބިރުއެބައޮތެވެ. އަދި ބައެއް ސަރަހައްދު ތަކަށް މިހާރުވެސް 400މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑީއެމްސީން ގެންދަނީ ސަރުކާރުން ކުރާ އިއުލާން ތަކަށް ސަމާލުކަން ދިނުމަށް އާންމުންނަށް އަންގަމުންނެވެ.މިހާރުވެސް 25 ޑިސްޓްރިކްޓުގެ ތެރޭން ވިހި ޑިސްޓްރިކްޓަށް ފެނުގެ އަސަރު ކޮށްފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އިދާރާއިން ބުނެފައިވެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރު ކޮށް ދިނުމަށް ސަރުކާރުން ވަނީ ސިފައިން ނެރެފައެވެ. އެހީގެ ޓީމުތަކުން ތިން ހެލިކޮޕްޓަރު ބޭނުން ކޮށްގެން މީހުން ސަލާމަތް ކުރުމާއި އަދި ފެނުގެ ސަބަބުން ގުޅުން ކެޑިފައިވާ ހިސާބުތަކަށް ކާބޯތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން ދާކަމަށް ޚަބަރު ލިބެއެވެ.   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް