ވީއޭއެމްއިން އިންތިޒާމްކޮށްގެން، FIVB level 1  ގެ ކޯހެއް ރާއްޖޭގައި ބާއްވަނީ

Loading

Facebook
Twitter
WhatsApp

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން، FIVB level 1  ގެ ކޯހެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިހާރު ވަނީ މި ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވައިލައިފައެވެ.

މި ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ޖުލައިމަހުގެ އެއްވަނަ ދުވަހުގެ 12:00 އެވެ.

ވޮލީބޯލް އެސޯސިއޭޝަނުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ, މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބައިވެރިވާ ފަރާތުގެ މައުލޫމާތު ފޯމު ފުރިހަމަ ކުރުމަށްފަހު، ( [email protected] ) އަށް އީ-މެއިލް ކުރުމަށް އެދިފައެވެ.

ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް:

  1. އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން.
  2. އިނގިރޭސި ބަހުން މުއާމަލާތު ކުރަން (ލިޔަން ކިޔަން) އެނގުން.
  3. ފުރިހަމަ ސިއްހަތެއްގައި ހުރުން.

އެ އެސޯސިއޭޝަނުން ބުނީ 27 – 31 ޖުލައިގެ ނިޔަލަށް މާލޭގައި ބާއްވާ މި ކޯހުގެ ފީއަކީ 300 ޔޫއެސް ޑޮލަރު ކަމަށެވެ.

ކޯހުގެ ބައިވެރިން ލާންޖެހޭ ޓީޝާޓާއި ކްރެކްޝޫޓް ތިރި ކަމަށާއި ކޯހުގެ މެޓީރިއަލް ދިނުމަށް ހަމަޖެހިފައިވަނީ އެ އެސޯސިއޭޝަނުގެ ފަރާތުން ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް