އިސްރާއީލުގެ ވީޑިއޯއިން އެނގެނީ ލަދުޙަޔާތް ނެތް މިންވަރު : ސްޕެއިން

Loading

Facebook
Twitter
WhatsApp


ސްޕެއިނުން ފަލަސްތީނުގެ ދައުލަތް ގަބޫލު ކުރުމުން ފަލަސްތީނުން ޝުކުރުވެރިވާނެ ކަމަށްބުނެ އިސްރާއީލުގެ ޚާރިޖީ ވަޒީރު އެކްސްގައި ކޮށްފައިވާ ޕޯސްޓަކީ އިސްރާއީލުގެ ލަދު ޙަޔާތްނެތް މިންވަރު ހާމަކޮށްދޭ ދަލީލެކެވެ.

ސްޕެއިންގެ ޚާރިޖީ ވަޒީރު އިސްރާޢީލަށް ރައްދު ދެއްވައި ވިދާޅުވީ ދެ ގައުމުގެ މެދުގައި އެފެދެމުންދާ ދުރުމިން އިތުރަށް ފުޅާކުރައްވައިފި ކަމަށެވެ.   

މިދިޔަ ހަފުތާގައި ސްޕެއިނުން ޢިއުލާން ކޮށްފައިވަނީ އެގައުމުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރާނެ ކަމަށާއި ރަސްމީގޮތުން މިމަހުގެ 28 ވަނަ ދުވަހު އެކަން ނިމި ޢިއުލާން ކުރެވިގެންދާނެ ކަމަށެވެ. އެކެން އެގޮތަށް މިހާރުވަނީ ނިމިފައެެވެ.

އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދަނީ ގަތުލު އާންމެއް ކަމަށާއި އެނޫންގޮތެއް ސްޕެނުން ގަބޫލު ނުކުރާނެ ކަމަށެވެ.

އިސްރާއީލުގެ ޚާރިޖީ ވަޒީރު އެކްސް ގައި ކުރި ޕޯސްޓުން ދައްކުވައިދެނީ ސްޕެއިން ދިދައަކާއެކު ސްޕެއިންގެ މަޝްހޫރު ފްލެމެންކޯ މިޔުޒިކަށް ދެމަފިރިޔަކު ނަށާ މަންޒަރެވެ. 

ވީޑިއޯގެ ފަހަތުން ފެންނަނީ އޮކްޓޯބަރ 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާ ރަމްޒުކޮށްދިނުމުގެ ގޮތުން މީހުން ބިރުން ފިލަން ދުވާ މަންޒަރެވެ. 

އިސްރާއީލާ ދެކޮޅަށް ޒުވާބަކަށްދާން އަހަރެމެން ބޭނުމެއް ނޫނެވެ. އެކަމަކު އެ ވީޑިއޯއިން އިސްރާއީލުގެ ލަދުހަޔާތް ނެތް މިންވަރު ހާމަކޮށްދޭކަން ބުނަން ބޭނުމެވެ. 

ބްރަސެލްސްގައި ހުންނަވާފައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޕެއިންގެ ޚާރިޖީ ވަޒީރު ޖޯސް މެނުއަލް އަލްބާރެސް ވިދާޅުވިއެވެ.

ސްޕެއިންގެ ބޮޑުވަޒީރުގެ ނައިބު ޔޯލަންޑާ ޑައިއާޒް މިދިޔަ ހަފުތާގައި ވިދާޅުވެފައިވާ ވިދާޅުވުން ކަށަވަރުކޮށް ދިނުމުގެ ގޮތުން މިދިޔަ ހޮނިހިރުދުވަހު އެގައުމުގެ ދިފާއީ ވަޒީރު މަރްގަރިތާ ރޯބްލްސް ވިދާޅުވެފައިވަނީ އިސްރާއީލުން ގައްޒާގައި ހިންގަމުން އެގެންދަނީ “ ހަގީގީ ގަތުލު އާންމެއް “ ކަމަށެވެ.

އެ ކަމަނާގެ މެސެޖްގައި އިތުރަށް ވިދާޅުވެފައިވަނީ ސްޕެއިނުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރަން ނިންމުމަކީ އިސްރާއީލާ ދެކޮޅަށް އެޅި ފިޔަވަޅެއް ނޫން ކަމަށާއި ސްޕޭންއަކީ ދުނިޔޭގެ ސުލްޙައަށް ވަކާލާތުކުރުމުގައި ދެމިއޮންނާނެ ގައުމަކަށްވާތީ ކަމަގައެވެ. 

އެކަމަނާގެ ޕޯސްޓަށް މެޑްރިޑްގައި ހުންނަ އިސްރާއީލުގެ އެމްބަސީން ވަނީ ރައްދު ދީފައެވެ. އެމްބަސީން ދީފައިވާ ރައްދުގައި ބުނެފައިވަނީ ޙަމާސްއިން ހާމަކުރަމުންގެންދާ އެއްވެސް ޙަގީގަތެއް ނެތް ދޮގު ވާހަކަތައް ރޯބްލްސް ތެދުކުރެއްވި ކަމަށްޓަކައި ހިތާމަ ކުރާކަމަށެވެ.  

އިސްރާއީލުން ޙަމާސްއާއި ދެކޮޅަށް ހަނގުރާމަ ކުރަނީ އެކަމަށް ބޭނުންވާތީއެއް ނޫނެވެ. އޮކްޓޯބަރ 7 ގައި އިސްރާއީލްގެ ތެރެއަށް ވަދެގަނެ އެތައް ބަޔަކު މަރާލުމުން ދެލޯމަރާލައިގެން ނުތިބޭނެކަން އެންގުމުގެ ގޮތުންނެވެ. އަދި މިހާރުވެސް އިސްރާއީލުގެ ޙަމަލާތަކުގައި ބައިނަލް އަގްވާމީ ގާނޫނުތަކުގެ އިން ފަހަނަޅާ ގޮސްފައެއް ނުވާނެއެވެ. އެހެނަސް ޔޫ.އެން އާއި ދުނިޔޭގެ ހުރިހާ ގައުމެއްކަހަލަ ގޮތަކަށް އިސްރާއީލު ފަލަސްތީނުގައި  ހިންގަނީ ގަތުލުއާމްއެއް ކަމަށް ގަބޫލުކުރެއެވެ. އެގޮތަށް ގަބޫލު ނުކުރެވިގެން އުޅެނީ އެ ޖަރީމާއަށް މަދަދު ފޯރުކޮށްދޭ އެމެރިކާ އާއި އިނގިރޭސިވިލާތަށެވެ.                

ދެކުނު އެފްރިކާއިން ދުނިޔޭގެ އަދުލުގެ ކޯޓަށް ހުށައަޅާފައިވާ ގަތުލު އާންމުގެ މައްސަލާގައި އިސްރާއީލުން ގެންދަނީ ފަލަސްތީނުގައި އިސްރާއީލުން ހިންގާ ހަނރާމަޔަކީ އެއީ އެގައުމުގެ ދިފާއުގައި އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށް ބުނެ ވަކާލާތު ކުރަމުންނެވެ.       

ޔޫރަޕިއަން ޔުނިއަންގައި ހިމެނޭ ގައުމުތަކާއި އެމެރިކާއިން ގަބޫލުކުރާ ގޮތުގައި ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެކެވެ.

ސްޕެއިން އާއި ނޯރވޭ އަދި އަޔަރލޭންޑުން މިމަހުގެ 28 ވަނަ ދުވަހު ފަލަސްތީނުގެ މިނވަން ދައުލަތް ރަސްމީގޮތުން އެވަނީ ގަބޫލު ކޮށްފައެވެ. އެ ތިން ގައުމުގެ ނިންމުމަށް ނުރުހުން ފާޅުކުރުމުގެ ގޮތުން އެ ތިންގައުމުގައި ތިބި ސަފީރުން މިހާރު ވަނީ އިސްރާއީލުން އަނބުރާ ގެނެސްފައެވެ.               

ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި ސްޕެއިންގެ މަޝްހޫރު ފްލެމެންކޯ މިޔުޒިކްގެ މައްޗަށް ދެ ތިން ޖުމުލައެއް ލިޔަން ގަސްދުކުރަމެވެ. ސްޕެއިންގެ ފްލެމެންކޯ މިޔުޒިކްއަކީ މިހާރު މުޅިދުނިޔެއަށް ސްޕެއިންގެ ގައުމިއްޔަތު ތަޢާރުފް ކޮށްދޭ މިޔުޒިކެކެވެ. 

އެ މިޔުޒިކް ފެށިގެން އައީ އަންދަލޫސިޔާގެ ކުރީގެ ޒަމާންތަކުގައި ސިހުރުވެރިން އެމީހުންގެ ނުފޫޒު މީސްތަކުންގެ މައްޗަށް ފެތުރުމަށްޓަކައި ބޭނުންކުރި އެއްޗެއްގެ ގޮތުގައެވެ. އޭގެތެރޭގައި ލޯތްބާއި ހިތާމައާއި ހިތްހަމަޖެހުމާއި ނަފްރަތުވެސް ހިމެނިފައިވެއެވެ.                    


Loading

2 Responses

  1. ޙަރާމީ އިޒުރޭލުއަށް އެ ގަތުލު އާންމު ހިންގެނީ އެމެރިކާގެ އެގޮތަށް ބޭނުންވާތީއެވެ. އެ އަޅާހާ ބޮމަކާއި ފަނާކުރަނިވި އެންމެހާ އެނހީއެއް އިޒްރޭލަށް ދެނީ އެމެރިކާ ނޫންހެއްޔެވެ. ގަޒާ ފުނޑާލައި ރަފާޙް ގައި ކުޑަކުދީންނާއި ބަލިކަށި އަންހެނުން ދިރިތިއްބާ އަލިފާނަށް އެއްލާ އަންދާލާ ޖަރީމާ ހިންގީމާވެސް އެމެރިކާއިން އެބުނަނީ އިޒްރޭލު އަހަރެމެން ކަނޑައަޅާފާ އޮންނަ ހަނގުރާމައިގެ ރަތްރޮގު ހުރަހެއް ނުކުރެޔޭ! ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތެވެ. ނަމަވެސް މިފަހަރު އެމެރިކާ އެވަނީ ދުނިޔޭގެ ކުރިމަތީ އޮރިޔާންވެފައެވެ. އެމެރިކާގެ ނުލަފާ މުނާފިގުކަން އެންމެނަށް ކަޝްފުވެއްޖެއެވެ. މާތްﷲ އަނިޔާލިބެމުންދާ މީހުންނަށް ސަލާމަތްކަން ދެއްވައި އަނިޔާވެރީން ބަލިކުރައްވަފާންދޭވެ! އާމީން ޔާ ރައްބު!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް