ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދިޔަ އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މިއަދު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ތ.ތިމަރަފުށީ މިނިވަން އައްސޭރި އުމުރުން 83 އަހަރުގެ އާދަމް ޢަލިމަނިކެވެ.

ކަރެކްޝަނުން ބުނީ އާދަމް ޢަލިމަނިކު ނުހޭލައިގެން، އެ ގޮޅީގައި ތިބި އެހެން ގައިދީން ޑިއުޓީ އޮފިސަރުންނަށް އެންގުމުން، މެޑިކަލް ސެންޓަރަށް ގެންދިޔައިރު ވެސް ހަރަކާތް ނުކުރާތީ، 12:00 ހާއިރު އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށެވެ. އަދި ފަރުވާ ދިނުމަށްފަހު ވެސް ހަރަކާތެއް ނެތުމުން، އޭނާ ނިޔާވެފައިވާކަމަށް ކަނޑައަޅާފައިވަނީ މެންދުރު 12:30 ހާއިރު ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކަރެކްޝަނުން ބުނީ ކުޑަކުއްޖަކާ ގުޅޭ ބަދުއަޚުލާގީ މައްސަލައެއްގައި 10 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ އާދަމް ޢަލިމަނިކަކީ ހަކުރު ބައްޔާއި ކިޑްނީ އަދި ކުޑަކަމުދާ ނިޒާމުގެ ބައްޔާއު ކޮލެސްޓްރޯލާއި ހައިޕަރޓެންޝަނާއި ލޮލުގެ ބަލި ފަދަ ގިނަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއް ކަމަށެވެ.

އޭނާ ނިޔާވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށަ އަންގާފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް