ކީއްވެ މިހެންވާންވީ! އެންމެނަށްވެސް އިންސާފު ކަށަވަރުވެފާ އޮންނަންޖެހޭ

Loading

Facebook
Twitter
WhatsApp

ފުލުހުން ހޯދާހެއްކާއި ޤަރީނާ ތައް ބައެއް ފަހަރު ކޯޓުތަކުން ބަލައި ގަނެ މާނަކުރާގޮތުން ކުށްކުރާ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތު  ނުވެ ދިޔުމުން ކުށްތަކުރާރުކޮށް، ކުށަށް އަރައިގަތުން  އިތުރުވާކަން ފާހަގަކުރެވެއެވެ.

އަދި ކުށެއްކުރާ މީހާގެ މައްޗަށް ދަޢްވާކުރުމުން ދަޢްވާ ނުނިމި ދިގުލައިގެން ދާއިރު ކުށްކުރި މީހާ ދޫވެފައި ހުރުމުން  ކުށް ތަކުރާރު ކުރާކަން ވެސް ފާހަގަވެއެވެ.  

ހަމައެހެންމެ ކުށެއްގެ ތުޙްމަތުގައި ބަންދުކުރެވި ވާނުވާ ޖަހާފައި ޖަލުތަކުގައި ތިބެންޖެހުމަކީވެސް ގާނޫނަށް އަރައިގަތުން ކަމުގައި ބެލެވޭނެއެވެ. ގާނޫނު ނަހަމަގޮތުގައި ބޭނުންކުރުމަކީ ކުށެކެވެ.

އެހެނީ ގާނޫނު ހެދިފައިވަނީ މީހުންނަށް ނަހަމަ ގޮތުގައި، ނުވަތަ އެހެން ގޮތަކަށް ބުނާނަމަ ގާނޫނުން ނުޙައްގު ބާރުހޯދާ މީހުންނަށް ލާއިންސާނީ އަނިޔާ ދިނުމަކަށެއްވެސް ނޫނެވެ. 

ރައްޔަތަކަށް ނުޙައްގު އަނިޔާއެއް ދޭކަށް ދައުލަތެއް ނޭދޭނެއެވެ. އެފަދަ ޢަމަލު ހިންގުމަކީ އަންޑަރގްރައުންޑް ގޭންގުތަކުގެ އުސޫލެވެ. ރާއްޖޭގައި މިކަން ނިމުމަކަށް ގެނެވޭންޖެހެއެވެ. މާބޮޑަށް ލަސްވެސް ވެއްޖެމެއެވެ.

ހަމަ ވަރަށް ގިނައިން އެބަފެނޭ ކުށްކުރާ މީހުން ގެ މައްޗަށް ދަޢްވާކުރުމަށް  ފަހު ސިޔާސީ ބޭނުމަކަށް ދަޢްވާ އަނބުރާ ގެންދިޔުމާއި  ޢުމުރަށް ޙުކުމްކޮށްފައިތިބޭ ފަރާތްތަކަށް ހަމައެއް އުޞޫލެއް ނެތި މަޢާފް ދެވިގެން ދާތަންވެސް. އެގޮތަށް މަޢާފް ދިނުމަކީ ވެސް  ތަޙްގީގު ކުރުމާއި ޝަރީޢަތް ހިންގުމުގެ މަގުޞަދު ގެއްލި މުޖުތަމަޢު ނުރައްކަލަށް ހުށަހެޅެންދާން  ދިމާވާ ކަންބޮޑުވުމެއްކަން ފާހަގަ ކުރަމެވެ.

ފުލުހުންނަކީ ޖިނާޢީ ކުށްތައް ތަޙުގީގު ކުރުމަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ފަރާތްތައް ކަމަށް ވާއިރު ކުށުގެ ވެށިން ފުލުހުން ހޯދާ ހެކިތަކާ ގަރީނާތައްވާންޖެހޭނީ  ކަމުގެ އެކްސްޕާޓުން ހޯދާފައިވާ އެއްޗަކަށެވެ. 

އެހެން ކަމަށްވާނަމަ ފުލުހުން ނޫން ފަރާތެއްގެ ހެކި ބަހެއް ނެތް ޙާދިސާތަކުގައިވެސް ފުލުހުން ގެ ހެކިބަސް   ނޫން އިތުރު ފަރާތެއްގެ ހެކިބަސް ނެތުމުން މައްސަލަ ސާބިތު ނުވާކަމަށް ބުނެ ޝަރީޢަތުން ފުލުހުންގެ ތަޙުގީގު ބަޔާންތަކާ  ކިތާބީ ހެކިތައް ނަފީކޮށްފިނަމަ އެކަން ވާނީ ގާނޫނާއި  ޚިލާފުނިންމުމަކަށެވެ. 

އެކަން  އިސްތިޢްނާފީ މަރުޙަލާގެ ނިންމުންތަކުން  ވެސް އެނގެންއޮންނާނެއެވެ. ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން ވާނުވާ ޖެހައި ރައްޔަތުމީހާ ޖަލުތަކަށް އުކާލުމުގެ އާދަކާދަ ހަމަ މިއަދުވެސް ދަނީ ބަޔަކު ތަޖުރިބާ ކުރަމުންނެވެ. 

އެއީ ކަނޑަ އެޅިގެން ދައުލަތުގެ ނަމުގައި ދައުލަތް ހިންގަން ޙަވާލުވެތިބި ނާގާބިލު ނުވަތަ އަނިޔާވެރި ސަރުކާރުތަކުން ހިންގާ ބޮޑުވެގެންވާ ނާއިންސާފީ ޖަރީމާއެކެެވެ.

   އުންމީދުކުރަނީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސަތުގައި ޢަދުލުގެ ނިޒާމު އިތުރަށް ފުރިހަމަ ވެގެން ދާނެކަމަށެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ޖުޑިޝަލް ސަރވިސް ކޮމިޝަން ވެސް ސިޔާސީ ފަރާތްތައް ނުހިމެނޭ ގޮތުން އިސްލާޙް ކުރެވިގެން ދާނެކަމަށެވެ. ތަކުރާރުކޮށް ރައީސް މުޢިއްޒު އެ ވިދާޅުވަނީ ހަމަ ތެދުފުޅެކެވެ. “ ޖަސްޓިސް ޑިލެއިޑް އިޒް ޖަސްޓިސް ޑިނައިޑް“ އެވެ. ޢަދުލު އިންސާފު މުޖުތަމަޢުގެ ހަމަޖެހުން.

Loading

3 Responses

  1. ބޮޗަތިކުއްތައް ތަކުރާރުކޮއް ކުރަމުންދާމީހުން އެއްވެސް އަފަބެއް ނުލިބި ކޯޓުތަކުން ދޫކޮއްލާކަންތައް ވަރައްތަފްސީލްކޮއް އެބަބަލަންޖެހޭ ބަލަ މާއިނަބިއްޔާ މައާފްފެއްވާ ދޫކޮއްލެއްވީ ކޮންކަހަލަ ކުއްވެރީންކަން އަދިކޮންބޭނުންފުޅެއްގާކަން ނޭގޭހާލުގާ ކުސެއްނެއް އިންސާނުންމަރާމީހާުޔައް ހިމާޔައްދީ ދޫކޮއްލާމީހާގެ ހުކުމަކީ ކޮބާކަން ދަންނަންޖެހޭ

  2. ޅިޔުންވެސް މުއިއްޒުގެ ވިދާޅުވުން ވެސް ރަނގަޅެވެ. ދެރައީ ޢަމަލެވެ. އިބޫވެސް ވާހަކަ ހަމަ ސަޅިއެވެ. ނަމަވެސް ޢަމަލު؟ ޖުޑިޝަރީއަށްވެސް ލާނީ ބުނާގޮތް ހަދާނެ މީހުން ކޮޅެކެވެ. ދެން ބަލަމާ ހިނގާ މުއިއްޒުގެ ޢަދުލް އިންސާފް. ޔާމީނު މުއިއްޒަށް ވަރަށް ވެދުން.

  3. އިސްލާހު ނުކުރެވޭނެ! ސަބަބަކީ ޤައުމުގެ އަމިއްލަބާރު ކެނޑިފައިވާކަމެވެ. ޤާނޫނުތައްވެސް ހެދިފައިވަނީ އަމިއްލަވަންތަ ކަމުގެ މައްޗަކަށެއް ނޫނެވެ. މި ދެންނެވުނު ބަހުގެ ކުޑަކުޑަ މިސާލެއް ނަންގަންތަ؟ ”ޤައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަމުގެ މައްޗަށް ނެގޭ ވޯޓުތައް ސައްހަ އެއްޗެއްތޯ ކަނޑައެޅުމަށް ބޭރުގެ އޮބްޒާވަރުން ގެންނަ ގެނައުމަކީ މިނިވަންކަން ނެތްކަމުގެ ހެއްކެކެވެ. ވޯޓުގެ ކަންތައް ދިޔައީ ރަނގަޅަށެވެ. ނުވަތަ ގޯސްކޮށެވެ. އެމީހުން ބުނެފިއްޔާ އޮންނާނީ އެމީހުން ބުނިގޮތެއްގެ މައްޗަށް ނިމިފައެވެ“ އިސްލާހު ކުރަން ބޭނުންނަމަ، ކޮންމެ ކަމެއްގެ މައްޗަށްވެސް ޤައުމުގެ އަމިއްލަވަންތަކަން އިސްކުރާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް