އިންޑިއާ ސްޓީލް 2025 އެގްޒިބިޝަނާއި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިވެރިންނަށް

Loading

Facebook
Twitter
WhatsApp

އިންޑިއާ ސްޓީލް 2025 ބައިނަލްއަގުވާމީ އެގްޒިބިޝަނާއި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އިންޑިއާ ސްޓީލް 2025 ބައިނަލްއަގުވާމީ އެގްޒިބިޝަން އަދި ކޮންފަރެންސް 24 އެޕްރީލް 2025 އިން 26 އެޕްރީލް 2025 އަށް، އިންޑިއާގެ މުމްބާއީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަން، އިންޑިއާ ސަރުކާރުން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މި އެގްޒިބިޝަން އަދި ކޮންފަރެންސާ ގުޅޭ މައުލޫމާތު އިންޑިއާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި، ޓްރޭޑް ޗެމްބާރސް އެންޑް އެސޯސިއޭޝަންއާ ގުޅިގެން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

“މި އެގްޒިބިޝަން/ކޮންފަރެންސްއަކީ، ވިޔަފާރިއާއި އިންވެސްޓްމަންޓް ދާއިރާއިން ވިޔަފާރިވެރިންގެ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ދާއިރާއިން މުހިއްމު މައުލޫމާތުތަކެއް ލިބިގެންދާނެ ފުރުސަތެއްކަން ފާހަގަކުރަން.“

މި އެގްޒިބިޝަން/ކޮންފަރެންސްގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް ބައިވެރިވުމުގެ ފުރުސަތު އޮތްކަން އެ މިނިސްޓްރީއަށް އަންގާފައިވާތީ ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން، މި އިވެންޓްގެ ޕްލެޓްފޯމް https://www.indiasteelexpo.in/hosted_buyer_registration.php މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް