ރައީސްގެ ހުށަހެޅުއްވުން: މަޖިލީހުގެ ރައީސް ކަމަށް ޢަބްދުއްރަޙީމް, ނައިބަކަށް ނާޒިމް

Loading

Facebook
Twitter
WhatsApp

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ވެރިކަން ކުރާ މައި ޕާޓީ, ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޢަބްދުއްރަޙީމް (އަދުރޭ) އިންތިހާބުކުރަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ހުށަހަޅުއްވައިފިއެވެ.

މީގެއިތުރުން ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިޚާބީ މެމްބަރު އަހުމަދު ނާޒިމް އިންތިޚާބުކުރަން ރައީސް ވަނީ ހުށަހަޅުއްވައިފައެވެ.

ރައީސް މި ހުށަހެޅުއްވުންތައް ހުށަހެޅުއްވީ ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ އިންތިޚާބީ މަޖިލިސް މެމްބަރުންނާއެކު މުލިއާގޭގައި ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުވުމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުކުރަން
ނިންމެވި ޢަބްދުއްރަޙީމަކީ މި ވެރިކަން ގެނައުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެެއްވި އެއް ބޭފުޅާއެވެ. އޭނާ ގެންދަވަނީ ރައީސްގެ ޚާއްސަ މުޝީރުކަމުގެ މަގާމު ވެސް އަދާކުރައްވަމުންނެވެ.

ދިއްގަރު ދާއިރާގެ އިންތިޚާބީ މެމްބަރު އަހުމަދު ނާޒިމަކީ 18 ވަނަ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

20 ވަނަ މަޖިލީހުގައި ޕީއެންސީއަށް ވަނީ ސްޕަރ މެޖޯރިޓީ ލިބިފައެވެ. އަމިއްލަގޮތުން ވާދަކުރައްވައި މެންބަރުކަމަށް އިންތިޚާބުވި ބައެއް ބޭފުޅުން ފަހުން ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ.

Loading

One Response

  1. މިއީ އެހާ ރަނގަޅު ކަމެއް ނޫނެވެ. މަޖިލީސްގެ ކަންތަކަށް ރައީސް ބެހިވަޑައި ނުގަތުމަކީ އެންމެ ރަނގަޅު ގޮތެވެ. އެެހެންނޫނީ ދައުލަތުގެ ބާރުތައް މިނިވަންކަމާއެކު ހަރަކާތްތެރި ވެވޭ ކަމަށް ގަބޫލުކުރަން އުދަނގުލެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް