މަސްވެރިކަމުގެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހާފިޒު އަވަހާރަވެއްޖެ

Loading

Facebook
Twitter
WhatsApp

މަސްވެރިކަމުގެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި މ.ޒިޔާރަތްދޮށުގޭ، އަޙްމަދު ހާފިޒު އަވަހާރަވެއްޖެއެވެ.

އުމުރުން 62 އަހަރުގައި ހާފިޒް އަވަހާރަވީ މިއަދުގެ ވަގުތެއްގައި އައިޖީއެމްއެޗުގައެވެ.

އަވަހާރަވީ ނުވަ އަހަރުވަންދެން ކެންސަރު ބަލީގައި އުޅުއްވުމަށްފަހުއެވެ.

ހާފިޒު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ހާފިޒްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާ ދަންނަވައިފައެވެ.

ރައީސް ވިދާޅުވީ ހާފިޒަކީ ދިވެހި ދައުލަތަށް އަދި ޕީޕީއެމްއާއި ޕީއެންސީ އަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

ޚާއްސަ ގޮތެއްގައި ރާއްޖޭގެ ކުޅިވަރަށް އަގުނުކުރެވޭފަދަ މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރުމުގެ ރޮނގުން ހާފިޒަށް ވަނީ ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް