ޑިމޮކްރަސީތަކަކީ މިހާރު ސުލްހަވެރީންގެ ނިޒާމެއްނޫން!

Loading

Facebook
Twitter
WhatsApp

މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކުގައިއާއި އެކަމަށް ކުރެވޭ މަސައްކަތުގެ އެންމެ އިސް ސަފުން މިހާރު ފެންނަނީ ޗައިނާއެވެ. ޒަމާނުއްސުރެ އަރަބި ގައުމުތަކަށް އަތްގަދަކޮށް އެގައުމުތައް ކޮންޓްރޯލް ކުރަމުން މި ގެންދަނީ އެމެރިކާއާއި އިޒްރޭލުން ކަމަށް ވުމާއެކު، ކުށެއްނެތް އާންމުންގެ މީހުން ހާހުން ޝަހީދުކުރާތާ އެތައް އަހަރެއް މިވަނީ ވެފައެވެ.

ސައުދީ އަރަބިއާއާއި އިރާނުގެ ދެމެދުގައި އޮންނަ ދެކޮޅުވެރިކަން އޮތުރަށް ވަރުގަދަކޮށް މެދުއިރުމަތި އިތުރަށް ހަމަބޮލިކުރުމަށް އިޒްރޭލުން ދެފަރާތުން މަސައްކަތް ކުރާއިރު، އިޒްރޭލުގެ މަސްލަހަތު އޮންނަ އެމެރިކާގެ ތެޔޮ އަދި އަސްކަރީ ޚިދުމަތްދޭ ކުންފުނިތަކުން މީގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފައެވެ.

މިގޮތުން، އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އިން ހުރިހާ ފަންތިއަކަށް ނިސްބަތްވާ އެކި ދީންތަކުގެ މީހުން އެކުލެވޭ މުޖުތަމައުތަކުގެ ތެރެއަށް ޖާސޫސުން ފޮނުވައި ޖާސޫސްކޮށް މައުލޫމާތު އެއްކުރާތާ އެތައް އަހަރުތަކެއް މިވަނީ ވެފައެވެ. އަނިޔާވެރި ގޭންގުތަކާއި، ތައުލީމީ ބައިބައިގަނޑާއި، އެހެންވެސް މުޖުތަމައުތަކުގެ ތެރެއަށް ވަދެގަނެ، އެމީހުންގެ ގައުމާއި މުޖުތަމައަށް ނަފްރަަތު އުފެއްދުމަކީ ސީއައިއޭއިން އާންމު ގޮތެއްގައި ކުރާ ކަމެކެވެ. ދެކުނު އެމެރިކާ މިފަދައިން ބައިބައިކުރިއިރު، މިހާރުވެސް އެގެންދަނީ މެދުއިރުމަތީގައިވެސް އެޖަރީމާ ހިންގަމުންނެވެ.

އެހެންނަމަވެސް، އެމެރިކާއިން އެންމެ އިރުމަތީގައި އޮންނަ ރަޝިއާ ނައްތާލުމުގެ ގޮތުން އަސްކަރީ އާރާއި ބާރު ބޭންކުރުމުގެ އިތުރުން، ރަޝިއާ-ޔޫކްރޭން ހަނގުރާމައިގައި ޔޫކްރޭނާއި އެއްކޮޅަށް އަރައި އެގައުމުގެ ބޭނުންކޮށްގެން ނުސީދާ ގޮތެއްގައި ރަޝިއާގެ އިޤްތިޞާދަށް ގެންދަނީ ހަމަލަ އަމާޒުކުރަމުންނެވެ. މިކަންކަން ޗައިނާ އަށް ހަޖަމެއް ނުކުރެވުނެވެ.

މިގޮތުން، އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނަ ސިޔާސަތުތަކެއް ގެންގުޅޭ ގައުމެއްގެ ގޮތުގައި އޮތް ޗައިނާއަށް ބަޔަކު ގަސްތުގައި ބައިނަލްއަޤްވާމީ މަސްރަހު ހަމަބޮލިކުރާ މަންޒަރު ބަލަން ނުތިބެވުނެވެ. ޗައިނާއިން މިގާރުއެވަނީ މެދު އިރުމަތީގެ ހަމަނުޖެހުން ހުއްޓުވުމަށް އެކަމުގެ ތެރެއަށް ވަދެފައެވެ. ޗައިނާގެ ޙާރިޖީ ސިޔާސަތު ބިނާވެގެންވަނީ ބުއްދީގެ ހަމަތަކާއި، މާއްދީ ހަގީގަތްތަކަށް ރިއާޔަތް ކުރެވިގެންކަމަށްވީއިރު، އެއްވެސް ގައުމަކީ އަނެއް ގައުމަކާއި އެއްގޮތް ގައުމެއް ނޫންކަން ޗައިނާއަށް އެނގޭ ކަމަށާއި، ކަންއެހެން އޮތްނަމަވެސް ކޮންމެ ބްޔަކުވެސް ބޭނުންވާނީ އަމާންކަމާއި ހަމަޖެހުމާއި، އިގްތިޞާދީ ކުރިއެރުމުގެ އިތުރުން އެއްހަމަ ފުރުސަތުތައް ހުރިހާ ކަމެއްގައިވެސް އެންމެނަށް ލިބިގެންދިޔުމެވެ.

އެގޮތުން، ސައުދީ އަރަބިއާއާއި އިރާނުން އެދެމެދުގައި އޮތް ދެކޮޅުވެރިކަން އެއްކިބާކޮށް، މިވީތަނުގައި އެމެރިކާއާއި އިޒްރޭލުން އެދެގައުމު ޖެއްސުމަށް ބޭނުންކުރި ނަފްރަތުގެ ހުޅުކޮޅު ނިއްވާލުމަށް މަސައްކަތްކޮށްފައިވެއެވެ.

ޗައިނާއާއި ރަޝިއާއަކީ މެދުއިރުމަތީގައި އޮންނަ އިރާނާއި އެންމެ ގާތްކޮށް ގުޅުން ބާއްވާ ދެގައުމެވެ. މިގޮތުން، ޗައިނާއިން މިވަނީ ސައުދީ އަރަބިއާއާއި އެނޫންވެސް އެމެރިކާގެ ސަރަހައްދީ ބައިވެރިން އެމެރިކާއާއި ދެކޮޅަށް ތެދުވުމަށް ފުރުސަތު ހޯދައިދީފައެވެ.

ސުލްހައަށް މަސައްކަތް ކުރާ ގައުމެއްގެ ހައިސިއްޔަތުން ޗައިނާ މިވަނީ ދުނިޔެއަށް މިސާލު ދައްކާފައެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ މިކަން ހުއްޓުވުމަށްޓަކައި އިޒްރޭލާއި އެމެރިކާއިން ކުރާނީ ކޮންކޮން ކަންކަމެއް ބާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް