ޓްރަމްޕް ކުށްވެރިވާކަމަށް ކަނޑައަޅައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ މައްޗަށް ކުރަމުން އައި ޝަރީއަތުގައި ޓްރަމްޕް ކުށްވެރިވާކަމަށް ކަނޑައަޅައިފިއެވެ.މައްސަލައިގަ ހިމެނޭ 34 ކުށްވެސް ޓްރަމްޕް ކުރައްވާފައިވާ ކަމަށް ޖޫރީ ވަނީ ކަނޑައަޅާފައެވެ.

މިއީ އެމެރިކާގެ ރައީސްއަކު މިފަދަ ކުށެއް ކުރެއްވި ކަމަށް ކަނޑައެޅުނު ފުރަތަމަ ފަހަރެވެ. ޓްރަމްޕް ގެ މައްޗަށް ހުކުމް ކަނޑައެޅުން އޮންނާނީ ޖުލައި 11ވަނަ ދުވަހުއެވެ. މިކަމުގައި ޖަލު ހުކުމެއް އައިސްދާނެ ކަމަށް އެއްބަޔަކު ގަބޫލު ކުރާއިރު ޖޫރިމަނާއަކަށް ގޮސްދާނެ ކަމަށްވެސް އަނެއް ބަޔަކު ގަބޫލު ކުރެއެވެ.

ޓްރަމްޕްގެ މައްޗަށް ޝަރީއަތް ކުރެވިފައިވަނީ ކަސްބީ އަންހެނަކަށް ފައިސާދީގެން ޖިންސީ އަމަލެއް ހިންގެވިކަމުގެ ކުށުގައެވެ. އަދި އެއަށް ފަހު އެކަން ސިއްރު ކުރުމަށް އެއަންހެންމީހާއަށް ފައިސާ ދެއްވާ،ރިކޯޑްތައް ނައްތާލެއްވުމުގެ ކުށެވެ.

ފަޑިޔާރުގެ ނިންމެވުމަށް ފަހު ޓްރަމްޕް ވަނީ މިއީ ލަދުވެތި ގޮތަކަށް ނިމުނު މައްސަލަ އެއްކަމަށް ސިފަ ކުރައްވާފައެވެ. އަދި މައްސަލަ ބެއްލެވި ފަނޑިޔާރަށް ވަނީ ފާޑުވިދާޅުވެފައެވެ. މީގެ އިތުރުން ތިމަންނާ ކުށެއް ނުކުރާ ކަމަށް ވިދާޅުވެ އަމިއްލަ ޕްލެޓްފޯމްގައި ސަޕޯޓަރުންނަށް އީމެއިލް ފޮނުއްވާފައިވާ ކަމަށް ވެއެވެ.

ޓްރަމްޕް ގެ ކޯޓް ކޭސް ނިމިފައިމިވަނީ ނޮވެމްބަރުމަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބް ގައި ރައީސް ޖޯބައިޑަންއާ ވާދަ ކުރެއްވުމަށް ތައްޔާރު ވަމުން ދިޔަ ވަގުތެއްގައެވެ.

ޓްރަމްޕް ކުށްވެރިވާ ކަމަށް ކޯޓުން ނިންމާފައި ވީނަމަވެސް އިންތިޚާބަށް ކުރިމަތި ލެއްވޭނެ ކަމަށް ވެއެވެ. އަދި އެއްބަޔަކު ގަބޫލުރާ ގޮތުގައި މިނަތީޖާގެ ސަބަބުން ޓްރަމްޕްގެ މަޝްހޫރުކަން އިތުރުވެ އިންތިޚާބް ކާމިޔާބް ކުރެއްވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

ހަހަފްތާޔަށް ކުރިޔަށް ދިޔަ ޝަރީއަތުގައި 22 ހެކިންނާ ސުވާލު ކޮށްފައި ވެއެވެ. މީގެ ތެރޭގައި ޓްރަމްޕް އޭނާއާއެކު ”އެފެއާ“ އެއް ހިންގެވިކަމަށް ބުނާ ސްޓޯމީ ޑެނިއަލްސް ވެސް ހިމެނެއެވެ.

މިމައްސަލަ އަކީ ޑޮނަލްޑް ޓްރަމްޕްގެ ގެ މައްޗަށް ކޯޓަށް ހުށަހެޅިފައިވާ 4 މައްސަލަ އެއްގެ ތެރެއިން އެއް މައްސަލަ އެވެ. އަނެއް ތިން މައްސަލަޔަކީ 2020ވަނަ އަހަރު އޮތް އިންތިޚާބްގެ ނަތީޖާ ބަދަލު ކުރެއްވުމަށް މަސައްކަތް ކުރެއްވުން، ރަޔަޓް ކުރާ ގިނައަދަދެއްގެ ބަޔަކު މަޖިލީސް އިމާރާތަށް ވެއްދުން،އަދި ކްލެސިފައިޑް ޑޮކިއުމަންޓް ތަކެއް އަމިއްލަ ގޭގައި ބެހެއްޓެވުން ހިމެނެއެވެ

Loading

One Response

  1. ހަމަ ސީދާ ސިޔާސީ ޝަރީޢަތެކެވެ. ތިމީހުން ތިބުނާކަހަލަ ކިދައް އަންހެނުންނާއި މަންޖޯޅި ޖަހައިފާ އޮންނާނީ. ޓްރަމްޕް ރިޔާސީ ރޭހުގައި ބައިޑަން އަށްވުރެ ތާއީދު ބޮޑުވީމާ ތިބުނާ ކަސްބީ ވީއެވެ. އެނޫން މީހަކު އެމެރިކާގައި އެބަ އުޅޭހެއްޔެވެ. ކްލިންޓަން މޮނިކާ އާއި އެކު ކުޅުނު ގޭމްވެސް އަޑުއެހީމެވެ. ދެން ތީ ވަރަށް ދެރަވަރެވެ. އެމެރިކާ އެމެރިކާ ވާނުވާ ނޭނގިފާ !

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް