ކުރީގެ ރައީސް ޞާލިޙް އުފެއްދެވި މަރު ކޮމިޝަން އުވާލައްވައިފި

Loading

Facebook
Twitter
WhatsApp

”މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން“ އުވާލައްވައިފިއެވެ.

މި ކޮމިޝަން އުފައްދަވާފައިވަނީ 2018 ނޮވެންބަރު 17ގައެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި ގަރާރަކުން މިއަދު ވަނީ އެ ކޮމިޝަން އުވާލައްވައިފައެވެ.

މަރު ކޮމިޝަން އުވައިލެއްވީ އެ ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް އެ ކޮމިޝަނުން ނިންމަވާފައިވާތީ ކަމުގައި ރައީސް ނެރުއްވި ގަރާރުގައި ބަޔާންކުރައްވާފައިވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އުފެއްދެވި މަރު ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ ތެރޭގައި ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ.އަފްރާޝީމް ޢަލީއާއި މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ހިމެނެއެވެ.

Loading

One Response

  1. އަހަރެން ބޭނުންވަނީ މަރުކޮމިސަނުން މަރާލި މީހުންގެ އަދަދު އޮޅުންފިލުވަން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް