1950 ގެ އަހަރުތަކަށްފަހު އަދި މިހާތަނަށް ކުރިމަތިލާން ޖެހިފައިނުވާ ގޮންޖެހުންތަކާ އިންގިރޭސިވިލާތުން ކުރިމަތިލާންޖެހޭނެ ކަމަށް އިންސްޓިޓިއުޓް ފޮރ ފިސްކަލް ސްޓަޑީޒް (އައިއެފްއެސް) ގެ ޑައިރެކްޓަރ، ޖޯންސަން ހާމަކޮށްފިއެވެ.
“މާލީގޮތުން ވަރަށް ބޮޑަށް ތާށިވެއްޖެ. ދައުލަތުގެ ޚިދުމަތްތައް ފޯރުކުރުމުގައި އަންނަނީ
ދަތިތަކާއި ކުރިމަތި ވަމުން. ތާރީޚީގޮތުން ދުވަހަކު ނުނަގާހާ ގިނައިން ޓެކްސް ނަގަމުން ދާއިރު ދެޕާޓީއިން ގެންދަނީ ދަރަނި ފިލުވުމުގެ ހުވަފެންތަކެއް.” ، އޭނާ ބުނެފައިވެއެވެ.
ޖޯންސަން އިތުރަށް ބުނެފައިވަނީ، މިކަމުން ސަލާމަތްވުމަށް ގާނޫނު ހަދާ ފަރާތްތަކަށް އޮތީ ތިންގޮތެއް ކަމަށެވެ. އެއީ ޚަރަދު ވަރަށް ބޮޑުތަން ކުޑަކުރުމާއި، 80 އަހަރުގައި ނުދާހާ މައްޗަށް ޓެކްސް އިތުރުކުރުމާއި، ދަރަނި އިތުރުކުރުންކަމަށް އޭނާ ބުނެއެވެ.