ވެރިކަންނޫން އެހެން އެއްވެސް ކަމެއް ބޭނުން ނުވުމާއި ވެރިކަމުގެ ލައްޒަތާއިހައިބަތު ކޮންމެވެސް ވަރަކަށް ނުވަތަ ކޮންމެ ސިފައެއްގައި ލިބިފައި ހުރި ނަމަވެސް އެކަން އިތުރަށް ޙާސިލު ކުރުމަށްޓަކައި އިންސާނާގެ އިންސާނިއްޔަތުކަން ގެއްލިދެއެވެ.
ނުވަތަ އެކަމުގައި ދެމިހުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރަން ތައްޔާރަށް ހުރުމަކީ ދުނިޔޭގެ ތާރީޚުގެ ސަފްޙާތަކުން ޝައްކެއް ނެތް މިންވަރަށް ހެކި ފެންނާން ހުރިކަންކަމެކެވެ. އޭގައި އަރަތްބެއް އަޖަމީއެއް ދިވެއްސެއް ބަންގާޅީއެއް އިސްތިސްނާ ނުކުރެވޭނެއެވެ.
މިއަދު މުޅިދުނިޔޭގެ އެންމެހާ ރައްޔިތުން ހިތާމަކޮށް ކަރުނަ އަޅަމުން ގެންދާ ފަލަސްތީނުގެ މައްސަލަކީ މިއަދުގެ ދުނިޔޭގެ ލޯމަތީގައި ކޮންމެ ސިކުންތަކު އެތައްފަހަރަކު ތަމްސީލު ވަމުންދާ މަންޒަރު ތަކެކެވެ.
ފަލަސްތީނުގެ މައްސަލަ ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް ޢަމަލީގޮތުން ބައިވެރިވުމުގެ ފުރަސަތު ވަރަށް ކުޑައެވެ. އެހެންނަމަވެސް ފަލަސްތިނުގެ ވަށައިގެން ހުރި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ކުރެވޭނެ ވަރަށް ގިނަ ކަންތައްތައް ހުރިކަން އެމީހުންގެ ރައްޔަތުންނަށްވެސް މިހާރު ސިއްރެއް ނުކުރެވޭނެއެވެ.
ބައިނަލް އަގްވާމީ ފޯރަމްތަކުގައި އެއް އަޑަކަށް ގުގުމާފައި އޮތީ އަރަބި ގައުމުތަކުން ފަލަސްތީނުގެ މައްސަލަ ޙައްލުކުރަން މަސައްކަތް ނުކުރާކަމުގެ އިލްޒާމް ތަކުންނެވެ. އެގައުތަކުގައި ރައްޔަތުންނަށް އެނގަހުޅުވާލަން ނުކެރުނަސް ދުނިޔޭގެ ހުރިހާކަންކޮޅުތަކަށްވެސް ޢަރަބި ލީގް އާއި އިސްލާމިކް އޯގަނައިޒޭޝަންގެ މުނާފިގުވައްތަރު ކަޝްފުވެ މިވަނީ ގޮއްސައެވެ. ފަލަސްތީނުގެ 40 ހާސް ރައްޔަތުން ޝަހީދުލޮށްލެވި 75 ހާސް މުސްލިމުން ބޮޑެތި އަނިޔާލިބިދީ އަދި 2 މިލިއަނަށްވުރެ ގިނަ ޢަރަބި ފަލަސްތީނުން އެވަނީ ދުނިޔެ ދެކެފައިނުވާވަރުގެ ފަނާކުރުމެއްގެ ތެރޭގައެވެ.
އެ އަނިޔާތަށް ދިނުމުގެ ހުރިހާ އިންތިޒާމެއް ރާވާ ފަރާތްތަކާއި އެ އެނިޔާތަށް ތަންފީޒްކުރާ އިނިޔާވެރި ޔަހޫދީންގެ ވެރިޔާ ނަތަންޔާހޫ އާއި ގުޅުންގައިމު ނުކުރެވިގެން އަބަދުކަހަލަ ގޮތަކަށް ޢަރަބި ވެރީންނަށް ދެއްކެނީ އެވާހަކަތަކެވެ. ގާޒާގެ ހަނގުރާމަ އިސްރާޢީލުގެ އަނިޔާވެރި ވާގިވެރިޔާ އެމެރިކާއިން ހުށްޓުވައިދީފި ނަމަ އިޒްރޭލާއި ފުލް ޑިޕްލޮމެޓިކް ގުޅުން ގައިމުކުރަން އެއްބަސްވާނެ ވާހަކަތަކެވެ.
ފަލަސްތީނުގެ ގަތުލު އާންމު ނިމުކަށް ގެނައުމަށް ޢަމަލީގޮތުން ކުރެވުނު އެއްވެސް ކަމެއް ހަމަ ހަތްޙަރާމުން ޙަރާމެވެ. އަދި އެ ގަތުލު އާންމުއާއި ދެކޮޅުހަދާ ފަލަސްތީނަށް ދިފާޢުވެވޭނެ މަދުމިނުގެ އެހީއެއް އެހެން މުސްލިމް ގައުމަކުން ފޯރުކޮށްދިނުމަކީވެސް އެމީހުންނަށް ޙަޖަމް ކޮށްލެވޭވަރު ކަމަކަށްވެސް ނުވެއެވެ.
އެގޮތުން އީރާނަކީ ޝިޔާއިން ކަމުގައިވާތީ އެފަދަ އެނހީތަށް އީރާނުން ދެމުންގެންދަނީ އީރާން އެ ސަރަޙައްދުގައި ސިޔާސީ ގޮތުން ބާރުހޯދަން ކަމަށް ބުނެ އިގިލިވެސް ދިއްކުރަނީއެވެ.
ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސް ވަރުގެ ފަހުގެ ތާރީޚު ކިޔާލުމުންވެސް އެނގި ހާމަވެގެންދަނީ އަރަބިންގެ ވެރިންގެ ކިބައިގާ އެއްބައިވަންތަކަން ނެތުމާއި ވެރިކަމުގެ ބާރުވެރިކަން ލިބިގަތުމަށްޓަކައި ކޮށްފައިވާ ކަންތަކެވެ. ޢަރަބިންގެ ބައްރު ފޮތިފޮތިކޮށްލައި ހުޅަނގުގެ ބާރުތަކަށް ވަފާތެރިކަން ދިން ގަބީލާތަކުގެ ވެރިންނަށް ތަންތަންކޮޅު ބަހާލީ ކުރިއަށް އޮތްތަނުގައި އިހުނަށްވުރެންވެސް ބޮޑަށް އެއްބައިވަންކަން ނަގާލުން ކަށަވަރު ކުރުމުގެ ބޭނުމުގައެވެ.
ހުޅަނގުގެ ބާރުތަކުގެ މަގްސަދަކީ އެއީކަން ރަނގަޅަށް އެނގި ތިބެ މެއެވެ. އެމީހުން މުސްލިމުންނަށް ރަނގަޅު ގޮތްތަކަކަށް ނޭދޭނެކަން އެނގި ތިބެ މެއެވެ. އެމީހުންގެ މުނާފިގު ސިފަތައްވެސް ރަނގަޅަށް އެނގިތިބެއެވެ.
މުސްލިމުންނަކީ މާތް ނަބިއްޔާއަށް ފުރިހަމައަށް ކިޔަމަންކަން އަދާކުރާ ސުންނަތް ޖަމާޢަތުގެ އަހުލުވެރި މުސްލިމުންނޭ ގޮވަމުން ދިއުމާއިއެކުގައެވެ. މުނާފިގުންގެ ވަޢުދު ތަކާއި އަޙްދުތަކަށް ޚިލާފް ވާނެކަން އެނގި ތިބެމެއެވެ. އެމީހުންގެ ބާހާއި އަމަލު އެއްގޮތް ނުވާނެކަން ވެސް އެނގި ތިބެމެއެވެ.
ޙަގީގަތަށް ބުރަވެހުރެ އެއްޗެކޭ ބުނާ މީހާ ދެވަނަ ވިސްނުމަކަށް ދިއުމަކާއި ނުލައި ބުނަން ޖެހޭނީ މާތް ނަބިއްޔާއަށް ފުރިހަމައަށް ކިޔަމަންތެރިކަން ގަބޫލު ކުރުމާއިއެކު މުނާފިގުންގެ ބަސް ގަބޫލުކުރާނަމަ ޝައްކުތަކެއް އެބަ އުފެދެއެވެ.
އެއްބޭފުޅަކު ފަޚުރުވެރިކަމާއި އެކު ތިމަންނާއަކީ ޙަޝިމީ ދަރިފަސްކޮޅުން މާތް ނަބިއްޔާއާއި އެންމެ ކައިރީގައި މިއަދު ދުނިޔޭގައި ހުންނެވި ބޭފުޅާ ކަމަށް ވިދާޅުވާއިރު އިނގިރޭސި ވިލާތުގައި މީގެ ކުރިން ހުންނެވި ރާނީވެސް ވިދާޅުވަމުން ގެންދެވީ ހަމަ އެޖުމުލައެވެ.
މައުޟޫއަކީ އެ ދެބޭފުޅުންގެ ވާހަކައި ދޮގު ތެދު ތަޙްލީލު ކުރުމެއް ނޫނެވެ. އަޅުގަނޑުގެ މައުޟޫއަކީ ޢަރަބިންގެ ކިބައިގާ އެއްބައިވަންތަކަން ނެތުމުގެ ސަބަބުން ފަލަސްތީނުގެ މައްސަލައިގާވެސް ބައިނަލް އަގްވާމީ މީޑިއާތަކުން މިހާތަނަށް ސިއްރުކުރަން މަޖްބޫރުވެފާއޮތް ބައެއްކަންތައް މިއަދު މިނިވަން މީޑިއާގެ ކުރިމަތީގައި މިވަނީ ސިއްރުކުރުން އުދަނގޫ ވެފައެވެ.
މިއަދުގެ މީޑިއާގައި ދުންމާރި ފުމެން ބޭނުންވާ ކިތަންމެ ބަޔަކު ފުރުސަތަކަށް ބަލަބަލާ ތިބޭނެއެވެ.
ފަލަސްތީނުގެ ބިމުގައި ބޮޑު ގުދުރަތީ މުއްސަނދި ކަމެއް ލައްވާފައިވާކަން މިއަދުގެ މީޑިއާއިން ގެންދަނީ މުޅި ދުނިޔެއަށް ހާމަކުރަމުންނެވެ. އެ ބިމުގެ މުއްސްނދިކަމުން ބައެއް ލިބިގަތުމަށް އެދިއެދި ތިބި ހަނގުރމަވެރި ޖާމާޢަތްތައް ހިމެނެއެވެ. އެއީ އިސްރާއީލާގުޅިގެން އެމީހުން ދިން އެތިކޮޅެއް ލިބިގަތުން ކަމަށްވިޔަސް ވަރި ހަމައެވެ.
އަމިއްލައަށް އެ މަގްސަދު ޙާސިލު ނުކުރެވޭނެތީ އިސްރާއީލުން ނަށް އެ މަގުއަމާންކޮށްދީގެން ކަމަށްވިޔަސް ފަރުވާލެއްނެތެވެ. މިއަދު ފަލަސްތީނުގެ ބިމުގައި ދެމެމުންދާ ލޭގެ ކޯރުތައް އިތުރަށް ދެމިގެން ދިއުމަށް މަގު ތަނަވަސްކޮށް ދީގެން ވިޔަސް މެއެވެ.
ފަލަސްތީނުގގެ މިނިވަން ދައުލަތެއް ވުޖޫދަށް ގެނައުމަށްޓަކައި އެންމެ ކުރީ ސަފުން ޙަރަކާތް ތެރިވަމުން ގެންދަނީ މުޖާހިދު ޙަމާސްއިންނެވެ. ޙަމާސްގެ ބާރު ކަނޑުވާލައި އިސްރާއީލުގެ އަނިޔާވެރިކަން ޚާއްސަކޮށް ގައްޒާގެ ރައްޔިތުންގެ މައްޗަށް ތަންފީޒުކުރުމަށް އެންމެ ބޮޑު ވާގިވެރިން ކަމުގައި މިހާރު އެނގި ކަށަވަރުވެގެން މިދިޔައީ ފަލަސްތީނުގެ ބާރުގަދަ ހަނގުރާމަ ވެރިންގެ ގޮތުގައި އަލްގާއިދާއާއި ގުޅިގެން ޙަމާސްއާ ދެކޮޅަށް އިސްރާއީލާ އާއި އެކުގައި ފަލަސްތީނުގެ ބިމުގައި ހަނގުރާމަ ކުރަމުން ގެންދާ “ ޑޯގްމުޝް “ ގަބީލާއެވެ.
ޑޯގްމުޝް ގަބީލާގެ ހަނގުރާމަ ވެރިންގެ ބޭނުމަކީ ޙަމާސް އިން ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ކުރަމުންގެންދާ ޖިހާދާ ދެކޮޅަށް އިސްރާއީލަށް އެހީތެރިވުން ފޯރުކޮށްދިނުމެވެ.
އިސްރާއީލު ސަރުކާރުން އެމެރިކާއާއި ގުޅިގެން ރާވާފައިވަނީ ހަނގުރާމަ ހުއްޓާ ލުމަށްފަހު ގައްޒާގެ ވެރިކަން ޑޯގްމުޝް ގަބީލާއަށް ދިނުމެވެ. އެއަށްފަހު އެއީ އިސްރާއީލުގެ ބާރުގެދަށުގައި އޮތް ފަލަސްތީނުގެ ދަޢުލަތެކޭ ބުނުމަކީ އިސްރާއީލަށް މަގުފަހިވެފައި އޮންނާނެތީއެވެ.
އޮކްޓޯބަރ 7 ގެފަހުން ފާއިތުވެގެންމިދާ ދުވަސްތަކުގައި އެމެރިކާއާއި އިސްރާއީލުގެ މުޅި އަމާޒަކީ މިއީއެވެ. އެ މަގްސަދުގައި އެޅިފައިވާ ހުރަހަކީ ޙަމާސްއިން ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ކުރަމުން ގެންދާ ޖިހާދެވެ.
އިސްރާއީލާއި އެމެރިކާއިން ސިއްރުކޮށްގެން ގެންގުޅުނު މި ރޭވުން ބައިނަލް އަގްވާމީ މީޑިއާތަކުން މިއޮތީ ގޯނިން ބޭރުކޮށް ލާފައެވެ. މީޑިއާތަކަށް އެނގިފައިވާގޮތުގައި މީގެ 2 މަސްދުވަސް ކުރިން އިސްރާއީލާއި އެމެރިކާއިން މިކަމުގެ އެންމެފަހު ރޭވުންތައްވަނީ ނިންމާލާފައެވެ.
މާތްﷲ ގެ މިންވަރު ފުޅުގައި އެކަން އެގޮތަށް ނިމެން ނެތުމުން އެ ނިންމުންވެސް މިއަދު މިއޮތީ އަތަށް ގޮވާފައެވެ.
އިސްރާއީލާއި އެމެރިކާގެ ރޭވުން ޙަމާސްއަށް ކޮންމެވެސް ގޮތަކުން އެނގުމާއި އެކު އެކަމަށްޓަކައި މަގު ބަންދު ކުރެވިދާނެ ގޮތްތަކާއި ދޭތެރޭ މަގުކޮށަން ފެށީކަމަށް މީޑިއާތަކުން ޚަބަރު ދީފައި ވެއެވެ.
ޙަމާސްއިން ވަގުތު ނަގާލުމަކާއި ނުލައި ލިބިފައިވާ ޖަސޫސީ މަޢުލޫމާތުގެ އަލީގައި ޑޯގްމުޝް ގަބީލާގެ ހަނގުރާމަ ވެރިންގެ މަރުކަޒުތަކަށް ވަދެގަނެ ހަނގުރާމަވެރިންގެ ހުރިހާ އިސްވެރިން ގަތުލު ކޮށް ނިންމާލީއެވެ.
ޑޯގްމުޝް ހަނގުރާމަވެރިންގެ ތެރޭގައިވެސް ފަލަސްތީނުގެ މިނިވަން ދައުލަތަކަށް އެދިއެދި ތިބި ލަޝްކަރީން މި ލިބުނު ފުރުސަތުގައި ޙަމާސް އާއި މިވަނީ ގުޅިފައެވެ.
ޑޯގްމުޝް ހަނގުރާމަވެރިންގެ ކުރު ޚުލާސާއެއް ކިއުންތެރިންނަށްޓަކައި ލިޔަން ބޭނުންވެއެވެ.
ޑޯގްމުޝް ހަނގުރާމަވެރި ގަބީލާއަކީ އަސްލު ތުރުކީންގެ ނަސްލަށް ނިސްބަތް ކުރެވޭ ޖަމާޢަތެކެވެ. މިހާރު އެމީހުން ވަޒަންވެރި ވެގެން ތިބެނީ އިސްރާޢީލާއި ގައްޒާ އަދި މިސްރުގުޅޭ ސަރަހައްދުގައެވެ.
ޑޯގްމުޝް ހަނގުރާމަވެރި ގަބީލާއިން އެންމެ ފުރަތަމަފަހަރު ޙަމާސް އާއި ދެކޮޅަށް ކުރިމަތި ލުމަކަށް ނިކުތީ 2008 ވަނައަހަރު ގައެވެ. އެ ކުރިމަތި ލުމުގައި އެ ޖަމާޢަތުގެ އެންމެއިސް ދިހަވަރަކަށް ހަނގުރާމަވެރިން ޙަމާސް އަތުން މަރުވެގެން ދިޔައެވެ. ޑޯގްމުޝް އަކީ ޚާއްސަކޮށް ގައްޒާ ސަރަހައްދުގައި ޙަރަކާތްތެރި ވަމުން ގެންދާ ނުރައްކާތެރި މުނާފިގު ޖަމާއަތެކެވެ. އެ ޖަމާޢަތުން އޮންނަނީ އަލްގާއިދާއާއި ވަރަށް ބަދަހި ގުޅުމެއްކަމަށް ބެލެވެއެވެ.
އޮކްޓޯބަރ 7 ގައި ފެށުނު ޙަމަލާތަކުގެ ކުރިން އިސްރާއީލަށްވެސް ޑޯގްމުޝްގެ ބާރާއި އެޖަމާޢަތުގެ ވާގިވެރިންނަކީ ކޮބައިކަން ރަނގަޅަށް އެނގޭ ކަމަކަށް ނުވެއެވެ.
ފަހަރެއްގައި އެއީ އިސްރާއީލުން ޝައުގުވެރިކަން ހުރި ކަމަކަށް ނުވުންވެސް އެކަށިގެން ވެއެވެ. ނަމަވެސް މިފަހަރު ގައްޒާގެ ހަނގުރާމަ ނިންމާލުމަށް ފަހު އިސްރާއީލުގެ ކޮންޓްރޯލް ކަށަވަރު ކުރެވިފައި އޮންނަ ސަރުކާރެއް ގައްޒާގައި އޮތުން ބޭނުންވާތީ ޑޯގްމުޝް އިޚްތިޔާރޮށް މަޝްވަރާ ކުރަން ފެށީއެވެ.
ޑޯގްމުޝް ގަބީލާގެ ހަނގުރާމަވެރިންގެ އެންމެ އިސްމީހުން ގަތުލުވެގެން ދިއުމާއި އެކު މިހާރު އެގަބީލާއަކީ އެއްވެސް އާރެއް ބާރެއް ހުރި ބަޔަކުނޫންކަން އިސްރާއީލުންވެސް ގަބޫލުކުރަން މަޖުބޫރު ވެއްޖެއެވެ.
އެހެންނަމަވެސް ހަނގުރާމަ ނިމުމަކަށް ގެނައުމަށްފަހު ގައްޒާގައި އިސްރާއީލުގެ ގޮނޑިކޮއްކޮ ސަރުކާރެއް އޮތުން ނޫން އެހެން ވިސްނުމެއް އެމެރިކާ އާއި އިސްރާއީލުގެ ނެތެވެ.
ހަމަ އެއާއި އެކު ފަތަޙް ޖަމާއަތަކީވެސް އިސްރާއީލުން އިތުބާރުކުރާ ބައެއް ނޫނެވެ. މި ސަބަބަށްޓަކައި އިސްރާއީލުން ގެންދަނީ އެމެރިކާގެ ބައިވެރިވުމާއި އެކު ފަލަސްތީނުން މެދުމިނުގެ ވިސްނުމެއް ގެންގުޅޭ ޖަމާޢަތަކަށްވެސްފާރަލަމުންނެވެ.
ޕެލަސްޓީނިއަން ސެންޓަރ ފޯރ ޕޮލިސީ އެންޑް ސަރވޭ ރިސާރޗްގެ ފަރާތުން ވާހަކަ ދައްކަވަމުން ޑޮކްޓަރ ޚަލީލް ޝިކާކީ ވިދާޅުވެފައިވަނީ މިހާރުގެ ޙާލަތުގައި ޕެލަސްޓީން އޮތޯރިޓީއާއި ޙަމާސްގެ ތެރެއިން ހުޅަނގު އައްސޭރި އާއި އަދި ގައްޒާގެރައްޔިތުން އިޚްތިޔާރު ކުރާނީ ޙަމާސް ކަމާއި ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެއީ ވަރަށް ތަފާތު ބޮޑު އަޣުލަބިއްޔަތަ ކުންނެވެ.