އެކި ވައްތަރުގެ ހަކަތަ ބޭނުންކުރެވޭ އިންޖީނުތަކެއް ޓޮޔޯޓާއިން ދައްކާލައިފި

Loading

Facebook
Twitter
WhatsApp

ނެކްސްޓް ޖެންރޭޝަން އިންޖީނުތަކެއްގެ ގޮތުގައި ތަފާތު ބާވަތްތަކުގެ ހަކަތަ ބޭނުންކުރާ ކާރުތަކުގައިވެސް ބޭނުންކުރެވޭ އިންޖީނުތަކެއް ޓޮޔޯޓާ މޮޓޯރ އިން ތައާރަފުކޮށް މިދިޔަ އަންގާރަދުވަހު ދައްކާލައިފިއެވެ.

ސުބާރޫއާއި މަޒްޑާ މޮޓޯރ އާއި އެކުގައި ބޭއްވި މީޑިއާ ހަރަކާތެއްގެ ތެރޭގައި، ދުނިޔޭގެ އެންމެ ބޮޑު އޮޓޮމޯޓިވް ކުންފުނިން ދައްކާލާފައިވަނީ އެކުންފުނިން ފަރުމާކޮށް ފުރިހަމަ ކުރަމުން އަންނަ 1.5 ލިޓަރު އަދި 2.0 ލިޓަރު ގެ ކުދި އިންޖީނުތަކެކެވެ. އެގޮތުން އާންމުކޮށް ބޭނުންކުރާ އިންޖީނުތަކަށްވުރެ މިއިންޖީނުތައް އިސްކޮޅުންނާއި، އެހެންވެސް ގޮތްގޮތުން ކުޑަވާނެއެވެ.

“މި އިންޖީނުތަކާއެކު އުޅަނދުތަކުގެ އިންޓެގްރޭޝަން އެންމެ ފުރިހަމަ ކުރުމަށް މި ތިންކުންފުނިންވެސް މަސައްކަތް ކުރާނެ.” ޓޮޔޯޓާ، ސުބާރޫ އަދި މަޒްޑާއިން އެކުގައި ދިން ބަޔާނެއްގައި ބުނެފައިވެއެވެ. ސުބާރޫގެ ފަސްބައިކުޅަ އެއްބައިގައި ޓޮޔޯޓާގެ ހިއްސާއޮންނައިރު، މަޒްޑާގެ ވެސް 5 އިންސައްތަ ހިއްސާ ޓޮޔޯޓާއަށް އޮވެއެވެ.

އެތިން ކުންފުނިން ބުނެފައިވަނީ އީފިއުލްއާއި ބަޔޯފިއުލް ފަދަ ހަކަތައިގެ ތަފާތު ބާވަތްތައް ބޭނުންކުރެވޭ ގޮތައް އިންޖީނުތައް ހެދުމުގެ ސަބަބުން އިންޓަރނަލް ކޮމްބަޝަން އިންޖީނުތައް ޑީކާބަނައިޒް ކުރެވޭނެކަމަށާއި، އިންޖީނުތަކުގެ ބަރުދަނާއި ބޮޑުމިން މަދުކުރެވުމުން ކާރުތަކުގެ ޑިޒައިނަށް އިންގިލާބީ ބަދަލުތަކެއް އަންނާނެކަމަށް ގަބޫލުކުރާކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް