އިސްރާއީލުގެ ދިފާއީ ވަޒީރު އާއި ނަތަންޔާހޫގެ ތޮޅުންގަނޑު ހޫނުވެފާ

Loading

Facebook
Twitter
WhatsApp

އިސްރާއީލުގެ ރިޒާވް ސިފައިންގެ ފަރާތުން އާންމުކޮށްފައިވާވީޑިއޯއެގައި ދިފާއީ ވަޒީރު ޔޯ ގަލަންޓް އާއި ދެކޮޅަށް ނިކުތުމަށް ގޮވާލާފައިވާތީ އިސްރާއީލުގެ މިލިޓްރީން އެކަން ތަޙުގީގު ކުރަން ފަށައިފިއެވެ.       

މިދިޔަ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި އާންމު ވެފައިވާ އެ ވީޑިއޯގައި ގޮވާލާފައިވަނީ ދިފާއީ ވަޒީރާ ދެކޮޅަށް ނިކުތުމަށެވެ.އަދި ހަމަ އެހެންމެ ތެލްއަވީވްގެ މަގުތައް ފުރާލައި ހަނގުރާމަ ހުށްޓާލުމަށް ގޮވަމުން ދަނީއެވެ.        

އިސްރާއީލުގެ ޑިފެންސް ފޯސަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑުވަޒީރު ނަތަންޔާހޫގެ 32 އަހަރުގެ ދަރިކަލުން ޔައިރު ނަތަންޔާހޫ ދަ ޓެލިގްރާމަށް ހިއްސާކޮށްފައިވާ އެ ވީޑިއޯގައި ބޭނުން ކޮށްފައިވާ ބަހުރުވައަކީ އައި ޑީ އެފް ގެ ޝަޚްސިއްޔަތު ކަތިލުންފަދަ ޖިނާއީ ކުށެއް ކަމުގައި ބެލެވޭނެ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި އިސްރާއީލުގެ މިލިޓްރީ ޕޮލިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިވިޝަނުން އެ މައްސަލަ ތަޙްގީގުކުރަން ޗީފް އޮފް މިލިޓްރީ އެޑްވޮކޭޓް ޖެނެރަލް ކޯ ވަނީ އަންގަވާފައެވެ. އަދި މައްސަލައިގެ ސީރިއަށް ކަމަށްބަލައި އެކަން ހުރިހާ ކޮމާންޑް ލެވެލްގެ ސަމާލުކަމަށް ޗީފް އޮފް ސްޓާފް ވަނީ ގެނެސްފައެވެ.

އެ ވީޑިއޯ އިން ފެންނަނީ އޮޓޯމެޓިކް ރައިފަލަކާއެކު ވަރުބަލިވެފާހުރި ސިފައިންގެ މީހަކު ވީރާނާ ކޮށްލާފައިވާ އިމާރާތެއް ކައިރީގައި ހުރިއިރު އޭނާގަ ފަހަތުގައި ހުރި ނޫކުލައިގެ ކުރެހުން ތަކަކާއި ފަންގިފިލާގެ އެކި ހިސާބުގައި އަދާފައިހުރި ނިޝާންތަކެކެވެ. 

އޭނާގެ މެސެޖް ކިޔަމުން ގެންދިޔައިރު އަނގައާއި ނޭފަތުގައި ހުރީ މާސްކް އަޅާފައެވެ. އޭނާގެ މެސެޖުގައި ބުނެފައިވަނީ އެއީ ނަތަންޔާހޫ ބުނެގެން ކިޔާދޭ މެސެޖެއް ކަމަށެވެ.

“ އަހަރެމެންނަކީ ރިޒާވް ސިފައިންނެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް ލުޔެއް ދޭކަށް އަހަރެމެން ބޭނުމެއް ނޫނެވެ. ޙަމާސް އަށް ވިޔަސް ފަތަޙް ޖަމާއަތް ކަމުގައިވިޔަސް އަހަރެމެންގެ ބާރުގެ ދަށުން ނުނިކުމެވޭނެއެވެ. އެއަށްފަހު ދިފާއީ ވަޒީރަށް މުޚާތަބުކޮށް އޭނާ ބުނަން ފެށިއެވެ. ގަލަންޓް އެވެ! ކަލެއަށް ހަނގުރާމަ ކާމިޔާބު ކުރެވޭނެ ގޮތްތަކެއް ނޭގެއެވެ. އިސްތިއުފާ ދީފައި ގެއަށް ކަނޑާލާށެވެ. 

ކަލޭ ކުރާ އަމުރު އަހަރެމެން ބަލައެއް ނުގަންނަމެވެ. އަހަރެމެން އަޑުއަހާނީ އެންމެ ވެރިޔަކު ކުރާއަމުރެވެ. އެއީ ދިފާއީ ވަޒީރެއް އަދި ޗީފް އޮފް ސްޓާފެއްވެސް ނޫނެވެ. އަހަމެން އަޑުއަހާނީ ހަމައެކަނި ބޮޑުވަޒީރުގެ އަމުރެވެ. މިކަން ކަލޭމެން ދެނެތިބޭށެވެ.

ގަލަންޓް އެވެ! ކަލޭގެ ވިސްނުން ބަދަލު ކުރާށެވެ. އަހަރެމެން މި ހަނގުރާމަ ކާމިޔާބު ކުރުން ނޫން އެހެން ވިސްނުމެއް ނެތެވެ. އަހަރެމެން މިތިބީ ބޮޑުވަޒީރު އެންގެވި ގޮތެއްގައި މި ހަނގުރާމަ ކާމިޔާބު ކުރުމުގެ އަޒުމުގައެވެ.އެނޫން އެހެން މަގްސަދެއް ނެތެވެ. ކަލޭ ބޭނުންވަނީ މިލިޓްރީ ބަޣާވަތެއް ގެންނަން ހެއްޔެވެ.

އަހަރެމެންނަކީ ރިޒާވް ސިފައިންނެވެ. އަހަރެމެން އެނބުރި ގެއަށް ދިއުމުގެ ވިސްނުމެއް ނެތެވެ. އަޒުމަކީ ކޮބައިކަމާއި ނަސްރު ހޯދާނީ ކިހެނެއްކަން އަހަރެމެން ކަލެއަށް ދަސްކޮށްދޭނަމެވެ. އަސްލު ޔަހޫދީން ކާމިޔާބު ލިބިގަންނަގޮތް ކަލޭ ދެކެން ހުންނާށެވެ. 

މި ބުނެވުނު ވީޑިއޯ މެސެޖްގެ ޙަގީގަތް އެން ބީ ސީ އަށްމިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވާކަމަށް ބުނެފާވެއެވެ. ނަތަންޔާހޫ ނުވަތަ ގަލަންޓްގެ އޮފީހުން ވިޔަސް މިހާތަނަށް އެ މަޢުލޫމާތު ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ލީކު ކޮށްލާފައިވާ ވީޑިއޯ އާއި ގުޅިގެން ޔައިރ ނަތަންޔާހޫ ބުނެފައިވަނީ އެންމެ ފުރަތަމަ މިލިޓްރީ ބަޣާވަތަކީ ކޮބައިކަން ދެނެގަތުން ބުއްދިވެރި ކަމަށެވެ. ސިފައިންގެ ސަފުތަކުން ކަމަކާދޭތެރޭ ޚިޔާލު ތަފާތުވެ ހަމައެކަނި ސަރުކާރުން ކުރާ ސީދާ އަމުރު ތަކަށް އެކަނި ތަބާވުމަށް ވިސްނުމެއް ގެންގުޅުމަކީ ބަޣާވަތެއް ކަމަކަށް ނުބެލެވޭނެއެވެ. އެކަމަކު ސިފައިން ކިޔަމަންވާން ޖެހޭނީ ހަމައެކަނި ގާނޫނުގައި ލިޔެފައި އޮތް އެއްޗަކަށޭ ބުނަން ޖެހޭނެއެވެ.

ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓްގައިވެސް ހިމެނޭ ހައްދުފަހަނަޅާފައިވާ ލިކޫދު ޕާރޓީގެ 65 އަހރުގެ ގަލަންޓް ސިފައިންގެ އެންމެ މަތީ މަގާމަށް އައީ ކަނޑު ސިފައިންގެއާދައިގެ ފީނާމީހެއްގެ ( ފްރޮގްމަން ) ވަޒީފާއިން ފެށިގެންނެވެ.

ނަތަންޔާހޫ އާއި ގަލަންޓް އާންމުގޮތެއްގައި ހަތަރުކަޅި ހަމަކޮށް ބައްދަލު ކޮށްފައެއް ނުވެއެވެ. މާނައަކީ އެއީ އެއް އިރެއްގައިވެސް އެކުވެރިންނެއް ނޫނެވެ. މިދިޔައަހަރު އިސްރާއީލުގެ އަދުލުގެ ނިޒާމު ބަދަލުކުރުމަށް ސަރުކާރުން މަސައްކަތްކުރަން ފެށުމާގުޅިގެން އެކަމަށް އިޢުތިރާޒުކޮށް އިސްރާއީލުގެ މަގުތަކަށް ނިކުތް މީހުންތައް މަތަކުރަން ގަލަންޓް އިސްވެ ހުރެ އެޅި ފިވަޅުތަކުގެ ސަބަބުން އަނެއްކާވެސް ނަތަންޔާހޫގެ ވައި އެޅީއެވެ.                                                            

އޮކްޓޮބަރ 7 ގެ ޙާދިސާގެ 2 ދުވަސްފަހުން ގައްޒާގައި ދިރިއުޅެނީ ޖަނަވާރުންނޭ ބުނެ އަދި ޒަމާންތަކަކަށްދާންދެން ގައްޒާއަށް އިންސާނީ އެހީ ލިބުމާއި ދަތުރުފަތުރު ކުރުމުގެ މިނިވަންކަމުން މަޙްރޫމް ކުރެވިގެންދާނެއޭ ބުނެ ގަލަންޓް އިޢުލާން ކުރުމުން އެމެރިކާއިން ފިޔަވާ މުޅި ދުނިޔޭކަހަލަ ގޮތަކަށް އޭނާޔަށް މަލާމާތް ކޮށްފަވެއެވެ.       

މިދިޔަ ހަފުތާގައި އަނެއްކާވެސް ނަތަންޔާހޫއާއި ގަލަންޓުގެ ހެޑް-އޮން-ކޮލިޝަނެއް މެދުވެރިވެގެން ދިޔައެވެ. މިފަހަރު ދިމާމި މައްސަލައަކީ ގައްޒާގައި މިލިޓްރީ ވެރިކަމެއް އިޢުލާންކުރަން ބޮޑުވަޒީރު ނަތަންޔާހޫ ރާވާފައި އޮތް ރޭވުމަށް ގަލަންޓް ދެކޮޅު ހެދުމެވެ. ގަލަންޓް ބާރުއަޅަމުން ގެންދިޔައީ މަދަނީ ވެރިކަމެއް ގައްޒާގައި ގާއިމް ކުރުމަށެވެ.

ނަތަންޔާހޫ އާއި އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެމްބަރުންގެ ވިސްނުމުގައި ފަލަސްތީނުގެ މިނިވަންދައުލަތެއް ގާއިމް ކުރެވެން ޖެހޭނީ އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ބިންގަލެއްގެ މަތީގައެވެ.އެހެން ބަހުރުވަޔަކުން ބުނާނަމަ މިހާރުވެސް ކަންތައްކުރަމުން ގެންދާހެން އިސްރާޢީލުގެ އާހ ބަސް ލިބިގެން ނޫނީ އެއްވެސް ކަމެއް ނުކުރެވޭނެ ގޮތަށެވެ.

މި މައްސަލަތައް މީޑިއާށް ތިލަވެފައިވާއިރު މީގެ ކުރިން ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިފައިވާ ކަމަށް ބުނެފައިވާ ރަފާޙް އަށް އިސްރާއީލުން ޙަމަލާދީ އެވަނީ އެއްވެސް ރަޙުމެްއްނެތި ފުނޑާލައިފައެވެ. އަދި ދިރިތިބި ކުދީންގެ ބޯބުރިކޮށް އަލިފާންގަނޑަށް އުކާލާ އަންދަމުންވެސް ވެންގޮސްފައވެ. 

އެހެނަސް ރަފާހް އަށް ޒައްނިސްޓް އިސްރާޢީލުން ދެމުންގެންދާ ފަނާކުރަނިވި ޙަމަލާތައް ވަގުތުން ހުއްޓަލުމަށް ދުނިޔޭގެ އަދުލުގެ އެންމެ އިސް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އެ އަމުރަށްވެސް ތަބާނުވާނެކަން އިސްރާޢީލުން ވަނީ ބުނެފައެވެ. އަދި ރަފާހް އަށް ދެމުންގެންދާ އަނިޔާތަކުން އެކަން އެވަނީ ދުނިޔެެއަށް ދައްކަދީފައެވެ.

އެ ކޯޓުގެ އަމުރަށް ޙަމާސް އިން މަރުހަބާ ކިޔަމުން ގެންދާއިރު ގައްޒާގެ ހުރިހާ ސަރަހައްދެއްވެސް އެ އަމުރުގައި ހިމަނާ ދިނުމަށް ޙަމާސް އިން ގެންދަނީ އެދެމުންނެވެ.          

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް