މަޖިލިސް އިންތިޚާބު ކާމިޔާބުކުރެއްވި އެންމެ ޒުވާން މެންބަރު ޕީއެންސީއާ ގުޅިވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު ޕީއެންސީއަށް ސޮއިކުރައްވައި މެމްބަރޝިޕް ފޯމު ހަވާލުކުރެއްވީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުއާއެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބު ކާމިޔާބުކުރެއްވި އެންމެ ޒުވާން މެންބަރު ކަމަށްވާ އުމުރުން 27 އަހަރުގެ އަލްސަން ޕީއެންސީއަށް ސޮއިކުރެއްވުމަށް މުލިއާގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި މަޖިލިސް އިންތިޚާބު ކާމިޔާބުކުރެއްވި ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވި 08 މެންބަރަކު މީގެކުރިން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

އެހެންކަމުން 20 ވަނަ މަޖިލީހުގައި ތިއްބަވާނެ ޕީއެންސީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 74 އަށް އަރައިފައެވެ.

ފޮޓޯ: ޕީއެންސީ
 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް