އެންމެ ގިނަ ދުވަހު ވަޒީފާގައި ދެމިހުރި ޕްލައިޓް އެޓެންޑަންޓް ބެޓީ ނޭޝް އުމުރުން 88 އަހަރު ގައި މަރުވެއްޖެއެވެ. ބެޓީ މަރުވި އިރު އޭނާ ގާތްގަނޑަކަށް 70 އަހަރު އެދާއިރާއަށް ޚިދުމަތް ކޮށްފައި ވެއެވެ.
1957.ބެޓީ ނޭޝް މަރުވި އިރު ހުރީ އެމެރިކަން އެއާލައިންސްގެ ވަޒީފާގައެވެ. އެހެން ކަމުން އޭނާ މަރުވި ޚަބަރު އިއުލާންކޮށްފައިވަނީ އެފަރާތުން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
ވަނަ އަހަރު އުމުރުން 21 އަހަރުގައި ވަޒީފާ އަދާކުރަން ފެށި ބެޓީ އަށް ވަނީ އެންމެ ގިނަ ދުވަހު ޚިދުމަތުގައި ހުރި ފްލައިޓް އެޓެންޑަންޓް ގެ ރިކޯޑް ގިނިސް ބުކް އޮފް ވަރލްޑް ރިކޯޑުން ދީފައެވެ. އަދި އޭނާ ފްލައިޓް އެޓެންޑަންޓުންގެ އެތައް ޖީލަކަށް ”އުދުހުމަށް“ ހިއްވަރު ދީފައިވާ ކަމަށް އެމެރިކަން އެއާލައިނުން ބުނެފައި ވެއެވެ.
ބެޓީ ނޭޝް ފުރަތަމަ ގުޅުނީ އީސްޓަރން އެއާލައިންސްއާއެވެ. އަދި އޭނާ ދިރިއުޅެމުން ދިޔަ ވޮޝިންގޓަން އާއި ބޮސްޓަންއާ ދެމެދު އޮތް ޝަޓްލް ފްލައިޓް އިޚްތިޔާރު ކުރިއެވެ. އެއީ ކޮންމެ ރެޔަކު ގެޔަށް ނިދަން އާދެވެނެތީ ކަމަށް ބުނެއެވެ.
ދެތިން ހަތަރު އަހަރު ފަހުން އެހެން ތަނަކަށް ބަދަލުވުމުގެ ޚިޔާލު އޭރު ގެންގުޅުނު ނަމަވެސް ބެޓީ އެހެން ތަނަކަށް ބަދަލު ނުވެ މަޑު ކުރިއެވެ.
ބެޓީ ބުނެފައިވާ ގޮތުގައި ފްލައިޓް ތަކުން ގިނައިން ދިމާވަނީ ގާތްގަނޑަކަށް އެއްބަޔެކެވެ. އަދި އެންމެންގެ ”ނީޑްސް“ ނުވަތަ ސީދާ ބޭނުންވާ ޚިދުމަތް ދެނެގަތުމަށް އޭނާ ލޯބި ކުރިއެވެ. އަދި ކޮންމެ މީހަކުވެސް (އެޓެންޓުންގެ ކިބައިން) އޯގާތެރިކަމާ ލޯބި ބޭނުންވާކަން އޭނަފާހަގަ ކޮށްފައި ވެއެވެ.
އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބެޓީ މަރުވެފައިވަނީ ހޮސްޕިސް ކެއާގައި އޮތުމަށް ފަހު މޭމަހުގެ 17 ވަނަ ދުވަހުއެވެ. އޭނާ އަށް ބްރެސްޓް ކެންސަރ ޖެހިފައިވާކަން ދާދިފަހުން ވަނީ ޑައެގްނޯސް ކުރެވިފައެވެ.
ބެޓީގެ މަރާ ގުޅިގެން ފްލައިޓް އެޓެންޑަންޓުންގެ އެސޯސިއޭޝަނުން ވަނީ އެކަމާ ހިތާމަ ކުރާކަންހާމަ ކޮށްފައެވެ. އަދި ބެޓީ އަކީ ދުވަހަކުވެސް ހަނދާން ނެތިގެން ދާނެ ފަރާތެއް ނޫން ކަމަށްބުނެ އާއިލާއާއި ރައްޓެހިންނަށް ތައުޒިޔާ ރައްދު ކޮށްފައި ވެއެވެ.