ވަރލްޑް ހެލްތު އެސެމްބްލީ: ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގައުމުތަކާއި ޖަމިއްޔާތަކާއެކު މަޝްވަރާކުރަނީ

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ވަރލްޑް ހެލްތު އެސެމްބްލީގެ 77 ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި އިއްޔެ ފަށައިފައިވާއިރު, ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ޖޫން މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މެމްބަރު 194 ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާއިރު, މި އެސެމްބްލީގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ހެލްތު މިނިސްޓަރު ޑރ.ޚަލީލެވެ.

މި ވަފުދުގައި ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ސަލްމާ ރަޝީދާއި، ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މިޝަންގެ އިސް ބޭފުޅުންނާއި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.  

ވަރލްޑް ހެލްތު އެސެމްބްލީގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު ޑރ. ޚަލީލް މިއަހަރުގެ ތީމު ކަމުގައިވާ ”އޯލް ފޯ ހެލްތް، ހެލްތް ފޯ އޯލް“އަށް ޚާއްސަކޮށް ތަގުރީރެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު, ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރ އަދި އޭޝިއާ އީހެލްތު އިންފޯރމޭޝަން ނެޓުވާރކް އާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ވަރލްޑް ހެލްތް އެސެމްބްލީގައި ޔުނިވާސަލް ހެލްތު ކަވަރޭޖް، އިންފެކްޝަސް ޑިޒީޒް ޕްރިވެންޝަން، މައިންނާއި ކުޑަކުދިންގެ ޞިއްޙަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާއި އެންޓިމައިކްރޯބިއަލް ރެސިސްޓެންސް ފަދަ މައުޟޫއުތަކާއި އިމަރޖެންސީ ޕްރިޕެއަރޑްނަސް އެންޑް ރެސްޕޮންސް، ސަސްޓެއިނަބްލް ފައިނޭންސިންގ އާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް