އީލޮން މަސްކް ދެކުނު އޭޝިއާގެ ބާޒާރު ވަޒަންކުރާނެބާ؟

Loading

Facebook
Twitter
WhatsApp

އިންޑޮނޭޝިއާގެ ބާލީގައި ބޭއްވި މަހާސިންތާއެއްގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމްސިންގް މަޝްހޫރު ބިލިއަނަރު އީލޮން މަސްކާއި ބައްދަލުކުރައްވާފައިވާއިރު، އެ ބައްދަލުވުމުގައި އެ ދެބޭފުޅުންވަނީ އިންޑޮނޭޝިއާއަށް ތައާރަފްކުރަން އުޅޭ މަސްކްގެ ސްޓަާރލިންކުން ދޫކުރާ އިންޓަރނެޓް ޚިދުމަތާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. 

މިބައްދަލުވުމަށްފަހު ކުރީގެ ޓްވިޓާ، އެކްސް ޕްލެޓްފޯމްގައި ރައީސް ވިކްރަމްސިންގް ހިއްސާކުރެއްވި ޓްވީޓެއްގައި  އޭނާ ލިޔުއްވާފައިވަނީ، “ސްޓާލިންކް ފަދަ ހިދުމަތަކުން ސްރީލަންކާފަދަ ގައުމުތަކަށް ގިނަގުނަ ކުރިއެރުންތައް ހޯދިދާނެ.”  ކަމަށެވެ. 

ދުނިޔޭގެ ގިނަ ގައުމުތަކަކަށް މަސްކްގެ ސްޓާލިންކް ތައާރަފްކުރަމުން ދާއިރު، މިހާރު އެހިދުމަތް ލިބޭ 99 ގައުމު އޮތްކަން އޭނާ ފާހަގަކޮށްފައިވެއެވެ. 2021 ވަނަ އަހަރު މިއަދަދު އޮތީ 14 ގައެވެ. 

މިގޮތުން، ދެކުނު އޭޝިއާއިން މި ޚިދުމަތް ލިބެން އަދި ނެތްނަމަވެސް ދެކުނު އޭޝިއާގެ ޒުވާން އަދި ބޮޑު އާބާދީއާއި، އިތުރުވަމުން އަންނަ ޓެކްނޮލޮޖީ ސެކްޓަރުތަކާއި،  ސަރުކާރުން ތައާރަފްކުރުމަށް ތައްޔާރުވަމުން އަންނަ ޑިޖިޓަލް އިކޮނޮމީތަކުގެ ސަބަބުން، މިފަދަ ހިދުމަތެއް ތައާރަފްކުރުމަށް އެންމެ އެކަށޭނަ އެއް ބާޒާރަށް ދެކުނު އޭޝިއާ ވެގެންދާނެއެވެ. އެހެންނަމަވެސް، ދެކުނު އޭޝިއާގައި ހުރި މާލީ، ގާނޫނީ، ލޮޖިސްޓިކަލް ގޮންޖެހުންތަކެއްގެ ސަބަބުން އަދި ސިޔާސީ ފިއްތުންތަކާއި ކޮރަޕްޝަނުގެ ސަބަބުން މި ސަރަހައްދުގައި ސްޓާލިންކުގެ ކާމިޔާބީއަށް އަސަރުކޮށްފާނެއެވެ. 

ފާއިތުވެދިޔަ އަހަރުތަކުގައި ދެކުނު އޭޝިއާގައި އިންޓަނެޓް ބޭނުންކުރާ މީހުންގެ އަދަދު ފާހަގަ ކޮށްލެވޭހާ ބާރުމިނުގައި އިތުރުވެފައިވާއިރު، ދުނިޔޭގެ އެންމެ ގިނަ ބަޔަކު އިންޓަރނެޓް ބޭނުންކުރާ 10 ގައުމުގެ ތެރޭގައި އިންޑިއާއާއި ޕާކިސްތާނު ހިމެނެއެވެ. އެހެންނަމަވެސް، ދެކުނު އޭޝިޔާގައި އިންޓަރނެޓް އެއްގޮތަކަށް ބޭނުންނުކުރާ 989 މިލިއަނަށްވުރެ ގިނަ މީހުން ތިބިއިރު، މީގެތެރެއިން 683 މިލިއަން މީހުން ނިސްބަތްވަނީ އިންޑިއާ އަށެވެ. 

ޑޭޓާޕޯޓަލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މުޅި ދެކުނު އޭޝިއާގައި އިންޓަރނެޓް ބޭނުންކުރާ އުޅެނީ އާބާދީގެ 47 އިންސައްތަ މީހުންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް