ރަށްޔިތުންނަށް ފައިދާ ބޮޑީ އަތޮޅުވެރިންނާ ކަތީބުން ތިބެގެން

Loading

Facebook
Twitter
WhatsApp

މީގެ 16 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބެނީ 2 ކަތީބުންނާ ޕިޔޯނަކާ މުދިމަކާ ގާޟީ އަކާ އެވެ. އޭރު ރާއްޖޭގެ އިގްތިޞާދު އޮތީ ވަރަށް ދަށުގައެވެ.  އެހެނަސް ދަރަންޏެއްނެތެވެ.

ނަމަވެސް މިހާރު ރާއްޖޭ ރައްޔިތުނާއި ދައުލަތްވިއްކާލައިގެން ސަރުކާރުތަކުން ވަނީ ރާއްޖޭގެ  އިގްތިޞާދުވަރަށް ބޮޑަށް ފުޅާ ކޮށް ވެރިކަމުގައި ތިބޭ ބަޔަކު ވެރިކަމުގައ ބާރުގައި ތިބެވޭނެ އެންމަހާ ގޮތަކަށް ބަށްޓަން ކޮށްފައެވެ. 

އެހެންކަމުން ރައްޔަތުން އަތުން ނެގޭ ޓެކްސް ފައިސާއާއިރާއްޖެއަށް ގައުމުތަކުން ހޯދާ އެނހީއާއި ދަރަންޏަށް ބެލުމެއްނެތި ނަގަމުންދާ ލޯނަތަކާއި، އެލިބޭ ފައިސާ ރައްޔިތުންގެ ބޭނުންތަކަށް ޚަރަދު ކުރަކުދު ކޮށްދާނެވަރަށް ނުހުންނަކަމަށްވެއެވެ. މިދެންނެވުނު ވެރިކަމުގައި ހިފެހެށްޓުމަށްޓަކައި ސުމާރެއްނެތި ސިޔާސީ މަގާމުތައް ސުމާރެއްނެތި ދިނުމާއި ދައުލަތުގެ ކުންފުނިތައްވެސް އެބޭނުމަށްޓަކައި ލޭކޮށާލުން ނިމުމަކަށް ގެންނަން އެބެޖެހެެއެވެ.

 ވެރިކަމުގެ ނިޒާމު ބަދަލުވެ ކުރިން ހިގަމުންދިޔަ އަތޮޅުވެރިކަން މަތިބަރު ގަމާރު ކައުންސިލްތަކަކަށް ބަދަލުވެ ކުރިންބުނެވުނު ސަބަބުތަކާއިއެކު ދައުލަތް މިވަނީ ލޭކޮށާލައި ފައެވެ. ދަރަނި އިންތިހާއަށްގޮސް ދައުލަތް ހިންގަދޭން ވެރިކަންކުރާ ކޮންމެ ސަރުކާރަކުން ގައުމުގެ ޕްރިއަރިޓީސްއަކަށް ބެލުމެއްނެތި މަޝްރާއުތައް ފަރުމާކޮށްލައި އެފަދަ ޕްރޮޖެކްޓްތަކުން ގައުމަށާއި ރައްޔަތުންނަށް ދުރުރާސްތާގައި ކުރާނީ މަންފާކަމެއް ބެލުމެއްނެތި ޕްރޮޮޖެކްޓަތައް މެކްހަށް ޖެހުމަކީ ދެރަވަރު ކަންތަކެވެ. ވާނީވެސް އެހެންތާއެވެ. 

ވެރިކަން ލިބުމުން ސަރުކާރު ހިންގުމާއި ޙަވާލުވަނީ ގިނައިން ހަމަ ވަގު އަދީބު ކަހަލަ ”އިބޫ ޗޯރު“ ނުވަތަ ”ފެނެކާ ސައީދު“ ކަހަލަ ޓިނުގެ އަހުލުވެރީން ވިއްޔާއެވެ!

 މިހާރު އުފެދެމުން މިއަންނަ ސަރުކާރުތަކުން އެކުރާ ބޭކާރު ޚަރަދު ތައް ކުޑަކޮށް ރައްޔިތުމީހާގެ ޖީބަށް ވަންނަން ޖެހޭ ރުފިޔާ އިތުރު ކުރުމުން ރައްޔިތުން ތިބޭނީ އުފަލުގައިކަން އެމީހުންވެސް ދެނެތެވެ. 

އެހެނީ ވެރިކަމެއް 5 އަހަރުދުވަހު ކުރިޔަނުދިނުމަށް މަގުމަތިން ޖައްސާ ގޮވުނުހާ އައުގުރާނައެއް ގޮވައި ދޮގުތައް އަމުނަމުންދާއިރު އެގޮވާ ބަނދިތަކުން އެމީހުނަށް ރައްޔަތުން ތިބި ޙާލާއި ގައުމު ދަރަނި ވެފާވާވަރު ރަނަގަޅަށް އެގެއެވެ. ގޮވާނެގީ އެވާހަކަތަކެއެވެ. 

ވެރިކަން ލިބުމުން އެއްވެސް ބަޔަކު ކުރީ ސަރުކަރަކުން ކޮށްފައިވާ އެއްވެސް ވައްކަމަކަށް އިސްކަން ދީގެން ބަލައި އެފަދަ ޙަރާމީނަށް ޖަލުގެ ޙުކުމެއް ނުދެވެއެވެ. އަދި ޖަލުގެ ބޮޑު ޙުކުމެއް އަޔަސް ބައިތިއްބާނީ ގޭގެ ފިނިކޮޓަރީގައެވެ. އޭނާ ދައުލަތުން ކުރިވައްކަމުން ބައިއަޅައި އޭނާވެސް ފަރުދާގެ އެނެއްފަރާތުން ބައިވެރިކޮށް ބަލާނީ ހިނގަމުންދާ ސަރުކާރާއި ތޮޅި ސަރުކާރު ވައްޓާލާ ވެރިކަމަށް އާދެވޭތޯއެވެ. 

މިއީ 2011 ން ފެށިގެން މިހާރު ދިވެހީންގެ ރާއްޖޭގެ ޙާލެވެ.އެހެންނުވާނެ ގޮތެއް ބަލަން ޖެހިއްޖެއެވެ. ތެދުވެރީން ރެސްޕެކްޓެބްލް މީހުނަށް ވެރިކަމުގެ ކުރީސަފަށް ނިކުމެ ގައުމު މިނޫން ގޮތެއް ރައްޔަތުންނަށް ހޯދަދޭން މިވަނީ ޖެހިފައެވެ. 

އެހެނަސް އެއީ ފަސޭހަ ކަމެއް ނޫނެވެ. އެހެނީ ކޮންމެ ސަރުކާރަކުންވެސް ކުރީން ބުނެވިދިޔަ ނަޙަލާލު ގޮތަކަށްކަންތައްތައް ކުރާތީ ރައްޔަތުންނަށް އަނގަޔާއި އަތާއި ދިމާނުވާފަދަ ދަތިޙާލުގައި އުޅެން ޖައްސާފައިވާތީއެވެ.

ދައުލަތް ހިންގުމުގެ އޮނިގަނޑަށް ސަރުކާރުތަކުން މިގެނައިބަދަލު، ކޮންމެރަށެއްގައި ކައުންސިލެއް އުފައްދާ ދިހަބާރަ މީހުން އިންތިޚާބުކޮށް އަދި ނުކަތާވަރުގެ ބޮޑު ރައްޔަތުންގެ މަޖިލީހެއް އުފަންކޮށް، ރައްޔިތުންގެ ވާރުފައިސާއިން އެބައިމީހުންނަށް އެ ދޭންޖެހޭ ބޮޑުމުސާރައަކީ ގައުމުގެ ދަރަނި ހަބޭހަށް ބޮޑުވަމުންދާ ދިއުމުގެ އަސްލެވެ.

ބައެއް ކައުންސިލަތަކުގައި ލިޔެކިޔާން ނުދަންން މީހުންވެސް ވޯޓުލައިގެން ހޮވިފާ އެބަ ތިއްބެވެ. ވޯޓްލައިގެން ރައްޔަތުންގެ މަންފާއަށް ދައުލަތް ހަރުދަނާ އުސޫލަކުން ހިންގަން ހޮވާމީހުންގެ ތަޢުލީމީ މިންގަނޑެއް ސިއްޙަތު ސަލާމަތުން ހުރިތޯ ޑޮކްޓަރ ސެޓިފިކެޓެއްވެސް ބޭނުމެއް ނުވެއެވެ. ހަމަ އަޖާޢިބުން އަންތަރީސް ވަމެވެ. 

ހަމައެހެންމެ ރައްޔަތުންގެ މަޖިލީހަށް ކުރިމަތިލެވޭ މީހުންގެ މިންގަނޑަކީވެސް ނެތެވެ. ދިވެހީންގެ ރާއްޖެއަކީ މީހުންގެ ނިސްބަރުން ތަޢުލީމީ ގާބިލު މުޖުތަމަޢަ އެކެވެ. އެހެނަސް ކަރަޕްޝަނާއި ފަސާދައިން އެފަދަ ހެޔޮލަފާ ތަޢުލީމީ މީހުނަށް ވެރިކަމުގެ ކޮއިލުތެރޭގައި ބަސްބުނުމުގެ ނަސީބު ލިބޭނޭ ގޮތެއް ނެތެވެ. ސަރުކާރުތަކުންވެސް ބޭނުންވަނީ “ ލައްބަ ސާހަބް “ ގެ ޔޭސްމަނުން ނެވެ. ހާދަވާ ދެރައެވެ!

މި ކައުންސިލްތަކަށް ކުރާ ޚަރަދާއި މުވައްޒަފުންގެ މުސާރައަށް މަހަކު ގާތްގަނޑަކަށް ދެމިލިއަނެއްހާ ރުފިޔާ ރައްޔިތުންގެ ޖީބުން ހޭދަކުރުމުގެ ބަދަލުގައިއަތޮޅުވެރިޔަކާއި ނައިބެއް އަދި 2 ކަތީބުންނާއި 2 ޕިޔޯނަކާއި މުދިމަކާ ގާޟީއަކު ހުރެގެން ކުރިން މި ދިވެހި ދައުލަތް ހިންގިގޮތަށް އަލުން ރުޖޫޢަވާން ޖެހިއްޖެއެވެ. އޭރުން މަހަކު އެތަކެއް މިލިޔަން ޚަރަދު ކުރުމުގެ ބަދަލުގައި2 ލައްކައެއްހާ ރުފިޔާ ރައްޔިތުން ތިބޭނީ އުފަލުގައި ނޫންހެއްޔެވެ. ގިނަ ކައުންސިލްތަކުން ކުރާ ނުވަތަ ކުރެވޭ ކަމެއް ޙަރާމެވެ. އަދި ބޭކާރު ޕޮލިޓިކަލް ޑިރެކްޓަރުންގެ ފުންޏެއް ބައިތިއްބާކަށްވެސް ނުޖެހޭނެއެވެ.

މިހާރު މިއޮތް ސިސްޓަމުން ރައްޔިތުންނަށް ވަނީ ބޮޑުގެއްލުމެވެ. ދަރަނިބޯ ވަނީ ރައްޔަތުމީހާއެވެ. ވަގުންތައް ވައްކަން ކޮށްގެން ހުންނަވާ ރަައީސެއްގެ އަތްޕުޅުން މަޢާފް ހޯދާލައިގެން އެކަނޑާލަނީ ރާއްޖެއެިން ބޭރަށެވެ. މިއީ ސިއްރުން ހިނގާ ޖަރީމާތަކެއްވެސް ނޫނެވެ. 

މިފަދަ ޢަމަލުތަކުން ރައީސްމީހާވެސް އެފަދަ ވައްކަމުން މަންފާކޮށްފައިވާކަން ސާބިތު އެބަކޮށްދެއެވެ. ހަމަ ހުރިހާދެރެއް ރައްޔަތުމީހާ އަށެވެ. ދަރަނިބޯ ކޮއްލެވެނީ ރައްޔަތުމީހާއެވެ!

 މިހާރަކަށް އައިސް ސަރުކާރުތަކުން ހިންގާ ކޮންމެ މަޝްރޫޢެއް އެމަޝްރޫޢު ޙަވާލު ކުރާ ފަރާތުން އެނަގާ ނުސީދާ ކަމިޝަންގެ ސަބަބުން ރައްޔިތުންގެ ޙާލަތު އެދަނީ ދުވަހެއް ދުވަހެއް ދަރަނިބޯ ވަމުންނެވެ. ނުސީދާކޮށްލިބޭ “ ހަދިޔާ “ ކަމިޝަން “ ތިންވަނަ ފަރާތެއް މެދުވެރިކޮށް ނަގަމުންދާކަން އެއީ ހަވަރު ގޮވަމުންދާ ބޮޑު ސިއްރެކެވެ.

ގައުމު ދަރަނިބޯ ވެފައިވާއިރު އެއްސަރުކާރެއް އަނެއް ސަރުކާރަކާއި “ ތަރައްގީ “ ބޮޑެތި މަޝްރޫޢްތައް އަވަސް އަރައިގަނެގެން މި ހިންގާލަން ބޭނުންވަނީ އެ ސަބަބަށްޓަކާކަން ނޭނގެނީ ކާކަށްތޯއެވެ!ކުރީސަރުކާރުން އަޅާފައިވާ ކޮންކްރީޓް ބުޑުތައް ބަހަށްޓާފައި އަލަތު ސަރުކާރު އާ ތަރައްގީގެ މަޝްރޫޢުތަކެވެ. ކުރިން އެޅިފައިވާ އެ ބިލިޔަން ރުފިޔާގެ ބުޑުތައް ދޫކޮށްލީއެވެ. އެހެނީ އެ ބުޑުތަކުން ކުރީގެ ސަރުކާރުތަކުންވަނީ “ ކަމިޝަން “ ނަގާފައެވެ. އެމީބައިމީހުން ބަދަލުވާ ކޮންމެ ސަރުކާރަކަށް އެ އެޅިފައިވާ ބުޑުތަކުގެ ކޮންޓްރެކްޓުން “ ކަމިޝަން “ ނުދޭނެތާއެވެ.

މިސާލަކަށް މަގުހެދުމަށް ކުރާ މަސައްކަތުން ކަމިޝަން،  ކުލާސް ރޫމެއް އެޅުމަށް ވެސް ކަމިޝަން، އެޕޮއިންޓްކޮށްފަވެސް ކަމިޝަން، ސްކޫލެއް އެޅުމަށް އޭގެ ދެސްކޫލުގެ  އަގު ހޮސްޕިޓަލެއް އަޅާނަމަ 3 ހޮސްޕިޓަލުގެ އަގު، ބަނދަރެއް ހަދާނަމަ 2 ބަނދަރުގެ އަގު އިތުރަށް، އެއަރޕޯޓެއް އަޅައިފިނަމަ 2 އެއަރޕޯޓުގެ އަގު އިތުރަށް، ސަރުކާރުތަކުގެ ވެރިންގެ ޖީބަށް ނުސީދާގޮތުން އެބަ ވަދެއެވެ.  

އެންމެ ޙައިރާންވަނީ ދައުލަތް ހިންގުމަށް ސަރުކާރަށް ފަންޑުހޯދަންވެސް އަމިއްލަ މީހުންގެ ކުންފުނިތަކާއި ޙަވާލުކުރާތީއެވެ. އެމީހުންނަށްވުރެ ކޯޓް ފަޓްލޫނު ލައިގެން ދިވެހި ދައުލަތުގެ ނިޝާން ކޯޓްގައި ޖަހައިގެން ގޮސް ފަންޑް ހޯދަން މިފަދަ އަމިއްލަ ވިޔާފާރި ކުންފުނިތަށް މެދުވެރިކޮށް ފަންޑް ހޯދުމަށްވުރެ އުނދަގުވާނެތޯއެވެ. ނޫނެކެވެ ނުވާނެއެވެ. އެހެނަސް ސީދާ ސަރުކާރުން އެމުޢާމަލާ ހިންގުމުން “ ކަމިޝަން “ ނަގާނީ ކިހިނެއްތޯއެވެ. ފައިނޭންސް މިނިސްޓްރީގެ ރެކޯޑް ތަކަށް “ ކަމިޝަންު“ގެ ވާހަކަވެސް ވަންނާނެ ނޫންތޯއެވެ!

 ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުންނަށް ދޮގު ވަޢުދުތައް ވަނީ ސަރުކާރު އަތުލުމަށްޓަކައެވެ. ދޮގާއި މަކާއި ހަޔާތް ގޮވައިގެންނަމަވެސް ސަރުކާރު ލިބިއްޖެނަމަ ދައުލަތް ތިމާމެން ހިތަކާއެވެ ބުނެވޭ އުސޫލުން ލިބުނީއެވެ. 

މުޅި އުމުރަށް މުއްސަދިވެލެވުނީއެވެ. 5 އަހރުގެ ވެރިކަމެއް ނިންމާލާފަ ދިއުމުން ތިމާއާއި ތިމާގެ ބައިވެރީން ޢުމުރަށް ހަމަޖެހިލެނުނީއެވެ. މިވިސްނުމުގައި “ ސިޔާސީވެގެން“ އުޅޭ މީހުން ގައުމުގައި ވަރަށް ގިނަވެއްޖެއެވެ. މިމީހުންނަކީ ދިވެހީން ދަރަނިބޯ ކުރުމުގެ ބައިވެރީންނެވެ.

މިހެންވުމުން ސަރުކާރުގެ ބައިވެރީން ޖީބު ބޮޑުކުރުން އެއީ ފުރަތަމަ ޕްރިއަރިޓީއެވެ. 

މިބުނާ ޙަރާމް ކަމިޝަންތައް ލައިގެން ހިންގާފައިވާ މަޝްރޫޢުތައްވެސް ފުރިހަމައަށް ބޭނުން ކުރަނީއަކީވެސް ނޫނެވެ.

ހޮސްޕިޓަލުގައި ކަމަށް އެކަށޭނެ ޚާއްޞަ ޑޮކްޓަރުން ތިބީއަކީ ނޫނެވެ. ޖަރުމަނުން އެންމެ މިޒަކާނުގެ މެޝީންތައް ގެނެސްދިނީއަކީ ނޫނެވެ. ހޮސްޕިޓަލްތަކަށް ބޭނުންވާ ބޭސް، އެކްސްރޭ ކަރުދާސްކޮޅު، ސްކޭންކޮށްލާނެ ޖެލްކޮޅެއް ދެމެހެއްޓެވެނީއަކީ ނޫނެވެ. ޑޮކްޓަރުން ނުގެނެވެނީ ރިޝްވަތުގެ ވަބާ ބޮޑުކަމުންނޭ ކިޔާއަޑު އަހަމެވެ.

ކޮންމެ ސަރުކާރެއްވެސް  ނިމިދަނީ ބޭރުގައުމު ތަކަށާއި ބައިނަލް އަގުވާމީ މާލީ  އިދާރާތަކަށާއި ވޯލްޑް ބޭންކަށްރައްޔިތުންވިއްކާފައި  އެލިބުނު ފައިސާއިން ބޮޑުބައެއް ޖީބައް ކަހާލައިގެނެވެ. މާޢާފުކުރައްވާށެވެ. ތަންކޮޅެއް ތިލަބަހުންމިވާހަކަ ބުނަން ޖެހުނީ ރައްޔިތުން ތިބި ނިކަމެތި ޙާލު ފެނުމުން ހިތްދަތިވެގެންނެވެ. ރައްޔަތުން ތިބީ ދަރަނިބޯ ކުރުވާފައެވެ! 

ކިޔަވާ ލޯން، ސައިކްލް ލޯން، މެރިޖް ލޯން، ހައުސިން ލޯން، ދެން މިހެންގޮސް ކިޔާނެކަމެއް ނެތެވެ. ރައްޔަތުމީހާ އުޅެންޖެހޭނީ ބޭންކް ލޯނަށް ކަރަންޓުބިލަށް ގޭގެ ކުއްޔަށް ފެނަށް ނުވަތަ ކުނިއުކާލަން މަހުންމަހަށް ފައިސާ ނުދެއްކި ދަރަނިބޯ ވެގެނެވެ. 

އެހެނަސް ކުރީގެ ސަރުކާރެއް ވައްޓާލުމަށް މަގުމަތީ ސަކަޖަހާއި، ކުރިންކޮށްފައިވާ ޑްރަގް ވިޔާފާރިން ނުވަތަ އެހެނިހެން ވައްކަމަކުންނަމަވެސް، އަލައް އިސްކުރެވޭ ސަރުކާރަކަށް ފައިސަ ބޮޑިއެއް ދީފި މީހަކު ސަރުކާރުގެ ވަޒީފާއެއް ލިބިދެއެވެ. އެމީހެއްގެ ކްރިމިނަލް ރެކޯޑް ޗެކްކޮށްލަންވެސް ވަގުތެއްނެތެވެ! މިއީ ރައްޔަތުން ޖޯލިޖޯލީގަޔާއި ސައިހޮޓާތަކުގައި ދައްކާ ވާހަކަތަކެވެ. 

މިރާއްޖެއަކީ ނިސްބަތުން އާބާދީ ކުޑަ އެހެނަސް ދައުލަތަށް ލިބޭ އާމްދަނީ ނުހަނު ބޮޑު ގައުމެކެވެ. އެހެންކަމުން ސަރުކާރެއްގައި އުޅުއްވާ ވިއްސަކަށް ސިޔާސީ ބޭފުޅުން އެ ސަރުކާރެއް ނިމޭއިރު ތިއްބަވަނީ ބޮޑެތި މަހުޖަނުންނަށް ވެފައެވެ. މާލޭގައި ތިންހަތަރުގެއާއި ހުޅުމާލެއިން ގޯއްޗަކާއި އެތަކެއް ފުލެޓްގެ އިތުރުން އިނގިރޭސި ވިލާތް ސިންގަޕޯ މެލޭޝިޔާ އެމެރިކާ ފަދަ ގައުމުތަކުން އެބައި މީހުން ވަނީ ގެދޮރުވެސް ގަނެފައެވެ.

     އަދި ރައްޔިތުންގެ ފައިސާއިން އަގުބޮޑު ކާރުގަނެ ދައުރު ނިމޭއިރު ތިބެނީ ދިދަ ޖަހާލައިގެންނެވެ. ދައުލަތުން ގާތް އެކުވެރީނަށް ބަދަލު ދިނުމުގައިވެސް ހައްދެއްނެތެވެ. މިފަދަ ވަގެއްގެ މައްޗަށް ޝަރިޢަތެއް ނޫފުލައެވެ. ޝަރިޢަތެއް އުފުލަންޏާއި އުފުލާނީ ސިޔާސީ މަގުސަދަކަށް ބަދެފާޔާއި ދެއަތް ބަދެފާ ބަހަށްޓަން ޖެހޭކަމަށް ފެންނަ މީހަކަށެވެ. 

އެފަދަ މީހެއް ނޫންނަމަ ޢުމުރުގެ 3 ޙުކުމްޖަހާ ޖަލަށް ލެވިފައިވިޔަށް މަޢާފު ކޮށްދޭނެއެވެ. ދައުލަތުން ކުރިވައްކަމުން އެންމެ ފައިސާ ފޮއްޗެއްވެސް އެވަގުމީހާ އަތުން ދައުލަތަށް ހޯދައެއް ނުދެވޭނެވެ. 

ސަހަރޯއެވެ! ރައްޔަތުން ދަރަނިބޯ ކުރުވާ މި ނިޒާމް އަވަހަށް ބަދަލުކުރަންޖެހެއެވެ. ދިވެހީންގެރާއްޖެ އެހެން ގައުމުތަކާއިއަޅުވާކިޔާ ތަރައްގީ ތަރައްގީއޭ ގޮވާ އެގައުމުތަކުގެ ސިސްޓަމް ރާއްޖޭގައި ފޭލްވެއްޖެކަން ގަބޫލުކޮށް އަލުން އަތޮޅުވެރިކަމާއި ކަތީބު ސިސްޓަމަށް ބަދަލުކޮށް ދެއްވާށެވެ! އަދި މަތިބަރު 90 މަޖިލިސް މެމްބަރުގެ ބަދަލުގައި މާލޭގެ އަވަށަކުން 1 މެމްބަރާއި ކޮން އަތޮޅަކުން 2 މެމެބަރުންނަށް ހަދާއި ދެއްވާށެވެ. ދިވެހީން މިއީ ދަރަނިބޯތަކަކަށް، ދަރީންގެ ދަރީނަށް ނުވަތަ ދުނިޔެ ގިޔާމަތްވާންދެން ދަރަނިބޯ ތަކަކަށް ހައްދަވާފަ ނުބައިތިއްބަވާށެވެ.  

ބޮޑު ޝެއިޚް ވިދާޅުވާގޮތުން ދަރަންޏެއްވާ މީހަކު އެދަރަނި ޚަލާސްކޮށްފުމަށް ދާންދެން ސުވަރުގެ ނުވައްދަވަތެވެ. މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ! ސަލަފް ޖަމާޢަތަށް މިކަން ވަރަށް ރަނގަޅައް އެނގޭނެއެވެ. މާ ދިގުވެސް ވެއްޖެއެވެ. ވީމާ މި ހެޔޮ ބަދަލު ގެނެސް ދެއްވުމަށްއެދި ދަންނަވަމުން ދެން ނިންމާލީއެވެ.

Loading

7 Responses

  1. ފަހަލަ ބަރާބަރު ލިިޔުމެއް. ގަބޫލުކުރަމާ ހިނގަ މުއިއްޒު ތި ބުނާ ބަދަލުތައް ގެނެސް ދެއްވާނެކަމަށް. މަޖިލިސް އެއްކޮށް އެ އޮތީ ރައީސްގެ މުށުތެރޭގަ. ދެން ރައީސް ދައްކަވާނެ އެއްވެސް ބަހަނާއެއް ނޯންނާނެ. މަޖިލިސްގެ ސުޕަރ މެޖޯރެޓީ ބޭނުންކުރާއްވާ ގޮތާއި މިޓާމްގައި ކަންތައް ކުރައްވާ ގޮތް ފަހަލަ ލިިޔަމުން ގެންދައްޗެވެ. އޭރުން ހިސްޓްރީ މޭކިން ރައީސްއަކަށް މުއިއްޒު ވާނެކަމަށް މިބަލަނީ. އަބަދުވެސް ރަނގަޅުގޮތެއް ދަރަނިބޯ ރައްޔިތުންނަށް ފެނުމަކީ މަވެސް ވަރަށް ބޭނުންވާ ގޮތެވެ.

  2. މިއީ ދިވެހިރާއްޖެއަށް އެންމެ މޮޅު ނިޒާމެވެ. ރައްޔިތުންނަށްޓަކައި މިކަން ކޮށްދެވޭނެ ހަމައެކަނި ބޭފުޅަކީ މިހާރުގެ ރައީސެވެ. މަޖިލީސްތެރެއިން މާޒީގެ ނިޒާމަށް އަލުން އަނބުރާ ރުޖޫއަވުމަށް ފާސްކޮށްގެންނެވެ. މަޖިލީހުގެ އަޣުލަބިއްޔަތު އެއޮތީ ލިބި ވަޑައިގެންފައެވެ. ރައްޔިތުންނަށް ބޭނުންވާ ގޮތެއް ދެނެގަތުމަށް އާންމު ވޯޓަކަށް ދެވިދާނެއެވެ. ނިސްބަތްވެ ވަޑައިގަންނަވާ ރަށުގައި އައިތަނަށް އަނބުރާ ދިއުމުގެ ސަގާފަތެއް އޮތްކަމަށް ދިވެހިން ގަބޫލުކުރެއެވެ.

  3. ފަހަލަސައީދުގެ މިލިއުމަކީ ވަރަށްހަޤީޤީ ތެދުލިއުމެއް އަޞްލުމިހެންވާންޖެހުނީ މައުމޫނުގެ ދިގުވެރިކަން ނިއްމާލަން އެމްޑީޕީން އައްނިއިސްވެހުރެ ރޭވިރޭވުން އައްނި އަހަރެންކައިރީބުނި މިހާރު މިހުރީ އެއްމެރައީސެއްނީންހޭ މިވެރިކަމަށްފަހު ކޮށްމެރަށެއްގައި ރައީސަކު ބަހައްޓާނަމޭ މީކީމިރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ވެރިކަމުގެ ނިޒާމެއްނޫން ފަހަލަ ބުނާހެން ކޮށްމެ ފަސަހާސްމީހަކަށް މަޖިލިސްމެމްބަރަކު މަޖިލީހަށްލައިގެން ކުރަންމިއުޅެނީކީއް ؟ މިރާއްޖޭގައި ކުށްކުރާމީހުން ނުހުއްޓުވިގެން މިއުޅެނީ ގާނޫނެއްނެތީމަތޯ ؟ ގާނޫނުތަންފީޒުކުރާނެ ބަޔަކުނެތީ މިހާރުއޮތްގާނޫނުންދޭންޖެހޭ އަދަބުފުރިހަމައަށްދީބަލަ އޭރުންކުށްކުރުން މަދުކުރެވޭނެ ކޮށްމެ ރިޔާސީވޯޓަކަށް ޖަލުގައިތިބިއްޔާތިބިބަޔަކަށް އެހެޔޮ ނުރައްކާތެރި ޤާތިލުންނަށްވިއަސް ސަރުކާރު ލީޓުވައިލައިގެން ތިބި އަދީބުމެންފަދަ ވަގެއްކަމުގައިވިއަސް ކެމްޕެއިނަށް ނެގެންއޮތްވަރެއް ނަގައިފަ ރައީސްއެދެއްވަނީމާފު މީކިހާދެރަކަމެއްތޯ މީގަ ރައްޔިތުންނަށް ނޭގޭކަމެއްއެބައޮތްތޯ އަސްލުގައި މިމީހުންގެ ލަދެއްއަގަލެއްނެތީ ކޮށްމެކަމެއްކޮށްގެންވެސްވެރިކަންލިބުނީމަ އެނިމުނީ …

    1. އަސްލުވެސް. މީހުންގެ ލަދުހަޔާތް ނެތުނީމާ ތަނެއް ސުންނާފަތި ނުވެއެއް ނުދާނެއެވެ. ދައްކާނީ ސިންގަޕޫރުވާހަކައެވެ. ވެރިކަން ހިންގާނީ އެންމެ ކަރަޕް ތަނެއްގެ ސްޓައިލަށެވެ. މިހާރަށް ވިސްނާލައިފިއްޔާ ރައީސްއަށްވެސް އެނގޭނެ އޭނާގެ އަރިހުގައި އެތިބީ ކިތަކެއް މމޕރސ ވަގުންކަން. ކިތައް ވެންޓިލޭޓަރު ވަގުން ކަން. ޕނސގެ އޮފީސް ހިލޭ ލިބިފާއެވަނީ އެފްޕީއައިޑީ ވައްކަމުގެ ވެރިޔާގެ ސީޓްރެކުންކަން. އެހެނަސް ވަގަކު އަތުންވެސް މަންފާއެއް ލިބެންޏާ ރައީސްމީހާވެސް ދެލޮލުން ބަލަން ބޭނުންނުވެ ކަންފަތުން އެ އަޑު އަހަންބޭނުން ނުވަންޏާއި ދެން ވާނެ ގޮތްމިވީއެވެ. 5 އަހަރު ދުވަހު ވެރިކަން ކޮށްލަދޭން ރައްޔަތުން ވެރިކަން ޙަވާލުކޮށްލީމާ ވެރިކަމަށް ކޮލިލައިފާ ދެން އެޑްވަަައިޒަރުން ދަންނަވަނީ 5 އަހަރު މާ މަދޭ. 10 އަހަރު ވެރިކަން ކޮށްދެވިގެނޭ 5 އަހަރުގެ ވެރިކަން ހޯދަން ވެވުނު ވަޢުދުތައް ފުއްދޭނީ. އެއީ މިވާގޮތަކީ. އެވާހަކަ ބާރަށް އޯޕަންކޮށްދައްކާނި ރައީސްމީހާ ރުއްސައިގެން ދައުލަތް ލޫޓްވޭތޯ އެންމެބޮޑަށް ބޭނުންވާ ބައިގަނޑެވެ. އަސްލު ރައީސްމީހާއަށް ރައްޔަތުންނަށް ހެވެއް އެދިގެނެއްވެސް ނޫނެވެ. އެފަކީރަށް ލިބިފައިވާ 5 އަހަރު 10 އަހަރަށްވެސް ދަންމާލެވޭނީ އެގޭމް ޖެއްސީމާކަމަށް ވީމައެވެ.

  4. ފަހަލަ ސައީދު ލިޔުނު ރަނގަޅު ލިޔުމެއް މިއީ! ސަޢީދު ފަހަލަ އަކަށް ވުމުގެ ކުރިން ކިޔާއުޅުނީ ދިޔަދޫ ހަސަންބޭ އާއި ތުއްތު މަނިކެގެ ސަޢީދު. ފަހުން ފޮޓޯ ނަގާސަޢީދު މިހެން ގޮސް އެތައް ލަޤަބެއް ނިސްބަތްވި. އަޅުގަޑާއި ސަޢީދު އަކީ ކުޑައިރުއްސުރެއް އަޅުގަނޑުގެ ޓީން އޭޖް ، އަދި ސަޢިދުގެ ޒަވާޖީ ހަޔާތެއް ފެށުމާއި ހަމަޔަށް އެއްގެއެއްގަ އުޅުނު ދެއަޚުން ކަމުން ސަޢީދުގެ ސަޚްސިއްޔަތު އެގޭ މީހެއްގެ ހައިސިއްޔަތުން މިޝުޢޫރު ލިޔެލާނަން.
    ހަދުމަ ކުރާށެވެ! އެމްޑީޕީގެ ފުރޮޅުތަކުގަ ވައި ހުރިއިރު އަންނިމެންގެ ފިޔަގަޑު ދަށުގަ ދިވެހިރާއްޖެ އައް ޑިމޮކްރަސީ ގެނައުމުގަ ސަޢީދުމެންވެސް ގިނަގުނަ މަސައްކަތް ތަކެއް ކުރި. އެކަމަކު ރާއްޖެއަށް ޑިމޮކްރަސީ އަކީ ކިހާ ބީރައްޓެހި އެއްޗެއްކަން ސައީދުމެންނަށް ނޭގުނެއް ކަމަކު އަހަރުމެންނަ އެގޭ. ނަމަވެސް އަހަރުމެންނާ ބައްދަލުވާ މީހުންގެ ފަރާތުން ލިބޭ ބުލީކުރުމުންނާ އެކު އަހަރުމެންނަށް ވެސް ޑިމޮކްރެސީ ވަރަށް ކަމުދިޔަ ކަމަށް އެއްބަސްވެވުނު. މައުމޫނު ގެފަރާތުން މަދުބަޔަކަށް ލިބުނު އަނިޔާ އަށް ވުރެ މައުމޫނުގެ ކިބައިން މިޤައުމު ސަލާމަތް ކުރި މީހުންގެ ފަރާތުން ޖުމުލަކޮށް މުޅި ގައުމަށް މިދޭ އަނިޔާ ތަހަންމަލު ކުރާ އެކަކު ކަމުގައި ފަހަލަ ސައީދު ވެއްޖެ ކަން މިލިޔުމުން އެބަ އިގޭ. ސަޢީދު އަކީ މައުމޫނުގެ ފަރާތުން ލިބޭއަނިޔާވެސް އޭރު ލިޔެވެން އޮތްގޮތަކަށް ލިޔެހެދި ލިޔުންތެރިއެއް ކަމުން މިއަދުގެ ހާލަތު އޭރާއި އަޅާ ކިޔަން އެންމެ ރަނގަޅަށް ލިޔެވޭނެ އެއް ލިޔުންތަރިޔަކީ ފަހަލަ ސައީދު ކަން އަޅުގަޑު ޤަބޫލު ކުރަން. ހާޤީޤި ރަނގަޅު ވިސްނުމުގައި ސަޢީދު ދެމި ހުންނާނެ ކަމަށް ޔަޤީކުރަން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް