ޕަޕުއާ ނިއުގިނީ އަށް ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި 670 އެއްހާ މީހުން ވަޅުލެވިފައި ވެދާނެ : އދ

Loading

Facebook
Twitter
WhatsApp

ސައުތު ޕެސިފިކް ޖަޒީރާ އެއް ކަމަށްވާ ޕަޕުއާ ނިއުގިނީ އަށް ކުރިމަތިވި ”ލޭންޑް ސްލައިޑް“ ނުވަތަ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި 670 އެއްހާ މީހުން ވަޅުލެވިފައި ވެދާނެކަމަށް ބެލެވޭ ކަމަށް އދން ބުނެފި އެވެ.

އެގައުމުގެ މައިގްރޭޝަން އާބެހޭ އިދާރާގެ ވެރިޔާ ވެސް ވިދާޅުވެފައިވާ ގޮތުގައި އުތުރުގެ އެކަހެރި ހިސާބެއްކަމަށްވާ އެންގާއަށް ހުކުރު ދުވަހު ކުރިމަތިވި ކާރިސާ ގައި 1،182 އެއްހާ ގެ ވަޅު ލެވިފައިވާ ކަމަށް ދަނީ ބެލެމުންނެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި އެހިސާބުން އަދިވެސް ބޮޑެތި ހިލައާއި ފަސް ފައިބަމުން ދިއުމާއި އެކު އެހީގެ މަސައްކަތަށް ވެސް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.

އެ ސަރަހައްދަކީ ފަރުބަދަމަތީގެ ސަރަހައްދަކަށް ވެފައި ހާދިސާގައި މައި މަގަށް ވެސް ބޮޑެތި ގެއްލުން ތަކެއް ލިބިފައި ވުމާއި އެކު އެންމެ ބޮޑަށް ގެއްލުންވި ހިސާބު ތަކަށް ދިއުމަށް ހެލިކޮޕްޓަރު ބޭނުން ކުރަން ވަނީ ޖެހިފައެވެ.

ކެއާ އޮސްޓްރޭލިޔާ ޖަމާއަތުން ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި އެހީގެ މަސައްކަތުގައި ހަރަކާތްތެރިވާ ބައެއް ގްރޫޕްތަކަށް ވަނީ އެހިސާބަށް ދެވިފައެވެ. އަދި ބޭނުންވާ ފަރާތްތަކަށް ވަނީ މެޑިކަލް އެހީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން މަރުވި ބައެއް މީހުންގެ ހަށިތައްވެސް ވަނީ ނެރެފައެވެ.

ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ކުރިމަތިވި ހިސާބުގައި ހަތަރު ހާހެއްހާ މީހުން ދިރި އުޅޭ ކަމަށް ވެއެވެ.މި ހާދިސާގައި 200 އަކަ ކިލޯމީޓަރެއްހާ ތަނުގައިވާ ގަސްތަކާ އިމާރާތްތައް ވެއްޓި މަގުތައް ބަންދު ވެފައި ވެއެވެ. މިގޮތުން މައި ހައިވޭގެ ބޮޑުބަޔަކާ އެކު 4 ފުޓްބޯޅަ ދަނޑުވަރުގެ ސަރަހައްދަކަށް ވަނީ މަތިން ފޭބި ވެއްޔާ ކިސަޑު އެޅި ފުރިފަ  އެވެ.    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް