އުތުރު ކޮރެޔާއިން އަނެއްކާވެސް ކުނިއަޅާފައިވާ ހަންތަކެއް ދޫކޮށްފި

Loading

Facebook
Twitter
WhatsApp

ދެ ކޮރެޔާ ގުޅޭ އިމާ ކައިރިޔަށް ކުނިއާޅާފައިވާ އިތުރު ބޮޑެތި ހަންތަކެއް ރޭގައި އުތުރުކޮރެޔާއިން ދޫކޮށްފައިވާ ކަމަށް އާދީއްތަ ދުވަހު ސޯލް އިން ބުނެފި އެވެ. މިފަދަ ހަމެއް ފެނިއްޖެ ނަމަ ސިފައިންނަށް ނުވަތަ ފުލުހުންނަށް ރިޕޯޓް ކުރުމަށް ސަރުކާރުން ވަނީ މީގެ އެއްދުވަސް ކުރިން އަންގާފައެވެ. މިފަދަ ހަމެއް ފެނުނު ނަމަވެސް އޭގައި އަތް ނުލުމަށާ ވަގުތުން ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ކުރުމަށް ވަނީ އަންގާފައެވެ.

ސިގިރެޓް ބަޓް ތަކާ އަޅި،ފޮއްޗާ ކަރުދާހު ކުނިބުނީގެ އިތުރުން ޕްލާސްޓިކް ވޭސްޓް އަދި ސީދާ ނަޖިސްވެސް އަޅާފައިވާ ގިނަ އަދަދެއްގެ ބިޔަ ހަންތަކެއް މިދިޔަ މަހުވެސް އުތުރު ކޮރެޔާއިން ވަނީ ދެކުނު ކޮރެޔާގެ ސަރަހައްދުތެރެޔަށް ދޫކޮށްފައެވެ. މިފަހަރުވެސް ހޮހިރު ދުވަހުގެރޭ 8ން ފެށިގެން އާދީއްތަ ދުވަހުގެ ހެނދުނު 10 ޖެހުމާހަމަޔަށް 600 އަށް ވުރެގިނަ ހަން ވައްޓާފައިވާ ކަމަށް ދެކުނު ކޮރެޔާއިން ބުނެއެވެ.

އުތުރު ކޮރެޔާއިން ބުނީ މިއީ ދެކުނު ކޮރެޔާއިން ފެށިކަމެއްގެ ރައްދު ކަމުގައެވެ. ދެކުނު ކޮރެޔާއިން ކުނި ބުންޏާ ނަޖިސް އަޅާފައިވާ ހަންތަކެއް ވައްޓާފައިޥާ ކަމަށް އެގައުމުން ބުނެއެވެ. އަދި އެތަކެތި ނަގާ ސާފުކުރުމަކީ އުނދަގޫ ކަމެއްކަން ދައްކާލަން ބޭނުން ކަމަށް އުތުރު ކޮރެޔާއިން ބުނެފައި ވެއެވެ.

އުތުރު ކޮރެޔާ ދޫކޮށް ދެކުނަށް ބަދަލުވެފައިވާ ފަރާތްތައް ގުޅުޅިގެން ވަނީ އުތުރުކޮރެޔާއާއި ދެކޮޅަށް ޕްރޮޕަގެންޑާއެއް ފަށާފައެވެ.މި ޕްރޮޕަގެންޑާ ގެ ދަށުން އުތުރު ކޮރެޔާ ސަރުކާރާ ދެކޮޅަށް ލިޔެފައިވާ ލީފްލެޓް ތަކާ ކާއެއްޗިއްސާ ބޭސް ، ނަގުދު ފައިސާގެ އިތުރުން ކޭޕޮޕް ގްރޫޕްގެ މިޔުޒިކާލަވަ ހިމެނޭ ޔޫއެސްބީ ޑިވައިސްތައްލާފަ އުތުރު ކޮރެޔާއަށް މިފަދަ ބޮޑެތި ހަންތައް ދޫކޮށްފައި ވެއެވެ. ބޭނުމަކީ އިތުރު ކޮރެޔާ ސަރުކާރު ފެއިލް ވެފައިވާ ކަން ހާމަ ކުރުމެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް