ނިމުމެއްނުވާ ބަހުސެއް އޮވެއެވެ. ކައިވެނި ރޫޅިގެން ދަނީ ފިރިމީހާގެ ފަރުވާކުޑަކަމުންތޯ ނުވަތަ އަންހެނުން ހިތްހަމަ ޖައްސާދޭން އުނދަގޫ ވެގެންތޯ، މިބަހުސެވެ. ބައެއް އަނބިން ބުނާ ގޮތުތައި ފިރިން ފޮނުވައިގެން ގަންނަ އެއްވެސް އެއްޗެއްވެސް ކަމަކު ނުދާނެއެވެ. ފިހާރައިން ކެރެޓެއް ގަންނަން ފޮނުވިޔަސް އެއްބައި އޮންނާނީ ގޯސްވެފައެވެ. ލިސްޓް ކުޑަކޮންވެސް ދިގު ވެއްޖެނަމަ އެއްބައި ހަނދާން ނައްތާލައެވެ. ނުވަތަ އޮޅުވާލައެވެ.
ފިރިހެނުން ބުނާ ކަމަށް ވަނީ ކޮންމެ ގޮތަކަށް ކަންތައް ކޮށްދިން ކަމުގައި ވިޔަސް އަންހެނުން ހިތް ހަމަ ނުޖެހޭނެ ކަމަށެވެ. ބޮޑުމަހެއް ގެނެސްފިއްޔާ ތިހާބޮޑުމަހެއް އެންމެ ދެމީހުން އުޅޭ ގެޔަކަށް ގެނައީ ކީއްކުރަންތޯ ސުވާލު ކުރެއެވެ. ކުޑަ މަހެއް ގެނެސްފިނަމަ ތަންކޮޅެއް ބޮޑުމަހެއް ނުގެނައީ ކީވެތޯ ސުވާލު ކުރެއެވެ.
ކޮންމެއަކަސް މި ބަހުސުގައި ވަކިއަތަކަށް ޖެހޭކަށް ނެތީމެވެ. ނަމަވެސް މި މައުލޫއަށް ތަންކޮޅެއް މަޖާ މޫޑެއްގައި ފިރިހެނަކު ލިޔެފައިވާ ލިއުމަކަށް ބަލާލާނަމެވެ.
ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ފިރިން ވިއްކާ ފިހާރައެއް ހުޅުވިއެވެ. މިތަނަށް ދާ އަންހެނުންނަށް އެމީހަކު ބޭނުން ވައްތަރެއްގެ ފިރިޔަކު ގަންނަން ލިބެއެވެ. ފިހާރަޔަށް ވަންނަތާ ދޮރުމަތީގައި ފިހާރަ އޮޕަރޭޓް ކުރާ ގޮތުގެ ތައާރަފެއް ލިޔެފައި ވެއެވެ.
މިފިހާރަޔަށް ކޮންމެ މީހަކަށް ވެސް ދެވޭނީ އެއް ފަހަރު އެވެ.
ފިހާރައިގައި 6 ފަންގިފިލާ ހުންނަ އިރު މައްޗަށް އެރި ވަރަކަށް ފިރިންގެ ވެލިއު ނުވަތަ އަގު އުފުލެއެވެ. ފިހާރަޔަށް ދާ އަންހެނުންނަށް ކޮންމެ ފްލޯއަކުންވެސް ފިރިޔަކު އިޚްތިޔާރު ކުރެވިދާނެއެވެ. ނަމަވެސް ފިހާރައިން ނިކުންނަން މެނުވީ އަނބުރާ ތިރިޔަކަށް ނުދެވޭނެއެވެ.
ކޮންމެއަކަސް ފިރިޔަކު ގަތުމަށް މިފިހާރަޔަށް އަންހެނަކު ދިޔައެވެ. ފުރަތަމަ ފްލޯގެ ދޮރުގައި ލިޔެފައި ވެއެވެ. މި މީހުންނަކީ ވަޒީފާ އަދާކުރާ މީހުންނެވެ.
އަންހެންމީހާ ހިތަށް އެރިއެވެ. އަދި މަތީ ފްލޯތައް ބަލާލާނަމެވެ.
ދެވަނަ ފްލޯގެ ދޮރުގައި ލިޔެފައި ވެއެވެ. މިމީހުންނަކީ ވަޒީފާ އަދާކުރާ އަދި ކުދިންދެކެ ލޯބިވާ މީހުންނެވެ. އަންހެން މީހާ ހިތަށް އެރިއެވެ. ތިޔައީ ވަރަށް ރަގަޅު ކަމެކެވެ. އެކަމަކު އަހަރެން އިތުރު ކަންތައް ބޭނުމެވެ. މިހެން ހިތާ ތިންވަނަ ފްލޯ އަށް އެރިއެވެ.
ތިންވަނަ ފްލޯގެ ދޮރުގައި ލިޔެފައި ވެއެވެ. މިއީ ވަޒީފާއަދާ ކުރާ، ކުދިންދެކެ ލޯބިވާ އަދި ބަލާލަން ވަރަށް ރީތި މީހުންނެވެ. އެނާ ހިތަށް އެރިއެވެ. ވަރަށް ރަގަޅެވެ. އެކަމަކު އަދިވެސް އިތުރަށް މަތި ބަލާލަން ބޭނެމެވެ. މިހެން ހިތަށްއަރާ ހަތަރުވަނަ ފްލޯއަށް އެރިއެވެ.
ހަތަރުވަނަ ފްލޯގެ ދޮރުގައި ލިޔެފައި ވެއެވެ. މިއީ ވަޒީފާ އަދާކުރާ، ކުދިންދެކެލޯބިވާ، ބަލާލަން ވަރަށް ރީތި އަދި ގޭތެރޭގެ މަސައްކަތުގައި އެހީތެރިވާ މީހުންނެވެ. އަންހެން މީހާ ހުރީ ވަރަށް އުފަލުންނެވެ. އެކަމަކުވެސް ފަސްވަނަ ފްލޯވެސް ބަލާލުމުގެ ޝައުގުވެރިކަން އުފެދުނެވެ.
ފަސްވަނަ ފްލޯގެ ދޮރުގައި ލިޔެފައި ވެއެވެ. މިއީ ވަޒީފާ އަދާކުރާ، ކުދިންދެކެ ލޯބިވާ، ބަލާލަން ވަރަށް ރީތި، ގޭތެރޭގެ މަސައްކަތުގައި އެހީތެރިވާ، ރޮމޭންޓިކް، އަދި ދީންވެރި މީހުންނެވެ. އޭނާ ހިތަށް އެރިއެވެ. ވަރަށް ރަގަޅެވެ. މިތަނުން ފިރިޔަކު އިޚުތިޔާރު ކުރަން ވީއެވެ. ނަމަވެސް އެންމެ މަތީ ފްލޯގައި ތިބި ވައްތަރެއްވެސް ބަލާލާ ހިތްވިއެވެ.
ހަވަނަ ފްލޯ ގެ ދޮރުގައި ލިޔެފައި ވެއެވެ. ތިޔައީ މި ފްލޯއަށް އެރި 31،456،012 ވަނަ ކަސްޓަމަރެވެ. މިފްލޯގަ އެއްވެސް ފިރިއަކު ނެތެވެ. މިފްލޯގެ ހަމަ އެކަނި ބޭނުމަކީ އަންހެނުންނަކީ ދުވަހަކުވެސް ހިތްހަމަ ޖައްސާދެވޭނެ ބައެއް ނޫންކަން ސާބިތު ކޮށް ދިނުމަށެވެ.
”ހަސްބަންޑް ސްޓޯއަށް ވަޑައިގެންނެވީތީ ޝުކުރިއްޔާ“ މިހެންނެވެ.
7 Responses
ވަރަށް ފައްކާ ރިޕޯޓެއް 😊
އަސްލު ތިޔަ ވާހަކަ ކޮޅުން އަންހެން ކަނބަލުންނަށް އިބުރަތެއް ޙާޞިލް ވެއްޖެ ނަމަ ކިތަންމެހާވެސް ރަނގަޅު
އަންހެން ކަނބަލުން ބުނާ އެއްޗެއްވެސް ބަލާލަން ޖެހޭނެތާ!!
Thivarun ves anhenunnakah nufudheyne
Ehenveema bunanee Anhenun Moyaey
Mulheen goas adhi kobaitha vaguanbeen gengulhey fireenge floa??
ސަޅި އެހާމެ ޢިބްރަތްތެރި ކުރު ވާހަކައެއް.