ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ނެރުނު އޮރެންޖު އިންޒާރުގެ ވަގުތު އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ނެރުނު އޮރެންޖު އިންޒާރުގެ ވަގުތު އިތުރުކޮށްފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ބުނީ ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ނެރުނު އޮރެންޖު އިންޒާރުގެ ވަގުތު މިރޭ 19:15 އިން ފެށިގެން 23:15 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެ އަތޮޅުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި އެ އަތޮޅުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހާމަކުރި ގޮތުގައި ދެކުނުގެ އަތޮޅުތަކަށް މިރޭ ކެރީގެ އަސަރު ފޯރާނެއެވެ.

ހުކުރު ދުވަހާއި ހޮނިހިރު ދުވަހަށް ބަލާއިރު އެ ދެ ދުވަހުގައި ވެސް އުތުރާއި މެދުރާއްޖެތެރެއަށް ގަދަވަޔާއެކު ވިއްސާރަ ކުރާނެ ކަމަށާއި އަދި ދެކުނުގެ ކެރީގެ އަސަރު ފޯރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް