މާދަމާއިން ފެށިގެން ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނަށް

Loading

Facebook
Twitter
WhatsApp

މާދަމާއިން ފެށިގެން، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތުގައި، ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ އިމާރާތުގައި ހުރި ޝަރީޢަތްކުރާ 03 މާލަމުގައި، ކްރިމިނަލް ކޯޓުގެ B2, B3, B5, B8, B10 އަދި B11 މި 06 ސެކްޝަންގެ އަޑުއެހުންތައް ބޭއްވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.

22 ފެބުރުވަރީ 2023 ގައި ކޯޓުގެ އިމާރާތުން ބައެއް ބޭނުންނުކުރަން ޖޭއެސްސީއިން އެންގުމާއި ގުޅިގެން، އަދި އޭގެ ފަހުން ކޯޓުގެ އިމާރާތަށް ފެން ފައިބައި ކަރަންޓު ނިޒާމަށް ފެނުގެ އަސަރުކުރުމުގެ ސަބަބުން، ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންގޮސްފައިވަނީ 1 ޝަރީޢަތްކުރާ މާލަމުގައެވެ.

“ވަގުތީ ގޮތުން މިގެނެވުނު ބަދަލާއި ގުޅިގެން ކޯޓުގެ ބައެއް ސެކްޝަންތައް ހުޅުމާލެ ބަދަލުކުރުމުން، މާލޭގައި ހުރި ކޯޓުގެ އިމާރާތުން ޝަރީޢަތްކުރާ 03 މާލަން ހުސްކުރެވިފައިވެއެވެ. އެހެންކަމުން، މިވަގުތު ހުޅުމާލެ މާލަންތަކާއެކު ޖުމްލަ 6 މާލަން ޝަރީއަތްކުރުމަށް ލިބިފައިވޭ“

‏މި 6 މާލަން 11 ޤާޟީންގެ މެދުގައި އެކިދުވަސްތަކަށް ބަހާލައިގެން ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ދުވަސްވީ މައްސަލަތަކާއި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް އިސްކަންދޭން ނިންމާފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.

ކްރިިމިނަލް ކޯޓުން ބުނީ ވޭތުވެ ދިޔަ ދޮޅު އަހަރެއްހައި ދުވަސްތެރޭގައި ކޯޓުގެ އެންމެ މާލަމެއްގައި ޝަރީޢަތްތައް ކުރިއަށް ގެންދެވުނު ނަމަވެސް، އެ މުއްދަތުގެ ތެރޭގައި 2934 މީހުންގެ ބަންދާމެދު ގޮތެއް ނިންމައި، 2193 ތަފާތު އެކި ކޯޓު އަމުރުތައް ދޫކޮށްފައިވާ ކަމަށާއި އަދި 520 ޤަޟިއްޔާ ކޯޓުން ނިންމާފައިވާ ކަމަށެވެ.

ފޮޓޯ:ދައުރު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް