ޣައްޒާގެ 5000 މީހަކަށް ކެނެޑާގެ ރެޒިޑެންޓް ވިސާދެނީ!

Loading

Facebook
Twitter
WhatsApp

ޣައްޒާ މައްސަލާގައި މުސްލިމް ގިނަ ގައުމުތަކުން ވަކިއެއްޗެސް ނުބުނެ ހަނުތިބިއިރު، އިޒްރޭލަށް އެއްބާރުލުންދީ ވާގިވެރިވި ގައުމުތަކުން މިހާރު ފަލަސްތީނު ރައްޔިތުން އެގައުމުގައި ދިރިއުޅުމަށް ޖާގަ ދޭން ވަނީ ފަށާފައެވެ. 

މިގޮތުން، ހޯމަދުވަހު ކެނެޑާއިން ހާމަކޮށްފައިވާ ގޮތުގައި، އެގައުމުން ޣައްޒާގެ 5000 ރައްޔިތަކަށް ވިސާ ދޭނެއެވެ  މިއީ ފުރަތަމަ ދޭން އެއްބަސްވި އަދަދަށްވުރެ ބޮޑު އަދަދެކެވެ.  އަދި  އިޒްރޭލުން ރަފާހްގައި ދިން ހަމަލާގެ “ބިރުވެރިކަން” ފާހަގަކޮށް ކެނެޑާއިން ބުނީ، އެހަމަލާގައި 45 މީހަކުޝަހީދުކޮށްލާފައި ވާތީ އެކަމާ ކަންބޮޑުވާކަމަށެވެ. 

“މިވަގުތު ޣައްޒާއިން ބޭރުވެވެން ނެތްނަމަވެސް، ކޮންމެ ވަގުތަކުވެސް މި ހާލަތު ބަދަލުވެދާނެ. ކުރިން އެއްބަސްވި އަދަދަށްވުރެ ގިނަ މީހުނަށް ވިސާ ދިނުމުގެ ބޭނުމަކީ ހާލަތު ބަދަލުވަމުން ދިޔުމާއެކު ވީހާވެސް ގިނަ މީހުންނަށް އެހީތެރިވުން.” ކެނެޑާގެ އިމިގްރޭޝަން މިނިސްޓަރ މާރކް މިލަރ ބުނެފައިވެއެވެ. 

މިލަރގެ ތަރުޖަމާނަކު ހާމަކޮށްފައިވާގޮތުގައި، މިހާރުވެސް ޣައްޒާގެ 448 މީހަކަށް ވަގުތީ ވިސާ ހޯދައިދީފައިވާއިރު، މީގެތެރޭގައި ހާއްސަ ވިސާ ޕްރޮގްރާމްގައި ނުހިމެނޭ ޕޮލިސީއެއްގެ ދަށުން 254 މީހަކަށް ވިސާ ދޫކޮށްފައިވެއެވެ. އަދި މީގެތެރެއިން މިހާތަނަށް 41 މީހަކު ކެނެޑާއަށް އައިސްފައިވާކަން ވެސް ވަނީ ހާމަވެފައެވެ. 

އައު ރެޒިޑެންޓް ވިސާ އިއުލާނުކުރެވުމާއެކު މީގެއަށް އެދި ހުށައެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. 

މިހާރު މިއޮތީ ދިވެހި ސަރުކާރުންވެސް ރެޒިޑެންޓް ވިސާ ދޫކޮށް ޣައްޒާގެ ރައްޔިތުން ބަލައިގަންނަންޖެހޭ ވަގުތު ޖެހިފައެވެ. އެގޮތުން، ފްރެންޑްސް އޮފް ޕަލަސްޓައިން ފަދަ ، ޣައްޒާގައި އޮފީސްތަކާއި، އެކިއެކި ގައުމުތަކުގައި 70 އަށްވުރެ ގިނަ ބްރާންޗް ހިންގާ އެންޖީއޯ އެއް މެދުވެރިކޮށް މިކަން ކުރުމަކީ އެންމެ ރަނގަޅުގޮތްކަން ފާހަގަކުރެވެއެވެ. 

“މިއީ އަޅުގަނޑުމެން މެލޭޝިއާގައިވެސް އަދި އެހެން ބައެއް ގައުމުތަކުގައިވެސް ކުރާ މަސައްކަތަކީ. އަޅުގަނޑުމެން މަސައްކަތްކުރަނީސަރުކާރުވެ ވުޒާރާތަކާއި ގުޅިގެން، ގިނަފަހަރު ސީދާ ކެބިނެޓް ވަޒީރުންނާވެސް އެކުގައި،. އެގައުމުތަކުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން މުޖުތަމަޢަށް އަހުލުވެރިކުރުވުމަށާއި، ސްކޫލް އުމުރުފުރާގެ ކުދީންނަށް ތައުލީމު މަގުފަހި ކޮށްދިނުމަށެވެ.” ފްރެންޑްސް އޮފް ޕަލަސްޓައިންގެ ޗެއަރމަން މުއާދް މުހައްމަދު ޒަކީ ވިދާޅުވެފަިއވެއެވެ. 

މުއާދް އިތުރަށް ވިދާޅުވީ، ފަލަސްތީނާއި، އެމީހުން ދިރިއުޅޭ ގައުމުގެ ސަގާފަތާއި އާދަކާދައިގެ ހުރި ތަފާތުތައް އެމަިހުންނަށް ކިޔައިދީ، ދެފަރާތުގެ ދެމެދުގައި އެ އިހްތިރާމާއި، އަނެކާ ބަލައިގަތުމުގެ ރޫހު އާލާކުރުމަށް މަސައްކަތްކޮށްދޭކަމަށާއި، މިއީ އެންޖީއޯއިން ކުރާ މަސައްކަތުގެ އެންމެ ފުށެއްކަމަށެވެ. އަދި ދިވެހި ސަރުކާރުން އެފަދަ ކަމެއް ކުރުމަށް ގަސްދުކުރާނަމަ، އެކަމުގައި ބައިވެރިވެ އެހީތެރިވުމަށް އެފްއޯޕީއިން ތައްޔާރަށް ތިބިކަން އޭނާވަނީ ފާހަގަކުރައްވާފައެވެ. 

Loading

One Response

  1. ޖާގަ ދިނުމުގެ ބޭނުމަކީ ޢިޒްރޭލުގެ ޠަހޫދީންނަށް ޖާގަ ޙެދުމާ ގޭސް ހުރި ބިމަށޤ ޥެރިވުމާ ފަލަސްތީނުގެ ބިމުން ޢަހުލުވެރިން ފައްސާ ނަގާލުން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް