ވެވެން އޮތް ގޮތަކަށް އިރާނަށް އެހީތެރިވުމަށް ޗައިނާ އޮތީ ތައްޔާރަށް: ޗައިނާގެ ޚާރިޖީ ވުޒާރާ

Loading

Facebook
Twitter
WhatsApp

ވެވެން އޮތް ގޮތަކަށް، އިރާނަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް ރިޕަބްލިކް އޮފް ޗައިނާ އޮތީ ތައްޔާރަށް ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ، މިނިވަންކަމާއި، ހަމަޖެހުމާއި، ކުރިއެރުމުގެ ފަލްސަފާތައް ނެގެހެއްޓުމަށް އިރާނުގެ ރައްޔިތުންނާއި އެގައުމުގެ ސަރުކާރަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން އޮންނާނެކަމަށާއި، ދެގައުމުގެ މެދުގައި އޮންނަ ތަދުބީރީ ބައިވެރިވުމުގެ ގުޅުން ބަދަހިކޮށް އިތުރަށް ހަރުދަނާކުރުމަށް އިރާނާއެކު މަސައްކަތްކުރަން ޗައިނާއިން ތައްޔާރަށް އޮތް ކަމަށެވެ.

މިގޮތުން، ބައިނަލްއަޤްވާމީ ގޮތުން ބައިއަތު ހިފުމުގެ މިފަދަ ބަސްތައް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، ޗައިނާއިން ބުނެފައިވާ ބަހުގެ މުރާދަކީ، އިރާނަށް ޗައިނާގެ ފުރިހަމަ ރައްކާތެރިކަން އޮތްކަމަށާއި، އެގައުމުގެ ޓެކްނޮލޮޖީއަށްވެސް އިރާނަށް މަރުހަބާކިޔާކަމަށެވެ. އަދި ބަދަލުގައި އިރާނުން ހަމައެކަނި ކުރަން ޖެހޭކަމަކީ އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް ފޫއަޅުވާލައި، މިލިޓަރީ ބޭސްތަކާއެކު މެދު އިރުމައްޗަށް އޮތް އެމެރިކާއާއި އިޒްރޭލުގެ އަސްކަރީ ބާރު މުޅިން ނައްތާލުމެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް