ހެލިކޮޕްޓަރ ވެއްޓުނު ސަރަހައްދު ހޯދާ ބަލަން އެހީ ދެވޭކަށްނެތް - އެމެރިކާ

Loading

Facebook
Twitter
WhatsApp

އީރާނުގެ ރައީސް އާއި ޚާރިޖީ ވަޒީރު އަދި އެ ގައުމުގެ ބައެއް އެހެން އިސްވެރިންތަކެއް ދަތުރުކުރެއްވި ހެލިކޮޕްޓަރ ކްރޭޝްވި ސަރަހައްދު ހޯދާ ބެލުމުގެ މަސައްކަތުގައި އެހީވެދިނުމަށް އީރާނުން އެދުމުން އެމެރިކާގެ ޚާރިޖިއްޔާއިން އެކަން ކޮށްދެވެން ނެތްކަމުގައި ބުނެފިއެވެ. އީރާނުންވަނީ ހުރިހާގައުމަކުންވެސް އެކަމުގައި އެހީފޯރުކޮށް ދިނުމަށް އެދިފައެވެ.      

ފޮކްސް ނިއުސްގެ ޚަބަރުގައި ބުނެފައިވަނީ މިދިޔަ ހޯމަދުވަހު އެމެރިކާގެ ޚާރިޖިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީރާނުގެ ރައީސް އާއި ޚާރިޖީ ވަޒީރުގެ އިތުރުން ސަރުކާރުގެ ވަރަށް އިސް ބޭފުޅުންތަކެއް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ކްރޭޝް ވި ސަރަހައްދު ހޯދާ ބެލެމުމުގައި އެހީތެރިވެ ދިނުމަށް އީރާނު ސަރުކާރުން އެދިފައިވާ ކަމަށާއި އެހެންނަމަވެސް އީރާނުގެ ރިކުއެސްޓް އެމެރިކާއިން ގަބޫލު ނުކުރެވޭނެކަން އަންގާފައިވާ ކަމަށް އެ ވުޒާރާގެ ތަރުޖަމާނު މެތިއު މިލަރ ބުނެފައިވާ ކަމަށެވެ.

މެތިއު މިލަރގެ ބަސްދީ ގަތުމުގައި ބުނެފައިވަނީ މިބާވަތުގެ އިމަރޖެންސީ ތަކުގައި އަބަދުވެސް އެމެރިކާއިން އެއްބާރުލުން ދެމުންގެންދާ ކަމަށާއި އެހެންނަމަވެސް އީރާނުގެ މި އެދުމަށް އެހީތެރިކަން ފޯރުކޮށްދެވެން ނެތީ ކަމަށެވެ.

އީރާނުގެ ރިކުއެސްޓާބެހޭ ގޮތުން އިތުރު މަޢުލޫމާތު ލިބިގަތުމަށް ބޭނުންވެ ނޫސްވެރިން ސުވާލުކުރަން ފެށުމުން މެތިއު ބުނެފައިވަނީ އީރާނުގެ ރިކްއެސްޓް ލިބުމުން އީރާނު ސަރުކާރުގެ ހަރުކަށި އުސޫލުތަކަށް ބެލުމެއް ނެތި އިންސާނިއްޔަތަށްޓަކައި އީރާނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވެ އެކަން ޚާރިޖިއްޔާއިން އީރާނަށް އެންގި ކަމަށާއި އެހެންނަމަވެސް ފަހުން އަހަަރެމެންގެ ވިސްނުން ބަދަލުވީ ކަމަށެވެ.

މެތިއު ބުނެފައިވަނީ ރައީސް އިބްރާހީމް ރައީސީ އަކީ ފާއިތުވެގެން މިދާ ސާޅީހަކަށް އަހަރުދުވަހު އީރާނުގެ ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަތުމުގައި ވަރަށް އިސްދައުރެއް ކުޅުއްވާފައިވާ ބޭފުޅެއް ކަމަށެވެ.

ހެލިކޮޕްޓަރ ކްރޭޝްވުން ފަދަ ހާދިސާތަކުގައި ވިޔަސް އަދި އެނޫން ގޮތަކުންވިޔަސް އިންސާނުން މިދުނިޔެއާ ވަކިވެގެން ދިއުމަކީ އެމެރިކާއިން ހިތާމަކުރާކަމެކެވެ. އެފަދަ ހާދިސާތައް މެދުވެރިވުން ހުއްޓުވަން ކުރެވިދާނެ ކޮންމެ ކަމެއް އެމެރިކާއިން ކޮށްދޭނެއެވެ. ބޭނުންވާ ކޮންމެ އެހީއެއް ފޯރުކޮށްދޭނެއެވެ. އެހެންނަމަވެސް ރައީސީގެ އަތްފުޅުގައި އެގައުމުގެ މައުސޫމު ރައްޔިތުންގެ ލޭ އުނގުޅިފައިވާތީފިލުވާނުލެވޭނެ މިންވަރަކަށެވެ.

އީރާނުގެ ރައްޔިތުންގެ މިނިވަންކަމާއި ޑިމޮކްރެސީ ކަށަވަރުކޮށްދިނުމުގައި އެމެރިކާއިން ދެމިއޮންނާނެއެވެ. އީރާނުގެ ރައްޔިތުންނަށް އަބަދުވެސް އެމެރިކާގެ އެއްބައިވަންތަކަމާއި އެހީ ލިބިލިބި ހުންނާނެއެވެ. އެމެރިކާގެ މިސިޔާސަތަށް ބަދަލެއް ނާންނާނެއެވެ.                                           

އިތުރު ތަފްސީލެއް ހާމަކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. 

ހެލިކޮޕްޓަރ ކްރޭޝްވި ހާދިސާގައި އީރާނުގެ ރައީސް އާއި ޚާރިޖީ ވަޒީރު އަދި އެ ގައުމުގެ ބައެއް އިސް ވެރިން އަވަހާރަވުމާއި ގުޅިގެން އެމެރިކާއިންވެސް ވަނީ ރަސްމީގޮތުންތައުޒިޔާ ކިޔާފައެވެ. އަދި ޔުނައިޓެޑް ނޭޝަންސްގައި ބޭއްވުނު ހަމަހިމޭން ހިނދުކޮޅުގައިވެސް އެމެރިކާއިން ވަނީ ބައިވެރި ވެފައެވެ.

ހެލިކޮޕްޓަރ ކްރޭޝްވި ހާދިސާގައި އެމެރިކާއާއި އިސްރާއީލުގެ ބައިވެރިވުން އޮވެދާނެ ކަމަށް އީރާނުން ޝައްކުކޮށްފާނެ ކަމަށާއި އެހެންނަމަވެސް އެއީ ހަމައެކަނި މެދުވެރިވެ ހާދިސާއެއް ކަމަށް ވިދާޅުވެ އެމެރިކާއާއި އިސްރާއީލުން ފެޔަށް ޖެހިލަން ބޭނުންވަނީ ކަމަށް އެހެން ބަސްދީ ގަތުމެއްގައިދިފާއީ ވަޒީރު ލޯއިޑް އައުސްޓިން ހާމަކުރެއްވިއެވެ.

ހެލިކޮޕްޓަރ ކްރޭޝް ވުމުގައި މެޝިނަރީ ފެއިލްވުމާއި ޕައިލެޓަށް ގޯހެއް ހެދުންފަދަ ސަބަބެއްވެސް މެދުވެރި ވެފައި އޮވެދާނެއެވެ. އީރާނުން ޖެހޭނީ އެކަންކަން ތަޙްގީގުކޮށްގެން ހޯދާށެވެ.

Loading

3 Responses

  1. ކޮންމެވެސް ކުއްޖަކު މިކަލޭގެ ކާރީގައި އަހާބަލަ ބައިޑެން ފަލަސްތީނު ދައްޔަތުންގެލޭ އެއްވެސް ރަހްމެއްނެތި ބޮއިހަދާތާ 6 މަސްވެއްޖެ ކަމަށް ކަލޭމެން ކުރީހިތާމައެއްނެތޭ.

  2. އެމެރިކާގެ ވާހަކަ ކިހާރީތި. މިހާތަނަށް ހަމައެކަނި އަރަބިންގެ މައުސޫމު ކިތައް ރައްޔިތުން އެމެރިކާއިން މަރައިފި. އަދިވެސް އެކަންތައް ދަނީ ކުރިއަށް. ތެދުތެދަށް ބުނާނަމަ އެމެރިކާއިން ބުނަންޖެހޭނީ އެމެރިކާގެ އަތުގައި އުނގުޅި ހިކިފައިވާ ދުނިޔޭގެ މައުސޫމު ރައްޔިތުންގެ ލޭ ދުވަހަކުވެސް ފިލުވާ ނުލެވޭނެކަމަށް. ހަމައެކަނި އިސްލާމީ ގައުމުތަކާއި ވިއެޓްނާމއި ޖަޕާނުންވެސް ފުދޭވަރަންވުރެން ގިނަ ހެކި ލިބޭނެ.

  3. ކުޑަކުޑަ ޝައްކެއް ވެސް ނެތް މިންވަރަށް ޔަގީން ކަމާއެކު ބުނާނީ… ހެލިކޮޕްޓަރ ގެ ޕައިލެޓް މެދުވެރިކޮއް، އެމެރިކާ އާއި އިޒްރޭލް އިން ހިންގި ކަމެއްކަމަށް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް